ޖުމްހޫރީ ޕާޓީގެ ޑެޕިއުޓި ލީޑަރު އަބްދުﷲ ރިޔާޒްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުގެ ކޮށްފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ރިޔާޒްގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ކޮށްފައި ވަނީ މިއަދު 13:30 އަށެވެ.
މިއަދަށް ތާވަލުކޮށްފައި ވަނީ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތަކުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެކެވެ. މި މައްސަލަ އަކީ މިދިޔަ އަހަރުން ފަށައިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.
މި ދައުވާ އާއި ގުޅިގެން ރިޔާޒްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މާފުށީ ޖަލުގައި މިހާރު ރިޔާޒް ބަންދުކޮށްފައި ވާއިރު ފެބްރުއަރީ އެކެއްގެ ހުކުމަށް ފަހު ހިނގައިދިޔަ ކަންތަކާ ގުޅިގެން އޭނާގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ވެސް އުފުލާފައި ވެއެވެ.
މި ސަރުކާރުން ބޮލަކަށް ކަނދުރާއަކަށް ބެލުމެއްނެތި ޤާނޫނު ހިންގާނޭކަން ރިޔާޟަށްވެސް އެގެންވާނެ !