މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލަކުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެކަަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ މިއަހަރުގެ ދެވަނަ ޓާމް ފެށޭއިރު ނާސްތާ ޕްރޮގްރާމް ފަށާނެ ކަމަށެވެ. ނަމަވެސް ދެވަނަ ޓާމް ފެށުނުއިރު ހަ ރޯދައާ ދިމާވުން ނާސްތާ ޕްރޮގްރާމް ފެށުން ވަނީ މާދަމައަށް ފަސްކޮށްފައެވެ.

މާދަމާ ސްކޫލްތަކުގައި ނާސްތާ ދިނުމަށް އެކި ފަރާތްތަކާއި އެމަސައްކަތް ވަނީ ހަވާލު ކޮށްފައެވެ.

އަޖުމަ ބެލުމުގެ ގޮތުން ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. މާދަމާ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފެށުމުން 212 ސްކޫލްގެ ދަރިވަރުންނަށް ނާސްތާ ލިބޭނެއެވެ.

ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 123 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. ޖުމްލަ ދިހަ މެނުއޭއް ވަނީ ތައްޔާރު ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސިޢާރު

    ނުވިކި އެކްސްޕެއަރވަން ކައިރިވެފއިވާ ރަހަނުބައި ، އެއްރުފިޔާއަށް ގަންނަންލިބޭ ކުޑަ ކިރުޕެކެޓެއް ދީފަ މި ބުނަނީ ނާސްތާއޭ! މިވަރުވެސް މިވީ ބަޔަކު ސަރުކާރުގެބޮލަށް މޮހޮރުޖަހަންފެށުމުން. އަދި ބޮނޑުނަގުލަށްދާތަންވެސް ފެންނާނެ!

    13
    3
  2. މަސްވެރިޔާ

    ދިވެހި ދައުލަތަށް މިއަހަރު ލިބޭނެކަމަށް ބެލެވެނީ،
    21 ބިލިއަން ރުފިޔާ، ބަޖެޓް ޑިފިސިޓް 9 ބިލިއަން ރުފިޔާ ކަމަށް ލަފާކުރެވޭ. އެއްވެސް އާބޮޑް މަޝްރޫއެއް، ނިހިންގޭނެ. ކުދިންގެ ބުރެކްފާސްޓްގެ ސަބަބުން ސިކުޑި ތަނަވެސްވެ ކިޔެވުމަށް މޮޅުވާކަމަށް އެއްވެސް ދިރާއަކުން ދައްކާފަނުވޭ.އިންޑިއާ ކަހަލަ ފަގީރުން ގިނަ ޤައުމުތަކުގަ ކުރާކަމެއް، ސިންގަޕޫރުގަ މިކަންކުރަނީ އެއީ ދުނިޔޭގެ އެންމެ މުއްސަދި އެއްސަރުކާރު.... ކުދިންގެ ސިކުނޑި ތަނަވަސް ކުރުވާނަމަ ފަތިސްނަމާދު ކުރުވާފަ، ބިހެކާއި މިލްކް ޓީ ރަގަޅުވާނެ.
    ކުދިންގެ ބުރެކްފާސްޓް.. 3925000 ގާތްގަޑަކަށް ހަތަރު މިލިއަން ރުފިޔާ ދުވާލަކު.
    ސީނިއަރ.ސިޓިޒަން... 3،333000 ދުވާލަކު
    ނުކުޅޭ ބޭފުޅުންނަށް. ދުވާލަކު.. 200000
    އެކަނިވެރި މައިންނަށް... 356000 ދުވާކަކު.
    އާސަންދަ. ދުވާލަކު 6.5 މިލިއަން
    ............ ...........
    އުމުރުން ދުވަސްވީ ބޭފުޅުންނަށް 7000 ރ ދެއްވާ.
    އެކަނިވެރި މަޔަކަށް.5000 ދެއްވާ.
    ނުކުޅެދޭ ބޭފުޅަކަށް. މަހަކު.5000 ދެއްވާ.
    ތެލަސީމިޔާ ކުއްޖަކަށް. މަހަކު.3000 ދެއްވާ.
    ................. ............
    އިޖުތިމާއީ ހާލަތު ރަގަޅުވާނީ މިފަދަ އިނާޔަތުން

