ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ ދިން މައްސަލާގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ހާޒިރު ކުރަން އެމްޑީޕީ އިން ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ފަރާތުން މިމައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

ކަރެކްޝަނަލް ސާވިސްގެ ވެރިޔާ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރު ކުރުމަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރަން މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ.

މިއީ އެމްޑީޕީ ސަރުކާރުގައި ހިމެނޭ އިސް ބޭފުޅަކު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެމްޑީޕީ އިން ހުށަހެޅި ފުރަތަމަ ފަހަރެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ އަދީބަކީ ބޮޑެތި ކުއްތަކެއް ކުރިކަމަށް ކުރިން ޝަރުޢީ ދާއިރާ އިން ނިންމާފައިވާ ބޭފުޅެއް ކަމަށާއި އަދި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ހިމެނޭ ބަޔަކު ރާއްޖެ އިން ބޭރަށް ފޮނުވާލުމުގައި ވެސް އަދީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އަފްރާޝީމްގެ މައްސަލައިގައި ހިމެނޭ ބަޔަކު ރާއްޖެ އިން ފުރުވާލަން ވެސް އަދީބު މަދަދުވެރިކަމަށް ތުހުމަތު ކުރެވޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

"މާދަމާ އަކީ މިހުރިހާ ކަމަކުން ބަރީޢަވެ، އަދީބަށް ފުރޭނެ ދުވަސް ކަމަށް ކަނޑައެޅިފައި ވީހިނދު، މިހައި ކުއްލި ގޮތަކަށް ކަރެކްޝަން އިން އޭނާ އަށް ހުއްދަ ދީގެން މިއަދުން މިއަދަށް އޭނާ ފުރަން ތައްޔާރުވެފައިވާ މައްސަލަ އަކީ މިމަޖިލީހުގެ ސަމާލުކަމަށް ގެންނަން ޖެހޭ ވަރު ކަމެއް ކަމަށް އަޅުގަނޑު ދެކެން." މީކާއިލް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް – ފޮޓޯ: މަޖިލިސް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް – ފޮޓޯ: މަޖިލިސް

އަދީބު ރާއްޖެ އިން ފުރައިގެން ހިނގައްޖެއްނަމަ އެއީ ރާއްޖެގެ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. ކަރެކްޝަންގެ ވެރިޔާ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށް، އަދީބު ފިލިޔަ ނުދޭން ކަރެކްޝަނަލް ސާވިސް އިން އަޅާފައި ހުރީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

"މިރާއްޖެ އިން އޭނާ ފުރައިފިނަމަ، އޭނާ ދެން މިރާއްޖެއަކަށް ނުގެނެވޭނެ." މީކާއިލް ވިދާޅުވިއެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ އިރު، އެ ދަތުރުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވެސް ދާނެ ކަން ސަރުކާރުން އަންގާފައިވާ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ރޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކަނބުލޮ

  ތީ ޑްރާމާ ސިލްސިލާގެ ބޮޅެއް.

  18
 2. ބައްރުބޭ

  ކަރެކްސަނުން ހުއްދަ ނުދޭންވި އެއްވެސް ސަބަބެއްނެތް އެއީ އަންނި ޔާމިނުސަރުކާރުގަ އެޅުވި ފަނިތަކުގެ ތެރިން ކަތުރު ފަންޔެއް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ސަރުއީ ހުރިހާ މުވައްސަސާއަކުން ކުށެއް ނުކުރާކަ މައްނިއްމައި އެހުރީ މިނި ވަނެއްގޮތުގަ ވީމާ އަދީބުގެ ހައްގައް އަރައިގަނެ ބޭސްފަރުވާ ހުއްޓުވަންޖިހޭ އެއްވެސް ހުއްޖަތެއްނެތް މިސަރުކާރު ގެނައުމުގަ އަދީބުގެ އިހުލަސްތެރި މަސަކަތް އޑޕ ބަލައިގަންނަން މަޖުބޫރުވާނެ

  13
  1
 3. ކައްދާދި

  މި އީ ހަމަ އެކުވެރި ކަމުގެ މެޗްތަކެއް މޮޅުވާނީވެސް ހަމަ އެމީހުން ކުޅޭނީވެސް އެމީހުން އެކަމަކު ހިތިރަހަ ލާނީ ޢާންމު ރައްޔިތުމީހާގެ ކަރުގަ

  21
 4. ޖަދުވާން

  ވާވް ނޫނޭ މިސަރުކާރުން ޑްރމާ ކުޅެން ވަރަށް މޮޅު.. ބަލަ ތިހެން ނުހެދިޔަސް އެބައެނގޭ ސަރުކާރުން ބުނެގެންކަން ކަރެކްޝަންގެ ވެރިޔާ އަދީބު ބޭރަށް ފޮނުވަނީ ކަރެކްޝަންގެ ވެރިޔަކަށް ހުރިމީހާ ހަމަޖެއްސީ ރައްޔިތުންތަ ނޫނީ އޭނަ އަމިއްލައަށްތަ ސަރުކާރުން ހަމަޖެއްސީ އެހެންވިއްޔާ ސަރުކާރުން ބުނާގޮތް އޭނަ ހަދާނީ.. މީ މިކަން އޮތް ގޮތް..އޮޅުވާލަން ނޫޅޭ އިންޑިއާ މީހުންނާއެކު ޑްރާމް ކުޅެން އުޅޭ..

