ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓު ދޮވެ ސާފް ކުރާނެ ކަމުގެ އިންޒާރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ދީފިއެވެ.
އޭނާ ސްޕްރީމް ކޯޓަށް މި އިންޒާރު ދީފައި ވަނީ އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.
މީކާއީލްގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ޖޭއެސްސީގެ އިޚްތިސާސްއަށް ސްޕްރީމް ކޯޓަކުން އަރައިނުގަނެވޭނެ ކަމަށެވެ.
https://twitter.com/mickailnaseem/status/1139142976171532288?s=21
"ސްޕްރީމް ކޯޓު އެކީ ދޮވެ ސާފު ކުރަން ޖެހިއްޖެ". މީކާއީލްގެ ޓްވީޓްގައި ވެއެވެ.
ސްޕްރީމް ކޯޓު ދޮވެ ސާފް ކުރާނެ ކަމުގެ އިންޒާފު މީކާއީލް ދިންއިރު، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމެވީ، އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީކަމަށް ޖޭއެސްސީން އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލައެވެ. އެ މައްސަލަ ތަހުގީގު ކުރަންވެސް އެދިވަޑައިގެންނެވީ ރައީސް ނަޝީދުއެވެ.
މިއަދު ދީދީ ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ވަނީ، އޭނާގެ މައްޗަށް، މަޖިލީހުގެ ރައީސް މުޙައްމަަދު ނަޝީދު ޖޭއެސްސީއަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނާއި، ޖޭއެސްސީގެ ގާނޫނާއި، އާންމު ގާނޫނީ އުސޫލުތަކާއި ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދިއެ މައްސަލައަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުގެ ވަކި މާއްދާތަކާއި ހިލާފު އަދި ގާނޫނު އަސާސީ ގަރާރްކޮށްފައިވާ ދުސްތޫރީ މަބްތައުތަކާއި، އުސޫލުތަކުން ބޭރުން ޢައިރު ދުސްތޫރީ އިޖްރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ދީދީ ހުށަހެޅި އެ މައްސަލަގާއި ބުނެފައި ވެއެވެ.
އާވައްތަރެއްގެ އޯމޯ އެއް ބޭނުންކޮށްގެން ސްޕްރީމްކޯޓް ދޮވެ ސާފުކުރަން ބަޔަކު ނުކުމެއްގެ. އޯމޯގެ ބްރޭންޑް ނަމަކީ "ބުއްޅަބޭ"
މަޤާމެއް ލިބުނަސް ތިހާ ކިބުރުވެރިވެ ބޮޑާވާކަށް ނުވާނެ، މިވަރުން ދަންޔާ މަޖްލިސް މެންބަރުންނާ އެމީހުންގެ އަލްވާނުން މި ޤައުމުގަ ތިބެފަ ދެންތިބި މީހުން މި ޤައުމުން ބޭރުކުރާނެ
ޢެންމެ ފަހުން މަޖުލިސްގަވެސް ކޯޓުތަކުގަވެސް ތިބޭނީ ހިންދުސްތާނުގެ މީހުން
މިހާރުވެސް މާލަސްވެއްޖެ މުޅި ކޯޓް ދުވެ ސާފް ކުރަންވީ، ހުރިހާ ފަޑިޔާރުން ނަގާ ގޮޅިއައް ފައްތަންވީ
އެމްޑީޕީގެ ވިސްނުމާ ނުކުޅެވޭނެ
މަޖްލީސް މެންބަރަކަސް މީހުންނަކަށް ނުވަތަ މުއައްސަސާތަކަށް ބިރެއްނުދެއްކޭނެ. ތިދައްކަނީ ވަރަށް ބިރުވެރިވާހަކަ!
ފުރަތަމަ ތިމާމީހުން ދޮވެ ސާފުކޮށްބަލަ ! ފުރަތަމަ ތިބުނާ މެންބަރުންގެ ކިބައިގަ ގޮތެއްފޮތެއް ނުހުރޭ. ތިމާމެން އިސްލާހުވެބަލަ ތިޔަމަޤާ މަކީވެސް މާދަމާ ސުވާލުކުރެވޭނެކަމެއް ބިރުވެތިވެ ހިތްތިރިޮށްބަލަ ނިކަން
ޢެބަ ރަނގަޅުވޭ. މަޑުމަޑުން ކެކެން ފައްޓައިފި. ކުދީންނޭ ކޮބާ މޭކާބެ އެއޮތީ އިންޒާރުދީފަ. ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އެއޮތް އަންނަނީ. ކުދީންނޭ އަވަހަށް ޔާސީން ކިޔަވަން ފައްޓާ. އެހެންނޫނީ މޭކާބެ ކާލާނެ.
