ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމުން އެނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާނެކަން ޖޭއެސްސީ އިން އިއުލާން ކުރި ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ޚިޔާލުފާޅުކޮށްފިއެވެ.

ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނުން ވަނީ މިއަދު މީސް މީޑިއާގައި ޖޭއެސްސީ އާއި ބެހޭ ޓްވީޓަކަށް ރިޕްލައިކޮށްފައެވެ.

ސުޕްރީމް ކޯޓުންގެ އަމުރަކީ ޖޭއެސްސީގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ އަމުރެއް ކަމަށް ނިންމައި، ޖޭއެސްސީގެ ނިންމުން ދެމި އޮންނާނެ ކަމަށް އެކޮމިޝަނުން ފާސްކުރި ޚަބަރަށް ޓްވިޓާގައި ކޮމެންޓް ކުރަމުން ފެނަކައިގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން ކުރި ޓްވީޓްގައި ބުނީ "ޖޭއެސްސީ އަކީ ކޯޓުތަކުގެ މައްސަލަ ބަލަން ޤާނޫނު އަސާސީ އިން ބަޔާން ކުރާ ކޮމިޝަންތޯ؟" އެވެ.

ފެނަކަ އިން ޖޭއެސްސީ އާއި ބެހޭ ގޮތުން ޓްވީޓް ކުރުމުން ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށް ފާޑުކިޔާފައެވެ. ފާޑުކިޔުން އަމާޒުވުމުން ފެނަކަ އިން މިހާރު ވަނީ އެޓްވީޓް ޑިލީޓް ކޮށްފައެވެ.

ޖޭއެސްސީ އާއި ބެހޭ ގޮތުން ފެނަކަ އިން މިއަދު ޓްވީޓެއް ކުރިއިރު މިއީ ސަރުކާރުގެ ކުންފުންޏަކުން މިފަދަ ޓްވީޓެއް ކުރި ފުރަތަމަ ފަހަރެވެ.

ފެނަކަ އަށް ފާޑުކިޔާ ބައެއް މީހުން މިއަދު ކޮށްފައިވާ ޓްވީޓްތަކުގައި ވަނީ "ސިޔާސީ މަސައްކަތްނުކޮށް" ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމަށް ފެނަކައިގެ ވެރިންނަށް ނަސޭހަތްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މުޙައްމަދު

    ތީތިތާގެ މެނޭޖްމަންޓަށް ލަނޑެއް ދިނުމުގެ ގޮތުން ޓްވިޓަރ ހޭންޑްލް ގެންގުޅޭ މީހާ ޖެހިމަޅި އަކާ ވައްތަރީ..

    7
    10
  2. Anonymous

    ކަންކަން މާ މައްޗައް ދިޔައިމަ މިކަހަލަ ކަމެއްވެސް ކުރެވިދާނެ، އެއީ މައްސަލައެއްނޫން.

    19
    5
  3. ބުރޯ

    އެއީ ރަނގަޅުވާހަކައެއް . ޖެއެސްސީ ހިގަމުންދަނީ ސްޕްރީމް ކޯޓުގެ ދަށުން، ސްޕްރިމް ކޯޓަކީ އެންމެ މަތި ކޯތް އުއްތަމަފަނޑިޔާރަކީ ޖުޑިސަރީގެ އންމެ މަތީވެރިޔާ އެކަން ލާޒިމްކުރަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 141 ން އެމްޑިޕީ ހަރުގެ އާއި ކެނެރިގެ ނަސިދުގެ ޓެރަރިސްޓް ގްރޫޕަކުން އެއްވެސް ކަމެއް ނުކުރެވޭނެ.

    28
    3
  4. އަލް ނޫރު

    ފެނަކަ ވެސް ކެތް ނުވީމަ ވަންނާނެ ދޯ....މި އޮތީ ވާސަރުކާރެއް...

    28
    3
  5. ހުސެން

    ގައުމުގެ ވަތުއޮޑި ނޭގި އޮޅުންބޮޅުންވެފަ ގާނޫނަކީ ބާރުގަދަ މީހާގެ މިލްކަކައްވީމަ ދެންވާނީ މިހެން. ގާނޫ ހަދަން ވެސް ހަސަނު، ތަންފީޒު ކުރަންވެސް ހަސަނު، ހުކުންކުރަން ތިބެންވާ ފަންޑިޔާރުން ކަނޑަ އަޅަންވެސް ހަސަނު. މިނިސްޓަރުން ޖަވާބު ދާރީ ވާން ޖެހެނީ ވެސް ހަސަނައް. އެވަރުވީމަ ކޯޓުގެ ނިންމުމައް ޖަވާބުދޭނީ ފެނަކައިން، އިމާމުންގެ ކަންތައްކުރާނީ ސްޓެލްކޯ އިން.

    24
  6. އަޒްލީމް

    ކުންފުނިތަކުގެ ވެރީންވެސް މައްސޫލިއްޔަތާއި ޒިންމާ އެއްކާރީގަ ބާއްވާފަ ސިޔާސީ ކޯޅުތަކާއިގެން އަވަދިނެތި އުޅޭކަން މި ފަޅާއަރަނީ..

    12
    2
  7. ފަނޑިޔާރު މަނިއްޕުޅު

    ބައެއް ފަރާތްތަކުން ދަނީ ފަނޑިޔާރުންނައް މަގާމުގެ ބޭނުންނ ކޮއްގެން ބިރު ދައްކަުން. އެކްޓިވިސްޓުން ތަކެއް ވަނީ ފަނޑިޔާރަކާ ދިމާކުރުމުގެވގޮތުންބުނެފައި މަގާމު ގައި ހުންނަން ބޭނުންނަމަ އެމްޑީޕީ ބެނުންވާގޮތައް ކަންކަން ކުރަން ޖެހޭނެ ކަމައްބުނެފައި.