    10
    3
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ނުކުރެވޭނެ ކަންކަން ކުރާނެކަމަށް ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވާއިރު، ނޫސްތަކުން މިކަމަށް ފާރަވެރިވެ މިކަން މާދަމާ ނުކުރާ ސްކޫލުތަކުގެ ލިސްޓެއް އާންމުކުރަންޖެހޭ. އެއީ ރައްޔިތުންނަށް މިކަން މިމީހުންނަށް ނުކުރެވޭނެކަން އެނގިތިބެ، ރާއްޖޭގެ ރައްޔިތުންގެ ލޮލުގަ ސަރުކާރުން އަނދުން އަޅުވާ އޮޅުވާލާނެތީ.

    15
    2
  4. އިބްރާ

    ނާސްތާވެސް ދޭންވީ. މެންދުރު ބިރިޔާނިވެސް ދޭންވީ. ބޭރުން ލޯނުނަގައިގެންކަމުގައިވާނަމަ ނާސްތާވެސް ބޭނުމެއްނޫން. ފުރަތަމަ ފަސްމަސް ނިމުނުއިރު 675މިލިއަނުން ދައުލަތް ދަރާފަވަނީ.

  5. އަހްމަދްފުޅު

    ވައުދު ވެފާ ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ހުރިހާ ކުދިންނަށް ނާސްތާ ދިނުމަށް. އެކަމަކު ނާސްތާދެނީ ހަމައެކަނި ހެނދުނު ދަންފަޅީގެ ކުދިންނަށް. މީ ވައުދު ފުއްދުންތޯ ނޫނީ ވައުދާ ޚިލާފުވުންތޯ؟ އެއްބަޔަކަށްދީފާ އަނެއްބަޔަކަށް ނުދިނުމަކީ އެއީ ހަމަ އިންސާފުތޯ؟ މިކަމާ ޑޮކްޓަރއިޔާޒް ދެއްވާޖަވާބަކީ ކޮބައިތޯ؟

    • ޖަޑިބު

      ދުނިޔޭގެ އެއްވެސް ތަނެއްގަ ތިކަން ކުރާގޮތެއް ނޫންކަންނެ ތި

  6. އަހުމަދު

    ދޮގެއް. ހުރިހާ ސްކޫޫލަކަށް ނުދޭ.
    އެކަމަކު ހުރިހާ އެންމެން ޓެކްސް ދައްކާ.

    9
    1
  7. ހަވުލަ

    ނާސްތާ ނާސްތާ ނާސްތާ އަށް ގޮވާއިރު ތި ޕެކެޓްގައި ހުންނަނީ ފޮޅި އެއްގެ ތެރެއަށް ހުނި ކޮޕީ ފަތާއި އެއްކޮށްފައި ކުޑަ މަސްކޮޅެއްލާފައި އަޅާ އޮޅާލާފައި ކަރުދާހަކަށް ލާފައި ކުދިން ނުކަނެ ތިއެއްޗިއްސެއް ތި އެއްޗެހި ބިސްތަކާ ޕަކެޓްތައް ނަގަނީ ޑަސްޓްބިނުން ހަމަ ގައިމުވެސް ޗާންދަނީ މަގުގައި ހުންނަ ސްކޫލެއްގެ ކުދިން ޑަސްޓްބިންއަށް ތި ނާސްތާތައް އެޅުމުން މަސައްކަތު މީހުންނާއި ސަރުދާރު ގެއަށް އެ އެއްޗެހި ހިފައިގެން ދަނީ. ތީ ކޮންމެހެން ކުދިންނަށް ކާންދޭން ކުރާ ކަމެއްނޫން ކުދިން ނުކާނެ ކުނި ކާއެއްޗިއްސެއް،.