މޭކާބެ އިންޒާރު ދެނީ. ކޮބާ އަސްލު މީހާ. އޭނަގެ އަޑެއް ބަޑެއް ނީވޭ. ކުރީފަހަރު ވީހެން ވެދާނެތީ ބިރުންދޯ.
އައްނި އައް ހުކުން ކުރާ މީހަކު ކޯޓުގާ ހުރެގެން ނުވާނެބާ
ވާން މިއުޅެނީ ކުރިންވެސް ވި ގޮތްބާ އިރާދައިގެ ކުރިއަށް ފިޔަވަޅުއަޅަން ނޫޅޭތި ނިމުން ހިތިވާނެކަން ދަންނަންވާނެ. ކުރިންވެސް ބަޔަކު ވަނީ ތިޔަކަހަލަ ކުޅި ކުޅެން އުޅެފަ ނިމުނީ ވަރަށް ހިތިކޮށް. މީލައްކަ ވާހަކަ.
ޟަޖްލިހުގަ ތިބިމެންބަރުނަކީ ރައްޔިތުން ހޮވާފަތިބިބަޔެއް ތިގޮތައް ފުއްޕަނޏާ ރައްޔިތުންކުމުމެ ޒައިޒުކުރާދުވަސް ވަރައްކައިރިވާނެ
މިއީ ޑިމޮކްރަސީ އޭ ކިޔާ އަނގަ ފޭކޮށްފަ ވާހަކަ ދައްކާ މީހުންގެ ފެންވަރު.! މިކަހަލަ ލާޗާރު ބިޗާރުން މަޖިލީހަށް ހޮވާފަ މިތިބެނީ.!! މީ ހަމަ ދިވެހިން ބޭނުންވި ގޮތް.
އެބަރަގަޅުވޭ
ސުމޯޓޯއޭ ހިންގާ މިގޮތަށް އިންޒާރުދޭ މެމްބަރުން ސައިޒުކުރަންވީ
ރައީސް ޔާމީނު ސްޕްރިމް ކޯޓުގެ ފުރާލުން ޓިނު ނަގާ ފަނޑިޔާރުން ތަކެއް ހައްޔަރު ކުރަން ޖެހުނީ ހަމަ މަޖުބޫރު ވެގެން ކަމަށް ދެކެން. މިހެން ކަމުން މި ސަރުކާރުންވެސް މިހާރުން މިހާރަށް ކުއްލި ހާލަތު އިޢުލާނު ކޮއް މިފަދަ ހަޑި މުޑުދާރު ފަނޑިޔާރުން ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށް ދެކެން. އެހެން ނޫނިއްޔާ މި ޤައުމަށް މުސީބާތެއް މި ވެރިންގެ ސަބަބުން ދިމާވުމަކީ އެކަށީގެން ވާކަމެއްގެ ގޮތުގައިވެސް ދެކެން.
މީ ވަރަށް ފޮނި ގޮލައެއް،، މަގޭ ހިތަށްއަރާ ކިހާވަރަކުން ދާނެބާއޭ؟؟؟
ޢަސްލަކީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދުސްތޫރީ މިފަދަ މައްސަލަ އެއްގަ ނެރެންޖެހޭ އަމުރެއްތޯ ސާފުވާން ޖެހޭ!!
މިސޮރު ކިހާވަރަކުން ފައިބާނެބާދޯ! ވަރަށް ކިބުރުވެރިއުތަ!
