ތުއްތު ކުދިންނާއި ގުޅޭގޮތަށް ކިޔެވުން ބައްޓަން ކުރަމުން އަންނަ "ޝައިން ލާނާސް ޕްރީ ސްކޫލު"ން 2023/2024 އަށް ވަނުމުގެ ފުރުސަތު ހުޅުވާލައި، ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޝައިން ލާނާސް ޕްރީ ސްކޫލަކީ 10 އަހަރުގެ ތަޖުރިބާ ހުރި އަދި މިހާރުވެސް ގިނަ ތުއްތު ކުދިން ތައުލީމް ހާސިލް ކުރަމުންދާ ސްކޫލެކެވެ. އެ ސްކޫލްގެ ކެމްޕަހެއް މާލެ އާއި ހުޅުމާލޭގައިވެސް ހިންގަމުން ދެއެވެ.

މި ސްކޫލަކީ ސްޓެޕް 1 ފެށިގެން ޔޫކޭޖީއާ ހަމައަށް ކިޔަވާދެމުންދާ ސްކޫލެކެވެ. މި ސްކޫލްގެ ސްޓޭޕް 1 އަށް ތުއްތު ކުއްޖާއަށް 18 މަސް ފުރުމުންވެސް ވަދެވޭނެއެވެ.

އެ ސްކޫލްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ ސްކޫލަށް ވަނުމުގެ ފުުރުސަތު އޮގަސްޓް ފަސް ވަނަ ދުވަހާއި ހަމައަށް އޮންނައިރު، އެ ސްކޫލަށް އެޑްމިޝަން ފޯމް ހުށަހަޅާ ކުދިންގެ ތެރެއިން މާލެ ކެމްޕަހުން އެއް ކުއްޖަކު އަދި ހުޅުމާލެ ކެމްޕަހުން އެއް ކުއްޖަކު ހޮވާނެ ކަަމަށެވެ. އެ ދެ ކުދިން ސްކޫލްގައި ކިޔަވާ މުއްދަތުގައި ފީ އެއްކޮށް ހިލޭވެގެން ދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"އެ ދެ ކުދިންނަށް މުޅި ޕްރީ ސްކޫލް ހިލޭ ވެގެންދާނެ. މިސާލަކަށް ސްޓެޕް 1އަށް ވަންނަ ކުއްޖެއްގެ ފީ އެއްކޮށް ހިލޭ ވެގެން ދާނެ، މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ކުއްޖާއަށް.". އޮފިޝަލް ވިދާޅުވިއެވެ.

މި ސްކޫލަށް ވައްދަން ބޭނުންވާ ކުދިންނަށް ޖެހޭނީ ހާއްސަ ފޯމެއް ފުރާށެވެ.

މި ސްކޫލްގެ އެޑްމިޝަން ފީގެ ގޮތުގައި 1،500ރ ނަގައެވެ. އެހެން ނަމަވެސް ޕްރޮމޯޝަންގެ ދަށުން ނަަގަނީ 1،000ރގެ އެޑްމިޝަން ފީއެކެވެ. މީގެ އިތުރުން ކޮންމެ މަހަކު ދައްކަން ޖެހޭ ފީއެއް އިންނާނެއެވެ.

އެގޮތުން ސްޓެޕް-1 އަށް 1،200ރ ނަގާއިރު، ބޭބީ ނާރސަރީއަށް ދައްކަން ޖެހޭނީ 1،600ރ. އެވެ. އަދި ނާރަސީ، ޖޭކޭޖީ، އެސްކޭޖީއަށް ދާ ކުދިންނަށް، 1،900 ދައްކަން ޖެހޭނެއެވެ.

މި ސްކޫލަށް ވަންނަ ކުދިންނަށް ހިލޭ ފޮތްތަކާއި ސްޓޭޝަނަރީސް ލިބިގެން ދާނެއެވެ. މި ސްކޫލުން ކިޔަވާ ކުދިންނަށް އިނގިރޭސި، ހިސާބު، އިސްލާމް، ދިވެހި، ގުރުއާން، ހިފްޒުގެ އިތުރުން އަރަބިކް އާއި ސޯޝަލް ސްޓަޑީސް ކިޔަވާ ދޭނެއެވެެ.

މި ސްކޫލްގެ މާލެ ކެމްޕަސް (އަލް-ހަސަން) ހުންނާނީ ގަލޮޅުގައެވެ. އެ ކެމްޕަސްގެ ނަމްބަރަކީ 3002564 - 7373767 އެވެ. ހުޅުމާލެ ކެމްޕަސް ހުންނާނީ ހުޅުމާލޭ ފޭސް ވަންގައެވެ. އެ ކެމްޕަސްގެ ނަމްބަރަކީ 3312574 - 7373768 އެވެ.