ކ. ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ގައިގައި ތަޅައި ހަމަނުޖެހުން ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބޮޑު އީދު ބަންދުގައި ޗުއްޓީ އަށް ދިއްފުއްޓަށް ދިޔަ ގއ. ވިލިނިގިލީ މުހައްމަދު ޝިހާމް، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، އެ ރަށު ބަޔަކު ވަނީ އޭނާ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގައިފައެވެ. އެ މައްސަލައިގައި ދިއްފުށީގައި ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިންގިއެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރީ ވެސް އެސްއޯ ފުލުހުން ގޮސްގެންނެވެ.

ފުލުހުން ބުނެފައި ވަނީ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން، ތުހުމަތު ކުރެވޭ މީހާ އަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި ދިއްފުށީ ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މެމްބަރު ނަސީމް "ވަގުތަށް" ވިދާޅުވީ ދިއްފުށީގައި ހިނގައި ދިޔަ ހަމަނުޖެހުންތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެއީ ހިނގައިގެން ވާނެ ހަމަނުޖެހުންތަކެއް ނޫން ކަމަށް ނަސީމް ވިދާޅުވިއެވެ.

"ކުށެއްގެ ތުހުމަތު ކުރެވުނީމަ، އެ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރަން ވާނީ، ފުލުހުންނާ ހަވާލު ކުރުމުގެ ބަދަލުގައި އެމީހާ ގައިގައި ތަޅައި އަނިޔާކޮށް މާރާމާރީ ހިންގުމަކީ ދިއްފުށީ ރައްޔިތުން ކޮށްގެން ވާނެ ކަމެއް ނޫން. އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި އޭނާއަކީ އެއްވެސް އިރެއްގައި ހަމަނުޖެހުމަކަށް ހިތްވަރުދީ، ލޯބި ކުރި މީހެއް ނޫނެވެ. އެކަމަކު، "ރަންނަމާރި ހެދިގެން" ރަށްރަށުގައި ނޫޅެވޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ދިއްފުށި ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް އެ ރަށު ރައްޔިތުން ތުހުމަތު ކުރާ ޝިހާމް ހޮސްޕިޓަލްގައި.

ނަސީމް ވިދާޅުވީ އިންސާނިއްޔަތުގެ ކުލުނު ހުންނަ ކޮންމެ މީހަކަށް ދިއްފުށީ ރައްޔިތުން ފުރިހަމަ މެހްމާންދާރީ އާއި އިހްތިރާމް އަދާކުރާނެ ކަމަށެވެ. އެކަމަކު، އިންސާނެއްގެ ދަރަޖަ އިން ނެއްޓި "ރަންނަމާރި އުސޫލުން" ކަންކަން ކުރާ ނަމަ، އެމީހަކަށް ދިއްފުށީ ރައްޔިތުން އިހްތިރާމް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ގޮތަކަށް ހިތްވަރެއް ނުދޭނަން ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ފުލުހުންނާ ހަވާލުނުކޮށް، އެމީހާ ގައިގައި ތަޅައި އަނިޔާ ކުރާކަށް. ދިއްފުށީ ބަޔަކު އެގޮތަށް ކަންތައް ކުރީ ޖަޒުބާތުގައި ޖެހިގެން. އެކަމަކު، އެއީ ކުރަން ޖެހޭ، އަދި ތަރުހީބު ދޭނެ ކަމެއް ނޫން،" ނަސީމް ވިދާޅުވިއެވެ.

ދިއްފުށީގައި ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާއަކީ އެ އަންހެން ކުއްޖާގެ މަންމަގެ ކޮއްކޮއަކާއި ކުރިން އިނދެ ވަރިވެފައި ހުރި އަދި މިހާރު އެހެން މީހަކާ އިނދެގެން އުޅޭ މީހެކެވެ. ދިއްފުށީގައި ބަރަހަނާކޮށް، އަނިޔާކުރީ ޝިހާމް، އޭނާގެ އަނބިމީހާއާއެކު އެ ރަށަށް ޗުއްޓީ އަށް ދިޔަ ދަތުރުގައެވެ.

ނަސީމް ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހެކި ހުރި އިރު ވެސް ހައްޔަރު ނުކޮށް ލަސް ކުރަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް، ވީހާވެސް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައިވާ ކަމަށެވެ.

ކުޑަކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނީ ދިއްފުށީގައި ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، ފުލުހުންނާ އެކު އެ ރަށަށް ދަތުރުކޮށް ކުއްޖާގެ ބަޔާން ނަގައި ނަފްސާނީ އެހީތެރިކަން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަސްލަމް

    14 އަހަރު ކުއްޖަކަށް މަންމަ ކުރިން އިންމީހާ ގެނަންވެސް ނޭނގުނީތޯ؟ އަދި އެގެއިން ކައެބޮއެ ހެދިއިރުވެސް އެމީހާގެ ނަމެއްނޭނގި އިގިލިދިއްކޮށް މިއޮއްދަނީއޭ ބުނީމަ ސުވާލު އުފެދޭ ނޫންތޯ… ކުއްޖާގޮވައިގެން މަގުތަށް މައްޗައް ނިކުމެ މީހާފެނޭތޯ ދިޔަ ވާހަކަ ބުނީމަ ތިޔައީ ކުއްޖަކު ބޭނުންކޮށްގެން އުފެދިފައިވާ ލޯބީގެ ފިތުނައެއް.