ކަލޭގެ ގައި ދޮވެ ސާފުކޮށްބަލަ. ކިބުރުވެރިން ނިކަން އަވަހަށް ބަލޮވެގެން ދާނެ
ހުރިހާމުއައްސަސާތަކަށް އެމްޑީޕީން ލެވުނީމަ ނޫނީ ނުވާނެ. އެގަހުކޭލެއްމިގަހުކޭލެއް އުޑެއްބުޑެއް ،ރައްބީއެއްރަސޫލެއް ،ދީނެއްމިއްލަތެެއް މަޒުހަބެއް ނުދަތަސް ހެޔޮ.
އެކަމަކު ތިޔަހެންކަންކުރަމުންދާތަން ބަލަން އަބަދަކުނުތިބޭނަން. ދެމުންތިޔަދަނީ ވަރަށް ނުބައި ސިގްނަލްތަކެއް. ރައްޔިތުންގެސިކުނޑިއާކުޅެ ގުނބޯހައްދައިގެން ވެރިކަމުގެ ބަރުތަކު ކިތަންމެބާރައް ބެއްދިޔަސް ގައުމުހިނގާދުވެއްޔާ ކަންހިނގާގޮތް ފާޅުވެއެނގެންފަށާނެ، އެހިސާބުން ފިސާރިހިތިނިމުމެއް ދެކެންޖެހޭނެ.
އެބަރަނގަޅުވޭ ކުރިއަށް ބާރަށް ކުރިއަށް
ކޮއިފުޅާ ، ތިޔަވަރު މާ ކުޑަ. ކަމެއްވީކަމަކީ ނަޝީދާ އެމް.ޑީ.ޕީ މެމްބަރުން ތިބެފައި މުޅި ޤަވްމު ކޮޅުބޮބި ލައިގެން ދޮވެލުން. މާބޮޑަށް ބިސްދޮށިވެގެން ތިޔަ އުޅެވެނީ މާ އަވަހަކަށް. އަނެއްކާ ބާޒާރުން ދޮންނަކުޑި ހުސް ނުކުރާތި. އެހެންވެއްޖެ ނަމަ ތިޔަ މެމްބަރުގެ ގަމީސްގަޑުވެސް އޮންނާނީ ދާ ވެގެން ތަތްތެޅި ދޮންނާނެ ގޮތެއް ނެތިފައި.
ހިޔެއްނުވޭ މާގިނަ ދުވަހަކު އިބޫއަށް ހިފަހަށްޓާލެވިދާނެހެނެއް.
ކުރޭ ކުރޭ ލާދީނީން "ދޮވެ ސާފުކުރާ" ދުވަސް އެބައޮތްކަން ތިޔަބައިމީހުންނަށް ގަބޫލެއް ނުކުރެވޭނެ މިއަދަކު. އެދުވަހަކުން ނުއެއް ފުއްޕޭނެ. ޖަވާބުދާރީވާން ޖެހޭނީ. އަދި މަށަށް ވަރަށް ހީވޭ ވެއްޓެންވެސް ލައްކަ ގާތް ވެއްޖެހެން. އަނިޔާވެރިކަމަކަށް އަބަދަކު ދެމިއެއް ނޯވެވޭނެ.
ޥެއްޓެނީ. ޥެއްޓެނީ. ޥެއްޓރނީ.....
ޔާމީނު އުޅުން ފާޑައް އުޅެން ނޫޅެބަލަ ބްރޯ. ޔާމީނު ބުނާ ގޮތަކަށްވެސް އަންނި ބުނާ ގޮތަކަށްވެސް ސްޕްރީމް ކޯޓުން އަމަލުކުރާކަށް ނުޖެހޭނެ. ރިޝްވަތު ނެގުމަކީ ބޮޑު ފާފައެއް އެއަކު ފަނޑިޔާރެއް ގާޒީއެއް ނޯންނާނެ
މީކާކުތަ؟ ސެކުލަރ ޕަޕެޓެއް
އަޅުގަނޑު ހީކުރަނީ ޖާބިރު އަކީ ރައީސް ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރ ކަމަށެވެ.
މިދެންކާކު ސުޕުރިމްކޯޓައް އިންޒާރުދޭ.. ތިޔަހާވަރަކައް ތަންތަން ސާފުކުރާހިތް ވަންޏާ މާލެގަ އުޅެމުންދާ ބަންގާޅީން ތައް ސާފު ކޮއްބަލަ.. ކޮންމެވެސް ކަލޭމެން އެތެރެކޮއްފަ ތިބި މީހުން ހިމަނާތި.
