މިރޭ ކ.ދިއްފުށީގައި ހިންގަމުން އަންނަ ހަމަނުޖެހުންތަކުގެ ތެރެއިން މިރޭ ހަމަލާ ދީފައިވަނީ، ރޭވެސް އަނިޔާ ކުރި މީހަކަށް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހަމަލާދީފައިވަނީ، ރޭގެ ހަމަނުޖެހުމުގައި ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައި ދޫކޮށްލި މީހަކަމަށެވެ. އަދި މިރޭ އޭނާ ގޮވަައިގެން ގޮސް ތިޖޫރި ހޯދުމަށްފަހު އޭނާއަށްވަނީ ލަކުޑި ބުރިން ތަޅާ އަނިޔާކޮށްފައެވެ.

ރޭ އެރަށުން ފުލުހުން ފޭބިއިރު ދިޔައީ ބޮޑަށް އަނިޔާވި މީހުން ގޮވައިގެންނެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިހުނަށް އަނިޔާ ކުރަނީ ފިރިހެނުން ކަމަށެވެ.

"ފިރިހެނުން އަނިޔާ ކުރަނީ، އަންހެން ވެރިން ތިބެނީ އަތް ޖަހާފައި ހިތްވަރުދޭން" އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

އަނިޔާވި މީހާއަށް ދަނީ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙާމަ333

    ގައުމުގެ ފުލުހުން ހެވި ދިއްލިފަ ދައުލަތުގެ ވެހިކަލްގަ ފިނިބުރުޖަހަން ތިބީމަ ވާނެގޮތް ދެން މިފެންނަނީ....ބޮއްސުން ނުލަނީ އަޅެ ކޮންކަމެއް....ކީއްކުރަން ތިބޭ ބައެއް...

    71
    3
  2. ނަބާ

    ކޮންމެ މީހަކަށް ވިޔަސް އެވަރު ކުރާކައް ނުވާނެ

    17
    50
    • ދޮންބެ

      ތިބާ ޢުމުރުދުވަހު އެއްކުރި ފައިސާކޮޅު ވަގަށް ނަގާ މުޅި ދިރިއުޅުން ހަލާކުކޮށްލީމަކާ ތިހެން ނުބުނާނެއެވެ.

      19
      2
  3. ސަޓޯ

    ބްރެޒީލް ތަ ؟؟؟ ސާބަހޭ ދިއްފުށި ރައްޔިތުން... އެމް.ސީ ހަމީދު ޕޮލިސް ފެއިލް... އިބުރޭ ފެއިލް ވީމަ ރައްޔިތުންނަށް މިޖެހުނީ އަމަން ބަލަހައްޓާ ތަހުގީގުކޮއް އިންސާފު ހޯދަން

    55
    7
  4. ނައްތުގެ ޝިއްޕެ

    ގާންޏާއަށްވެސް ވީ މިހެން ހަދަން

    24
    2
  5. ދފދ

    ތިކަން ހިނގާނީ ޕޮލިހުންގެ ލަފާ މަތިން. މަސްރަހް އެހާ ގޯސްކޮށް އޮތްވައި ޕޮލިހުން ރަށުން ފޭބި ސަބަބު ބުނެދޭން ޖެހޭ

    32
    11
  6. އަފްލާ

    ކޮންމެ މީހަކު ވިޔަސް ތިހެން ހަދާކައްނުވާނެ އޭނާ ކުރި ނުބައި ޢަމަލެއްގެ ނުބައި ޖަޒާ އޭނާއައް ލިބޭނެ އޭގެ ބަދަލުގައި އޭނަގެ ހުރިހާ ނުބައިކަމެއް ކަލޭމެން ނަގައި ކަލޭމެންގެ ހެޔޮކަން އޭނައައްވެސް ލިބިދާނެ ﷲ ގެ ނިންމެވުމެއް އިނގޭނީ ފަހެ ކާކައް ﷲ އަކްބަރު

