މިރޭ ޝައްވާލު މަހުގެ ހަނދު ފެނިއްޖެނަމަ މާލޭގައި ބަޑިޖެހުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މެއި މަހުގެ ހަ ވަނަ ދުވަހެވެ. މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ރޯދަ ދުވަހެވެ. މިއަދު ހަނދު ސާބިތު ކުރުމުގެ ކަންކަން ކުރިއަށްދާއިރު، ހަނދު ނުފެނިއްޖެނަމަ މާދަމާ ރޯދަ ހިފާ 30 ރޯދަ ހަމަކުރަންޖެހޭނެއެވެ. އަދި މިރޭ ޝައްވާލުމަހުގެ ހަނދު ފެނިއްޖެނަމަ މާދަމާއަކީ ފިޠުރު ޢީދުދުވަހެވެ.

އެމްއެންޑިއެފް އިން ވިދާޅުވީ، މިރޭ ޝައްވާލުމަހުގެ ހަނދު ފެނިއްޖެ ނަމަ މާލޭގައި ބަޑީގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ ޖުމްހޫރީ މައިދާނުގެ އިއްޒުދީން ފާލަމުގެ އިރުމަތީފަޅީގައި ކަމަށެވެ.

ފަލަކީ ހިސާބުން ދައްކާގޮތުން އިސްލާމީ އެހެނިހެން ބޮޑެތި ޤައުމުތަކަށްވެސް މާދަމާއަކީ މި އަހަރުގެ ފިޠުރު ޢީދު ދުވަހެވެ.

ކަލަންޑަރުގައި ވާ ގޮތުންވެސް ފިޠުރު ޢީދު ދުވަހަކީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މީހެއްގެ ގަޔަށް ބަޑި ނުޖަހާތި.

    3
    1
  2. ހަސަން

    ޕްލީސް އަހަރުމެން ގަޔަށް ބަޑި ނުޖަހާތި ސިފައިންނޭ.

    1
    2
  3. ހުސްތ

    އަހަރެން މިއަދު ދުށިން ޗާނދަނީ މަގުން ޗާލު ބަޑިއެއް ހިނގާފަ ދާތީ. އެދަނީ އެފާލަން ހުރި ދިމާލައްތަ؟

    1
    2
  4. ސަޓޯ

    އޭ ޕްލީޒް ތި ބޮޑު ބަޑި މުލިއާގެ ދިމާލަށް ބަހައްޓާތި.. އޭރުން އިބުރޭއަށް އަޑުއިބޭނީ ރަގަޅަށް