މާލޭ ސިޓީ ކައުންސިލް އަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ބޭނުންވާ ވެހިކަލާއި މެޝިނަރީ ގަތުމަށް އިންޑިޔާ ސަރުކާރުން ފައިސާގެ އެހީތެރިކަން ދެއްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން، ޕޮރިން މިނިސްޓްރީގެ ފަރާތުން ވިދާޅުވީ، އިންޑިޔާ ސަރުކާރުން ދީފައިވާ 6.9 މިލިއަން ޑިލަރު (106 މިލިއަން ރުފިޔާ) ގެ ތެރެއިން ކަރެކްޝަނަލް ސާރވިސް އަށް ބޭނުންވާ ވެހިކަލް އާއި މެޝިނަރީ ގަތުމަށް 8 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ ވެހިކަލް ގަތުމަށްވެސް 8 މިލިއަން ރުފިޔާ ދީފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީ މަޢުލޫމާތު ދެއްވައެވެ. މިކަމުގެ ސަބަބުން މާލޭ ސިޓީ ކައުންސިލަށާއި، ކަރެންޝަން ސާރވިސްގެ ހިނގުމަށް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ އެ އަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅުއްވައިވާކަމަށްވެސް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ، ށ. ފޯކައިދޫގެ ރައްޔިތުންނަށް އަދި އަތޮޅުގެ ރައްޔިތުންނަށްވެސް ބޭނުންވާ ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށްޓަކައި އެ ރަށުގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ފަސް މިލިއަން ދިވެހި ރުފިޔާވެސް މި އެހީގެ ތެރެއިން ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބާރީ

    އިންޑިއާގެ އަވަށެދޯމީ؟

    15
  2. ބޭނުންވިގޮތް

    ކަލޯ މިވަރުން ދަންޏާ ދިވެހި ރައްޔިތުން ލާނެ ޖަންގިޔާ ވެސް އަދި ދޭނެ އިންޑިޔާއިން.

  3. ޖޮއްބެ

    މިނިސްޓަރުންނަށާ ރައީސުލް ޖުމްހޫރިއްޔާ އަށް ކާރު ވެސް އިންޑިއާއިން ގެންނަންވީނު؟ ކެންޕޭނަށް އިންޑިއާއިން ހޯދި ލާރިތައް އަނބުރާ ދައްކަނީ ގައުމު ފެލައިގެން. އެހެން މީހުނާ ދިމާލަށް ވަގަށްގޮވަން ރީއްޗެއްނު؟