    10
    11
  2. ހުސެއިން

    ކަލޭމެން ރައްޔިތުންގެ ބައިތުލްމާލު ބަނޑުއަޅަމުންވެސް ބުނަނީ ތިމަންނަޔަކީ ހާރާމްފައޮސާގަ ދުވަހަކުވެސް އަތްލިމީހެއްނޫނޭ ނޫންތަ؟؟؟

  3. ޙަސަންބެއްބެ

    14 އަހަރުވީމަ އެއީ ކުޑަކުއްޖެއްނޫން. ބޮޑު އަންހެނެއް. ދީނުގައޮތްގޮތްއެއީ. އެއަންހެންމީހާއަށްއެގޭނެ އެކަންކުރީ ކާކުކަން. ތިޔަ ޝިހާމް އަށް މިހާރު ދޭންޖެހޭ އިތުރު އަދަބެއްނެތް. އޭނަ އެއަމަލުހިންގިއަސް އަދިނުހިންގިއަސް އަދަބު އެއޮތީލިބިފަ.

    8
    6
    • ޙަަަހަ

      ލިވާތުކުޅިއަށް ކީކޭބުނަނީ ، ތިހާ ހިތްވަރުހުރިއްޔާ ، އަލިފެއްހާ ރަނގަޅިއްޔާ

      2
      1
  4. ބޮކިއްތޭ

    ރަންނަމާރި ހެދިގެން ނޫޅެވޭނެ. އަދި ކަލޭގެ ދާއިރާގެ ރަށްރަށުގެ ކެނައިންނަށް ދާދާގިރީ ހެދިގެން އަމިއްލައަށް ހުކުމްކޮށް އެކަން ތަންފީޒެއްވެސް ނުކުރެވޭނެ.

    18
    2
  5. Anonymous

    ކައެމެންގެ އެބަހުރިތަ ވިލިގިލީ މީހުންނާ ކުރިމަތި ލެވޭފެންވަރު.އެހެން ކަމަށް ވާނަމަ ތިހެން އުޅުން ގޯހެއްނޫން.

    5
    2
  6. ރަދީފްއޮފިޝަލް

    ނަސީމް އެއީ ކަނޑުކޮހެއް.2 ވަނަ ދައުރެއް ލިބޭނީ ރަށުގެ ގޭންގް ދިފާއުކޮށްގެން ކަމަށްވާތީވެ މީނަ މިހެން ވާހަކަ މިދައްކަނީ.

    7
    1
  7. ޖާބެ

    އަމިއްލަޔައް ސަރީއަތްކޮށް ތަހުޤީގުކުރާކަމައްވަންޏާ ކޮންބޯ ތަހުޤީޤީ ތަންފީޒީ އިދާރަތައް އަދި ކޯޓުތަކުގެ ބޭނުމަކީ ތިގޮތައް މީގެ ކުރިން 2 މީހެއްގެ ގައިގަ މަރުގެ އިލްޒާމުއަޅުވާވެސް ތަޅާއަނިޔާކޮށް ގަންހިންގުވައިފި ނިމުނުއިރު އެކަމުގަ ބައިވެރިނުވާކަމައް ނިމުނީ މިއީ ހަސަދަފިލުވަލަން ގަބީލާއުސޫލުން ކުރާކަންކަން.. ތިޔަކުމުގެ ސަބަބުން ބަދަލުހިފުމުގެ ނިމުމެއްްނެތް ސައިކަލްއަކައް ވެގެންދާނެ

  8. ޖާބެ

    ލޮލަކައް ލޮލެއްގެ އުސޫލުން މިކަން ނިމޭނީ އަދުލު އިންސާފު ހަމަގެއްލިއްޖެ

  9. އަޙްމަދު ސަޢީދު

    ފުލުހުން ބުނީ، ޖިންސީ ގޯނާކުރިކަމުގެ ހެކި އެބަހުއްޓޭ. ވަކި މީހަކާ ދެކޮޅަށް ހުރިކަމަކަށް ނުބުނޭ. އަނެއްކާ މިއީ ކަމުގެ އަސްލު ފޮރުވާން ހިންގި ޖަރީމާއެއް ނޫންބާ؟ ތަޙުގީގީ ނަޒަރު ހުރިހާ އެންގަލަކަށް ހިންގަންވާނެ. ތުހުމަތު… ތުހުމަތު… ކަށަވަރުވާނީ ރަނގަޅަށް ތަޙުގީގުކުރީމަ. އޭގެ ކުރިން އަދަބެއް ނުދެވޭނެ.

  10. 6

    ލިވާތުޕާޓީގެ މީނަބުނެގެން ތިޔަމީހާއަށް އެރަށުގެ ލިވާތުކުޅީގެ މީހުން ތިކަންކުރީ

  11. ލޮލީ

    މީނައަންގައިގެން އެރަށުގެ ލިވާތު ޕާޓީގެ ޕާޓޭންކުރިކަމެއް ތިއީ