    16
  8. މާރިޔާ

    ފެނަކަ އެމް ޑީ އަކީ އަމިއްލަ މަގާމެއްކަމައްމިހާރު ހީވާކަހަލަ.ކުރާނެކަމެއް ނޭގިގެން އުޅޭނަމަ އަންހެނުން ހިދުމަތް ކުރަން ގޭގައި މަޑުކުރަންވީނު.

    8
    3
  9. ގސ

    ސަރުކާރުގެ ކުންފުނިތަކީ ސިޔާޔާސީ ޖަގަހަތަކަށް
    ވެއްޖެނަމަ އެކުންފުނިތައް އެވަނީ ބަނގުރޫޓްވުމާ
    ދިމާއަށް މިސްރާބު ޖަހާފައެވެ މިއީ ރައްޔިތުން ނަށް ހަރާންކޯރުވުން ކަމަށް ބެލެވޭނެއެވެ

    10
    3
  10. ނުރަބޯ

    ގާނޫނީ ދާއިރާގެ ތެރެއަށް ދަނޑިބާނަން ފެނަކަ ތިޔައި ކޮން ތަނެއް؟ ކަލޭމެން އިހައްދުވަހު ތިޔަގޮވާލީ އަތޮޅުތެރޭ ރައްޔިތުންނަށް 24 ކަރަންޓް ޔަގީނެއްނޫނޭ. ވީމާ ފެނަކަ ތިއޮތީ މިހިސާބުންވެސް ފެެއިލްވެފަ. ވީމާ މާ ކަންކަން ކުރެވޭ ބަޔަކަށްވެގެން ތިމާމެންނާ ނުވެސްބެހޭ ކަންކަމާ ބެހެން އުޅެގެން އަމިއްލައަށް ބޭޒާރުވާނީ.

    1
    4
  11. ނައިބުތުއްތު

    މިކަހަލަ ހުރިހާކަމަކުންވެސް އެނގި ހާމަވަމުން މިދަނީ ކޯޓުތަކުން ކުރާ އަމުރުތަކަށް އެހެން ފަރާތްތަކުން ބޯލަބަންޖެހޭކަން. ސިޔާސީ ނުފޫޒުން ކޯޓުތައް ސަލާމަތްކުރަންޖެހޭކަން. ޖޭއެސްސީގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ނުފޫޒުން ކޯޓުގެ އަމުރެއް ބޮލާލާނުޖެހޭނެކަން. އެހެންކަމުން ޖުޑިޝަރީ އިސްލާހުކުރުމުގެ ނަމުގައި މިހިންގާ ކަންކަން ހުއްޓާލުމަށްފަހު މިދާއިރާއާއި ގުޅުންހުރި ހުރިހާ ދިމާލެއްގައި ތިއްބެވި ސިޔާސީ މީހުން އެއްފަރާތްވެ މިދާއިރާ މިނިވަންކަމާއެކު ހިންގުމަށް ފުރުޞަތުދޭންވީއެވެ

  12. ޝާމިން

    ދުވަސް ކޮޅަކުން އިންޑިޔާގެ ގެރި ވެސް ބުނާނެ ޖުޑިޝަރީ އިސްލާހު ކުރާށޭ މީދެން ކޮންކަމެއްތަ

  13. އަލީމް

    ފެނަކައިން ބުންޔަސް ތެދެއް ވާނީ ތެދަކަށް

    11
  14. އައިޝާ

    ތިއީ މިހުރިހާދުވަހު ބަޔަކު ދެކުނު ވަރުގެ ކަމެއްނޫންވީމަ ކޮންމެ މީހަކަށް ވެސް ތިވާހަކަ ދެއްކިދާނެ. ތިގޮތަށް އަންނަ ކޮންމެ ވެރިކަމެއްގަ ޝަރުޢީ ނިޒާމް ގޯހޭ އިސްލާހު ކުރަންވީއޭ ކިޔާފަ ތިގޮތަށް ކަންތައް ކުރަންވެއްޖެޔާ ދެން ރާއްޖޭގެ ހާލަތަކީ ކޮބާ؟ދެޚަސްމެއްގެ ދެމެދުގައި ޝަރީޢަތެއް ނިމޭއިރު ކޮންމެވެސް އެއްބަޔަކު ހިތްހަމަނުޖެހޭނެ. ދެން ކޯޓް ނުރަނގަޅޭ ބުނާއިރަށް ކޯޓްތަކުގެ އަގުވައްޓާލާ ކޯޓްތަކުގެ ޤާޒީންވަގަށް ނަގާ ސަސްޕެންޑްކޮށް މިއީ ދެން ރާއްޖޭގެ ހަމަޖެހުމާ އަމަން އަމާންކަން ނަގާލުމަށް އައިސަރުކާރެއްދޯ؟

  15. Anonymous

    ފެނަކައިގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން ކުރި ޓްވީޓްގައި ބުނީ "ޖޭއެސްސީ އަކީ ކޯޓުތަކުގެ މައްސަލަ ބަލަން ޤާނޫނު އަސާސީ އިން ބަޔާން ކުރާ ކޮމިޝަންތޯ؟" އެވެ. ފެނަކަގެ މެންޑޭޓްތެރޭ ސަރުޢީކަންކަމަށް ފާޑުކިޔުން ގާނޫނު އަސާސީގައި އޮވޭތޯ؟