މާދަމާ ރެއިން ފެށިގެން ވިޔަފާރި ކުރާ ހުރިހާ ފިހާރަތަށް ރޭގަނޑު 11 ބަންދު ކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ވިޔަފާރި ކުރާ ފިހާރަތައް މާދަމާ އިން ފެށިގެން ހުޅުވިފައި ހުންނާނީ ރޭގަނޑު 11:00 ޖަހަން ދެކަށް ކަމަށެވެ. ކެފޭ އަދި ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭ ގަޑި މާދަމާ އިން ފެށިގެން އޮންނާނީ ކުރިއެކޭ އެއް ގޮތަށް ކަމަށެވެ. އެއީ ދަންވަރު 01:00 އާ ހަމައަށެވެ.

އެ މިނިސްޓްރީ އިން ރޯދަމަހާއި ދިމާކޮށް އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމަށް އިއުލާނުކޮށްފައިވެއެވެ.

ރޯދަމަހުގައި އާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއުން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދުގެ ވަގުތު ތަކުގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުނީ

    10 ޖަހާއިރު ބަންދު ކުރާގޮތް ހަދާބަލަ. އަހަރުމެންނަށް ވެސް އުދަގޫވެޔޭ އެހާ ގިނައިރު ވޯކް ކުރަންވީމަ. ސަރުކާރު އޮފީސްތައް ވެސް ރޭގަނޑު 11 ޖަހަންދެން އަޅެ ހުޅުވާފަ ބަހައްޓަބަލަ

    13
    4