ފުރާނަތައް ސަލާމަތް ކުރުމަށްޓަކައި މަގުމަތީގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑު މަޑުކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވެއްޖެ އެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ މީސް މީޑިޔާ ހަރަކާތް ފެށުމަށް އެއް ނަމްބަރު ޖެޓީ ސަހަރައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މާލެއަކީ ވަރަށް ކުޑަތަނެއް ކަމަށާއި ހުރިހާ ބޭފުޅުންވެސް މަގުމަތީގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

“އެންމެ މުހިއްމު ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން. އެއީ މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ. ގިނަ އަދަދެއްގެ އެކްސިޑެންޓްތަކެއް މިއަދާއި ހަމައަށް އައިއިރު ވަނީ ހިނގާފަ. އެތައް ފުރާނަތަކެއް ވަނީ ދުނިޔެއާއި ވަކިވެފަ. މިއީ އަޅުގަނޑުމެންގެ އަތުގަ ކޮންޓްރޯލް އޮތް ކަމެއް. ވަރަށް ހިތާމަވެރި ކަންކަން އެބަހުރި ހިނގާފަ. ތިބޭފުޅުން ބައްލަވާ، ކަފި ހުރަހަކުން ޤަވާއިދުން ހުރަސް ކުރާ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެމީހާ ދުނިޔެ ދޫކުރުމަކީ ކިހާ ހިތާމަވެރިކަމެއްތޯ. އަޅުގަނޑުގެ އިލްތިމާޞްއަކީ ހުރިހާ ބޭފުޅުންވެސް ސްޕީޑް ކޮންޓްރޯލް ކޮށްގެން ދުއްވުން. ކޮން މަޔަކުތޯ ބޭނުންވާނީ ނޫނީ ކޮންބަފަޔަކުތޯ ބޭނުންވާނީ އެމީހާގެ ދަރިފުޅު އެކްސިޑެންޓެއްގަ މަރުވެގެންދާން.” ފައިޞަލް ވިދާޅުވިއެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ މީސް މީޑިޔާ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް އަޝްހާދު އަބްދުﷲ

މި ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ ޝިޔާރުތައް ހިމެނޭ ބޯޑުތައް ހިފައިގެން ފޮޓޯ ނެގުމަށްފަހު، މީސް މީޑިޔާގައި އެ ފޮޓޯތައް ހިއްސާކުރާގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ޝެހެނާޒު ވިދާޅުވީ، ފޮޓޯ ފްރޭމްތައް ހިފައިގެން ފޮޓޯ ނެގުމަށްފަހު ވީހާވެސް ގިނަ ބޭފުޅުން އެ ފޮޓޯތައް ހިއްސާކުރުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށެވެ.

“މި ހަރަކާތަކީ މަގުމަތީގެ ޤަވާއިދުތަކަށް މީހުން ހޭލުންތެރި ކުރުމުގެ ހިންގާ ޕްރޮގްރާމެއް. މީގެ އެންމެ ބޮޑު ބޭނުމަކީ މަގުތަކަކީ އާއްމުންނަށް ރައްކާތެރި އަދި އަމާން ތަނަކަށް ހެދުން. މި ހަރަކާތުގައި ގިނަ ކުންފުނިތަކާއި އެކި އެކި މުއައްސަސާތަކުން ބައިވެރިވާނެ. ފޮޓޯ ޕްރޭމްތައް ތައްޔާރުކޮށްފައި ހުންނާނެ އެކި އެކި ޝިޔާރުގެ ދަށުން. ޖުމްލަ ފަސް ޝިޔާރެއް ހިމަނާފަ ވާނެ.” މި ހަރަކާތާއި ގުޅޭ މައުލޫމާތު ދެއްވަމުން ޝެހެނާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަށްދު

  ކީވެތަ؟ ކަލޭމެންނަށް އެކަން ނުހުއްޓެވެނީ މިހާރު ވެރިކަމުގަ ތިޔަތިބެނީ އެހާފުރިހަމަ

  16
  1
 2. ހަނު 2ޖޫން 2019

  ކޮބާ ގައުމު އޮޔާދުއްވާލަނީތަ؟ ތީ އިޚުލާސްތެރިންނަކީ

  13
  1
 3. !!!!!!

  މިޤައުމުގަ ނައިބްރައީސެއް ހުރިހެންވެސް ހީނުވޭ ދަމަކުން ބަޑިއެއް ޖަހާހެން ނައިބް ރައީސްގެ ޚަބަރު

  5
  1
 4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ތީ ކަލޭމެން ވެރިކަމާ ހަވާލުވުމުގެ އެތައް އަހަރެއްކުރިން ދިވެހިން ދައްކާ ވާހަކައެއް. ތީ މޮޅުވާހަކައެއް އާ ވާހަކައެއްވެސް ނޫން. ގަވައިދުހަދާ އެ ތަންފީޒުކުރަން ބަޔަކު މަތިކޮށްފަ ތިބެނީ ކޮންމެސް ކަމަކު. އެމީހުންގެ ޒިންމާ އަދާނުކޮށް އެހެންމީހުން ބޭނުންގޮތަކަށް އުޅެން ދޫކޮށްލީމަ ސްޕީޑެއްނޫން ޕްރެޝަރުވެސް އަރާނީ މަށްޗަށް. ބޭނުން ސްޕީޑެއްގަ ދުއްވާއިރު އެކަން ނުހުއްޓުވެނީ ކީއްވެހޭ؟ ވެރިކަމާ ހަވާލުވީ ތިހުރިހާކަމަކަށް ކުރީގެ ސަރުކާރު ފެއިލްވެފަ އޮތްކަން ރައްޔިތިންނަށް ދައްކައިގެންނު؟

  5
  1
 5. މަހޭޝް

  ކަލޭ ނުބުނެގެން ދޯ އެކަން ނޭގިގެން މިއުޅެނީ. ތިބުނެވުނީ ވަރަށް މޮޅުވާހަކައެއް. މަހީ ހީ ހަލާކު

  3
  1