ސިވިލް ކޯޓަށް 2 ފަޑިޔާރަކު ހޯދުމަށް އިއުލާން ކޮއްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މި 2 މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ކުރިއަށް އޮތް މަހުގެ 13 ވަނަ ދުވަހާއި ހަމައަށް އޮތްކަމަށެވެ.

މި މަގާމަށް ހޮވޭ ފަރާތްތަކުގެ އަސާސީ މުސާރައަކީ 30،000، ލިވިންއެލެވެސް އެއްގެ ގޮތުގައި 15،000 އަދި ރިސްކް އެލެވެންސްގެ ގޮތުގައި 1650ރ. ލިބޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ފޯން އެލެވެންސާއި މެޑިކަލް އެލެވެންސް ވެސް ހިމެނެއެވެ.

މާގާމުގެ ތައުލީމީ ޝަރުތުތަކަށް ބަލާއިރު އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ އެއް ހާސިލް ކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ހުރުން ހިމެނެއެވެ.

އަދި މީގެ އިތުރުންވެސް މި މަގާމަށް ކުރިމަތިލާއިރު އުމުރުން 25 އަހަތު ފުރިފައިވާން ޖެހޭނެއެވެ. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ޝަރީއަތުގައި ސާބިތުވެފައި ނުވާ މީހެއްކަމުގައު ވުން އަދި ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާ ކުރާ މީހަކަށް ވާންޖެހެމާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމަކީ ވެސް ޝަރުތެކެވެ. އަދި އިންތިޚާބު ކޮށްފައިވާ ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.

ރާއްޖޭގެ ސިވިލް ކޯޓުގައި މިހާރު ތިއްބަވަނީ 14 ފަނޑިޔާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު