ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރު ދިފާޢުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ރައީސްގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުޙައްމަދު އަސްލަމް ގެނައުމަށް ވޯޓު ދެއްވާނެ ކަމަށް ފޭދޫ ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވާ ނިހާދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ދިފާޢު ކުރުމަށާއި އަދި ޚާއްސަ ގޮތެއްގައި އައްޑޫ ސިޓީގެ ފޭދޫ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަޖިލީހުގެ ރައީސަކަށް އަސްލަމް ގެނައުމަށް ވޯޓު ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ނިހާދު ވިދާޅުވީ، އޭނާ އަބަދުވެސް ހުންނަވާނީ ރައްޔިތުންނާއި އެކު ކަމަށެވެ. އަދި އާ ދައުރުގެ ރައީސް ކަމަށް އަސްލަމް ގެންނަން ތާޢީދު ކުރުމާއި އެކު ނައިބު ރައީސްގެ މަޤާމަށް ގެންނަން ތާޢީދު ކުރައްވާނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ކަންވެސް ނިހާދުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހުގެ ވެރިކަން ދިފާޢު ކުރުމަށް، އަސްލަމް އަށް ވޯޓު ދެއްވާނެކަން ނިހާދި އިއުލާނުކުރެއްވި އިރު، މަޖިލީހުގެ ރައީސް ކަމަށް އެންމެ ޤާބިލު ބޭފުޅަކީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެމަޤާމަށް އަސްލަމް ހޮވުމަށް ރައީސް ނަޝީދު ވަނީ ތާޢީދު ކުރައްވާފައެވެ.

އެމްޑީޕީން 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައިވާ އިރު، އެޕާޓީން މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކު ނިންމުމަށް ދަނީ މަޝްވަރާތައް ކުރެވެމުންނެވެ. އަދި އެކަމާއި ގުޅިގެން ގިނަ މެމްބަރުންތަކެއް ވަނީ ހިޔާލުވެސް ތަފާތު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖޮއްބެ

    ސަރުކާރު ދިފާޢުކުރަންޏާ ސަރުކާރުގެ ވެރިޔާ ބުނާގޮތެއް ނޫންތަ ހަދަންވީ؟ އަންނި ބޮޑުވަޒީރަކަށް ހަދާ، ރައީސް ޞޯލިޙުގެ ބާރު ކަނޑުވާލަން އުޅުމުގެ ބަދަލުގައި.

    17
    • ތަކުރު

      ސަރުކާރު ހިންގާމީހާ މޮޔަގޮވިޔަސް ތާއީދު ކުރަންވާނީ ސަރުކާރު ހިންގާމީހާ ބުނާގޮތަށް. މިއީ މިގައުމުގާ ތިބޭ ޕޮލިޓިޝަނުން އެގޮވާ ޑިމޮކްރަސީ އަކީ.

      2
      2
  2. ޑެއިލް

    ބަޣާވާތަކުން ނުވަތަ މަޖްލިސް ތެރެއިން ސަރުކާރު ވައްޓާލަން ބޭނުންވާ ބޭފުޅުން އަސްލަމަށް ވޯޓްދީ. ލާދީނީ ސަރުކާރަކަށް ބޭނުންނަމަ އަސްލަމަށް ވޯޓްދީ.

    15
    1
  3. އަލީ

    ހަމަ ހެވެނީ... ރައީސް މީހާ ދައްކާ މީހާއަށް ވޯޓު ނުދީ މި ބުނަނީ ސަރުކާރު ދަމަހައްޓާށޯ....

    16
    1
  4. ރައްޔިތުން

    ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ ގައުމެއްހާލާތު-ނުވާނަމަ އެގައުމެއްގައި ހާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް.
    "ހުރިހާ ގޯހެއް ނުވަތަ ހެވެއްވިޔަސް އޮތީ ޖުމްލަ ރައްޔިތުންގެ މެދުގައި"

    ނާޝީދު ބުނެފި އެވެރިން އެކަމެއް ކުރާނެ އަދި ފަހުން ރޯނެ ނުވަތަ ހޭނެ

    10
  5. ހާނިމް

    އައްޑޫ ކުދިންކޮޅު މޮޔަވަނީ ވެރިކަމާއި ހެދި

    13
    6
  6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބޭކާރު ވާހަކަނުދައްކާ، ނަޝީދު ތިކަމާ ތިހާވަރަށް ވިއްދާފަ ތިހުރީ ސަބަބެއް ނެތިއެއްނޫން. ބަރުލަމާނީ އަކަށް ދިވެހިން ތާއީދެއް ނުކުރޭ. މޮޔަނުވޭ ނަޝީދޫ މިހާރު އިނގިރޭސިވިލާތުގަ އެއޮތީ ބޮޑުވަޒީރު ޕޯސްޓެއް ހުސްވެފަ. ތިހާ ބޮޑުވަޒީރުކަން ކުރާހިތްވަންޏާ އެތަނަށް ކުރިމަތިލާ. ކަލޭތީ އެމީހުންގެ ވެސް މީހެއްނު؟

  7. ނާއިބު

    ސާބަސް ނިހާދު. ޑިމޮކްރަސީ އަކީ އިބޫ އަދި އައްނި ވެސް ބޭނުން ވެގެން އުޅޭ އެތި. އެއެތީގެ މިސާލަކުން ތިފަށަނީ. ވަރައްބަރާބަރު ފެށުމެއް.

  8. ރަށުމީހާ

    ބަލަ ސަރުކާރުދިފާޢު ކުރަނީ އަސްަމްތަ ސަރުކާރުގެންނަށް ލޮލުނިދި ނުނިދައި ހަމައެކަނި މަސައްކަތްކުރީ އަސްލަމްތަ ނަޝީދު މިހާރު ތިޔައުޅޭގޮތުން ތާއީދު ވަރަށް ކުޑަވާނެ އެމް ޑީ ޕީއަށް ކައުންސިލް އިންތިހާބް ސަލާމް

  9. ރަށުމީހާ

    ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ ގައުމެއްހާލާތު-ނުވާނަމަ އެގައުމެއްގައި ހާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް.
    "ހުރިހާ ގޯހެއް ނުވަތަ ހެވެއްވިޔަސް އޮތީ ޖުމްލަ ރައްޔިތުންގެ މެދުގައި"

    ނާޝީދު ބުނެފި އެވެރިން އެކަމެއް ކުރާނެ އަދި ފަހުން ރޯނެ ނުވަތަ ހޭނެ

  10. ްއާދަން

    ހާދަ މޮޔަ ސޮރެކޭ ނިހާދޫ ކަލޭ ތީ ވެރިކަމުގަ ހުރީ އިބޫ އަސްލަމް ނުހޮވުނަސް މިވީހާ ދުވަހުވެސް ސަރުކާރު އެއޮތީ ދިފާއުކޮށް އެހެންވީމަ ކުރިޔައް އޮތަނުގަވެސް އަސްލަމް ނުހޮވިޔަސް އަންނި ނުހޮވިޔަސް ސަރުކާރު ދިފާއު ކުރެވޭނެ

  11. ޢަލީ

    މިއީ ބޯގަޅި އެއްތަ؟