ސްކޫލްތަކުގެ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި ދެ ކްލާސް ރޫމެއްގެ ދަރިވަރުންނަށް ނާސްތާ ދީފައި ވަނީ ނާސްތާ ޕްރޮގްރާމްގެ އުސޫލުތަކާއި ހިލާފަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދެ ކްލާސް ރޫމެއްގެ ދަރިވަރުންނަށް ނާސްތާ ދީފައި ވަނީ ނާސްތާ ޕްރޮގްރާމްގެ އުސޫލުތަކާއި ހިލާފަށް ކަމަށް އެ މިނިސްްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މަދު ކްލާސްރޫމްތަކެއްގައި މިފަދަ އަމަލުތައް ހިނގުމުން މާގް މަޤްސަދެއްގައި ސަރުކާރުން ހިންގާ މިފަދަ ޕްރޮގްރާމްތަކަށް ބެލެނެވެރިންނާއި ރައްޔިތުން ކުރާ އިތުބާރު ގެއްލެން މެދުވެރިވާކަމަށް އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީގެ އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، މަދު މުވައްޒަފުންތަކެއް އެ ކަން ހިންގާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި އެ އެކަން ހިންގި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިތުރަށް އެ ބަޔާނުގައި ވިދާޅުވީ، ވަނީ، ނާސްތާ ޕްރޮގްރާމް ކުރިއަށްގެންދާއިރު ކާތަކެތި ސާފްތާހިރުކަމަކީ އެ މިނިސްޓްރީން މުހިންމުކަންދޭ އެއް ކަންތައް ކަމަށާއި، ދަރިވަރުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ސްކޫލްތަކުން އަމަލު ކުރަމުންދޭތޯ މިނިސްޓްރީން ބަލަމުން ގެންދާނެ ކަމަށެވެ.

"އަދި މިފަދަ އަމަލުތައް ތަކުރާރުވިޔަނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމުގެ ދަންނަވަމެވެ". އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ މިނިސްޓްރީން މިގޮތަށް ވިދާޅުވިއިރު، މިއަދު ނާސްތާ ދޭން ފެށި ސްކޫލެއްގެ ކްލާސް ރޫމް ތެރޭގައި ކުދިންތަކެއް ތަށިމުށިގަނޑު މަތީގައި ކަރުދާސްގަނޑެއް އަޅައިގެން އެ ކަރުދާސް މަތީގައި ކާތަކެތި ބަހައްޓައިގެން ކާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަންމަ

    މި ފޮޓޯފެނިފަ ވަރައްދެރަވެެއްޖެ

    21
    3
  2. ސޯޕް ލައިޓް ބްރަދަރ

    ހެހެހެ... އަހަރުމެންގެ އިންޑިޔާސްކޫލް ތަކުގެކުދިންވެސް ކައިބޮއި ހަދަނީބިންމަތީ އިށީނދެތިބެ!!!

    21
    3
  3. އަހްމަދްފުޅު

    ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށް ނާސްތާ ދިނުމަށް ވެފައިވާ ވައުދެއްގާ އެއްބަޔަކަށް ނާސްތާ ދިނުމަކީވެސް އުސޫލާ ޚިލާފުކަމެއް. އެޑިޔުކޭޝަން މިނިސްޓަރާމެދު ފިޔަވަޅު އަޅަންޖެހޭ.

    23
    1
  4. އަފީ

    ތިޔަކަމަކީ މޯދީ ދިން ހިޔާލެއް!

    23
  5. Anonymous

    މަމި އަހަނީ ކޮން މެނޫއެއްގަތޯ އޮތީ ރ.ވާދޫ ސްކޫލް ދަރިވަރުންނަށް ހަމައެކަނި އާފަލު ކޮށާފަ ކިރުޕެކެޓާ އެކީދޭން؟ މިނިސްޓްރީން މިކަން ބެލުމެއް ނެތްތަ؟ އަދިވެސް ޕާޓީމީހުނަށްދީގެން ނުވާކަންތަކަށް ބޯކޮށްޕާލާ!

  6. ޜތ

    ޖަނަވާރުންނަށް ކާންދޭ ހެން ކަރުދާސްގަޑު މައްޗައް އަޅާފަ ވިޔާ އެދެނީ ހެޔޮނުވާނެ

    9
    1
  7. އައްޑޫ މީހާ

    މިކަހަލަ ފުރައްސާރަ ނުކުރިޔަސް އޯކޭ ވަރަށް ބޮޑަށް ހިތައް އަސަރުކޮށްފި