ރަށު ފެންވަރުގައި ކާރިސާތައް މެނޭޖުކުރަން ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

"އައިލެންޑް ޑިޒާސްޓާ މެނޭޖުމަންޓް ޕްލޭނިން" ގެ ނަމުގައި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންއެމްޑީއޭ)އިން މިއަދު އެ ވޯކްޝޮޕް ފެށީ ކ. ދިއްފުށީގަ އެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމެރިކަން ރެޑްކްރެސެންޓާއި އޭޝިއަން ޑިޒާސްޓާ ޕްރިޕެއާޑްނަސް ސެންޓަރުގެ އިތުރުން ޔޫއެސްއެއިޑް ބިއުރޯ ފޯ ހިއުމަނިޓޭރިއަން އެސިސްޓެންސް ގުޅިގެް ނެވެ.

މިއަދު ފެށި ވޯކްޝޮޕްގައި ސަރުކާރު މުއައްސަސާތަކާއި އަދި ސިވިލް ސޮސައިޓީތައް ބައިވެރިވާކަމަށް އެންއެމްޑީއޭއިން ބުނެއެވެ.

އެ ވޯކްޝޮޕްގައި ރަށު ފެންވަރުފައި ކާރިސާތަކުން އަރައިގަތުމަށް ޕްލޭންތައް އެކުލަވާލާއި އަދި އަމަލުކުރާނެ ގޮތް ކިޔައިދޭނެ ކަމަށް އެންއެމްޑީއޭއިން ބުނެއެވެ.

ވޯކްޝޮޕް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ.

ވޯކްޝޮޕްގައި ދިއްފުށީގެ ހަރު މީހުންނާއި ސްކޫލު ކުދިން ވެސް ބައިވެރިވާކަމަށް ދިއްފުށީ ކައުންސިލްއިން ބުނެއެވެ.

ރާއްޖޭގައި ފަަހަކަށް އައިސް ވާރޭވެހި ފެންބޮޑުވުމާއި އަދި އުދަ އެރުން ފަދަ ކަންކަން ވަނީ އިތުރުވެފަ އެވެ. އަދި އޭގެ ސަބަބުން ބޮޑެތި ގެއްލުންތައްވެސް ބައެއް ފަހަރު ލިބެއެެވެ. އޭގެ ތެރެއިން ވެސް ދިއްފުއްޓަކީ އާންމުކޮށް އުދައަރާ ރަށެއް ކަމަށް ދިއްފުށީ ކައުންސިލްއިން ބުނެއެވެ.