    18
    8
  7. ތިޖޫރި ވަގު

    އިންސާފު ނެތިގެން ދިޔައީމަ ވާނީ މިހެން... އަނިޔާއަކީ ޖިސްމާނީ އަނިޔާ އެކައްޔެއްނޫން... ވައްކަންކޮއް އެޔަށް އިންސާފް ނުލިބުމަކީވެސް އަނިޔާއެއް... ބުރަމަސަތްކަތުން ހޯދާ މުދާ ސަބަބަކާނުލާ ގެއްލުމަކީވެސް އަނިޔާއެއް... އެކަމު މިތާ އަނިޔާއަކައް މިވީ އަތްކަޑަން ޖެހޭ ބަޔަކަށް އަނިޔާކުރީމަ... ކޯޓުން އިންސާފުލިބޭނަމަ މިހެނެއްނުވާނެ... ގެއްލޭ އެއްޗެހި ފުލުހުން ހޯދަދޭނަމަ މިހެން ތިޖޫރި ހޯދާކަށް ނުޖެހުނީސް

    32
    1
  8. މާމިގިލީ މީހާ

    ސަރުކާރުން ބަލާންޖެހޭ މައްސަލައެއް މީ. މީހަމަ މާރާމާރީ އެއް. ދިއްފުށީ އެމްމެން ޖަލައްލާން ޖެހޭ.

    2
    37
  9. ކެނެޑީ

    ބުއްދި ސަލާމަތުން ހުރިއްޔާ އެނގޭނެ ފިރިހެނުންކަން ތިކަންކުރާނީ ފިރިހެނުންނޭ ނުބުންޏަސް. ދެން މީ ރޯދަމަސް ކަންވެސް ތިރަށު މީހުން ހަނދާން ނެތުނީބާ. ދުވާލު ރޯދައަށް ހުރެފަ ރޭގަނޑު ލަޓިބުރިން ތަޅަން؟ ވައްކަން ކުރުން ރަގަޅެކޭ ނޫން މިބުނީ ކޮންމެހެން

    7
    18
  10. ޙާމަ

    ކޮންމެ ރަށެއްގައިވެސް ރައްޔިތުން ނިކުމެ ކުއްވެރިންތައް ތަޅާ ސުންނާފަތި ކޮށް ރަށް އަމާން ކުރަންވީ، ސަރުކާރުން ތިބެނީ ބޮޑެތި ކުއްވެރިންގެ ހިމާޔަތްކުރަން، އެންމެ ބޮޑަށްސުންނާފަތި ކުރަންވީ ޑްރަގް މީހުން، އެމީހުންނަކީ ބޮޑެތިވިޔަފާރިވެރިން ހިމާޔަތް ދީފަތިބޭ ސަރުކާރަށް ގޮތެއް ހަދަން ނުކެރޭ މީހުން، އެމީހުންނާހެދި މުޅި ރާއްޖެ ހަލާކުވަނީ

    41
  11. ސީނު

    ރައްޔިތުން ނިކުމެ ގާނޫނު ތަންފީޒުކުރަަންފެށީމާ ވާނީ މިހެން. އެއްވެސް ނަފްސަކަށް އަނިޔާކުރުމަކީ ހުއްދަކަމެއްނޫން އެހެންވިޔަސް

    9
    1
  12. ޢިކުރާމު

    ސާބަހޭ ރައްޔިތުން އަދުލުއިންސާފު ބޮއްސުންލާ ފުލުހުންގެއިދާރާ ބޮއްސުންލާ ވެރިމީހާ ވަޅުދިޔަހިއްކަން ޖެހުނީމަ ވާނެ ހުރިހާކަމެއް މިވަނީ

    10
    2
  13. ޥަގޯ

    މީކޮންކަހަލަ މީހުނެއް އުޅޭ ރަށެއްތަ! މީހުންނަށް އަނިޔާކޮށްގެން ލިބޭނެ ނޫނީ ކުރާނެ ފައިދާއެއް ނޯންނާނެ! ބަލަން ތިބޭ! އަދި ތިއަނިޔާ ކުރި ބަޔަކަށް ބޮޑުގެއްލުމެއް މިމީހުން ދޭނެ! މީ ދިވެހިން!

    2
    5
    • ބަރޯ

      ގެއްލުމެއް ދޭން ނުކެރޭނެ ގެއްލުން ދޭ ކޮންމެފަހަރަކު އެ ގޮތަށް ރައްޔިތުން ނިކުމެ ހޭއަރުވާލަންޔަކާ. ކޮންމެ ރަށެއްގަ އުޅޭ ހައެއްކަ ކެނައިންގެ ވާހަކަ ތި ދައްކަނީ. އެމީހުން ވަޅި އަޅާއިރު ފުލުހުން އަޅާނުލަންޔާ ރައްޔިތުންނަށް ވަކި ނުލިބޭ އެއްޗެއްތަ ވަޅި އެެއީ އެމީހުންގައިގަ އަޅަން.