ވޯޓް ދީގެން ހޮވި މީހެކެވެ. ދީނޭ ކިޔައިގެން ދައްކާފަ ހުރި ވާހަކަތައް އެހެރިއެވެ. އިސްލާމް ދިނުގެ ސަޕޯޓަރުން ގިނައެވެ. ދިނަށް އުޅޭ މީހން މަދިއެވެ.
ސުޕްރީމް ކޯޓް މަރަށް ތެޅެނީ... ހުރިހާ އެންމެން ސައިޒު ކުރާން އަހަރުމެން ވޯޓް ދިނީ... މުއައައްސަސާތަކަށް ނުވެއްޖެއްޔާ ކޯޓު ނަން ބޯޑު ބަދަލު ކުރާނަން
މީކާއިލު މިހާ ވަރަކަށް މި ފުއްޕަނީ ކޮން ހައިސިއްޔަތަޖުންތަ.
ފަނޑިޔާރުގެއަކީ މަތިން މީހުން ފައިބައިގެން އުޅޭތަނެއްތަ؟ އުމުރަށް ވަޒީފާ ދާއިމީކޮއްގެން. ކާކު އެމީހުން އެތާ ތިބެން ރުހުންދިނީ؟ ކޮންރައްޔިތެއް އެކަމައް ތާއީދުކުރަނީ؟ ޖުމްހޫރިއްޔާގެ އެންމެ މަތީ މަގާމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމު. އެމަގާމުވެސް ފަސްއަހަރުން އެއްފަހަރު ރައްޔިތުންގެ ރުހުމެއްނެތި އަދާނުކުރެވޭ. ގާނޫނުވެސް ފުށުއަރާ ފަނޑިޔާރުން އުމުރަށް އެމަގާމުގެ ދެމިތިބެންޏާ. ގާނޫނު އަސާސީގަ ބުނާ އެންމެހާބާރުތައް ފެށިގެން އަންނަނީ ރައްޔިތހުންގެ ކިބައިންނޭ ބުނާއިރު ޖުޑިޝަރީ ފެށިފައޮތީ ރައްޔިތުންގެ ކޮންބާރެއް އޮވެގެންތޯ؟ އަދި ފެށުމައްފަހުވެސް ރައްޔިތުންގެ ކޮންބާރެއްތޯ އެތަނަށްއޮތީ؟ ކޯޓުގެ ހުރުމަތޭ ކިޔާއިރު މިސްކިތަކަށްވުރެންވެސް ހުރުމަތް ދޭންޖެހޭ އެތަނައް.
ވަރަށްސަލާމް ޖުޑިޝަރީއަށް
މޭހަށި ނަގާފަ ބޮޑާވެގަތީ ރައްޔިތުންގެ ޚާދިމުންކަން ވެސް ހަދާންނެތިގެންތާ! ރައްޔިތުން ނިކުމެ ތިޔަ ޖެހުނީ އެކީއެކަށްޗަކަށް ތިޔަ ގެރިކޮށި އަޅި ކައްކައިގެން ހޫނުފެނުން ގެރިގުއި ދޮވެލަން. ??
މިހާރު އެބަރަގަޅުވޭ މިފަހަރުގެ ހަނގުރާމަ ފިފެށުނީ ސިޔާސީ ޕާޓީތަކުގެ މެދަކުނޫން ސަރުކާރުގެ ބާރުތަކުގެމެދުގައި ކުޅިބަލަންތިބޭބަޔަކަށް ފެނިގެންދާނެ ސްޕްރިންކޯޓުން ކުރިއަރަމުންއައިސް ބޮނދުބުޑަށް ސައިކިޔާ އަނެއްދެބާރު ބަލިކުރާނެހެންހީވަނީ
އަތަށް ގޮއްވަން ތިޔައުޅެނީ... ބަލަން މިތިބީ.
އިންޒާފު !!
މި މީސްމީހުންނަށް ވޯޓްލީ މީހުން ލަދުގަނެ ހިތާމަ ކުރަންޖެހޭ!
ނަހަލާލު ވެރިކަން ނިމެން އުޅޭހެން އެބަހީވޭ! އަލްޙަމްދު ލިﷲ!