  17
 5. ސިމް

  އަދީބު ބޭރަށް ފޮނުވަނީ ސަރުކާރުން.. ތި ކަރެކްޝަންގެ ވެރިޔާ އެ މަޤާމަށް ޢައްޔަން ކުރީ ސަރުކާރުން ނޫންތަ މި ވާ ޑްރާމާ ކުޅޭން އެނގޭ ބައެއް އިންޑިއާ މީހުންނާއި ގުޅިގެން މި ކުޅޭ ޑްރާމް އެނގޭ.. އަދީބު އަށް ބޭރަށް ނުދެވޭ އިބުރާހިމް މުޙައްމަދު ޞާލިޙްގެ ހުއްދަ ނެިތި މީ ޔަޤީންކަމެއް މަޖިލިސްގެ ވޯޓްގައި އަދީބާ ޑީލް ހެދީ ސަރުކާރުން އޭނަ ދޫކޮށްލާނެ ކަމަށް އެހެންވީމަ އޭނަ މަޑުން ހުރީ އޭނަ އަތު ހުރިލާރި ޚަރަދު ނުކޮށް ހުރީ..

 6. ރައްޔިތުން

  ބަލަ ތިޔަ މަޖިލިސްގެ ރައީސް މީހާ ބަންދުގައި ހުއްޓާ ފުރައިގެން ދިޔަ މިހާރު އަދީބަކީ މިނިވަނެއް ދެން ކޯއްޗެއްގައި ހިފައި ދަމާކަށް ތިޔަ އުޅެނީ. އަދީބު ފުރައިގެންދާނެ. ނުވެސް އެނގި ތިއްބާ ޚާއްޞަ ޖެޓެއްގައި

  7
  1
 7. މިއަދު

  އަދީބުވުމަކުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވަންވީ އެއްވެސް ސަބަބެއްނެތް އަދީބު ބޭސްފަރުވާއަށް ދިއުމުން ނުގެނެވޭނެކަމަށް ތިވިދާޅުވާބޭފުޅާގެ ލީޑަރު ބައިބަދައިގެ އޮޕްރޭސަނެއްކުރަންދިއުމުންވެސް އޮތީ ނުގެނެވިފައި ދެންފަހެ އަދީބު ރާއްޖެއިން ބޭރުގައި އުޅުއްމުން މައްސަލައަކީކޮބައިތޯ މައިބަދައިގެ އޮޕަރޭޝަނަށް ބޭރަށްދިޔަ ބޭފުޅާވެސް މުޅިދުނިޔޭގައި އިދުހެމުން ކުރީއަކީ މިދިވެހިރާއްޖެއަށް ވަކިން ފައިދާ ހުރިކަންތައްތަކެއްނޫން ރާއްޖެއަށްގެއްލުންބޮޑުގޮތަށް އެތައްއެތަށްކަމެއްކުރި ރާއްޖެބަޑަށްޖައްސަން ޓޫރިސްޓުން ނައުމަށް ގޮޥައަޑުއުފުލި އިންޑިޔާގެ ސިފައިން ރާއްގެގެނައުމަށް އެތައްކަމެއްކުރި މިހިރަކަންތައްތަކަށްބަލާއިރު އަދީބުބޭރަށްގޮސް ފިއްލައިފިނަމަތާ އަދީބު އުޅުއްވާނެތޮތެއް އަދި އެނގިލައްވާނީވެސް އެހެންވުވުން އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް މިހާރުން މިހާރަށްފޮނުވަންވީ ތިދިޔައީ ރުކުން ނުފޭބުނު މީހާގެ ނަދުރައްތޯ ނޫންނަމަ ކެޔޮގަނޑު ކަޑާލެވުމުން ގަހުގެ ބޭނުން ކެޑުނީތޯ ؟

  8
  1
 8. ކުޑަހުވަދޫ

  ކަސޯޓީކީ ޒިންދަގީ: އިންޑީއާއި ރާއްޖޭގެ އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މޮޅު ޑްރާމާއެއް.

 9. ރަސްފަންނު

  ހުސް ގޭމް. ވެރިކަމަށް އައީ އެސޮރުގެ ލާރިން.

 10. އަލިބެ

  ލޮލުގަ އަނދުން އަޅުވަން މޮޅެތި ގޭމް ނުކުޅުއްވާ.. އަދީބު ބޭރަށް ފޮނުވުމުގެ ނިންމުން ކަރެކްޝަނުން ނުނިންމާނެ އެމްޑީޕީ ލީޑަރޝިޕުން އެގޮތައް ނޭދޭހާ ހިނދަކު. ރައްޔިތުން ގުނބޯ ހައްދަން ތިޔަ ހުރިހާ ކަމެއް ކުރުމުގެ ބޭނުމެއްނެތް. މިހާރު އަދީބު އަކީ ކުށެއް ނުކުރާ މީހެއް.. ހަމަ ބަނޑުން އުފަންވި ގޮތައް.. މީދޯ އެމްޑީޕީ މިކިޔާ އިންސާފު. މިހާރު އަދީބު ކުރިވައްކަމެއް، ކޮރަޕްޝަނެއް ނެތް.. މާލިއްޔަތުން ގެއްލުނު 3ބިލިއަން . ކޮބާތަ އެއުޅޭ ލޫކަސް އަކާ ތޮއްޔިބު އަކާ.. މިހާރު ހުރިހާ ކަމެއްވެސް ދޯ..؟

 11. ވަޖީހ

  ހުސް ޑްރާމާ މިހާރު މަޖްލިސްރައީސް ކުރެންނިކަން ސުވާލުކޮއްލަބަލަ ނޮވެންބަރ3 ދުވެހިއެތައްބަޔެއް ސަހީދުކޮއްލި ލުތުފީ ބޭސްފަރުވާޔައްކަމައް ހަދާފަ ދޫކޮއްލީ ކީއްވެތޯ

 12. ޝަފީގު

  ޔާމީން ފުނޑާލެވޭނީ، އަދީބަށް ކަމަށް ހީކޮށް ކުރާކަމެއް. ނަޝީދުގެ ރޭވުމެއް.