މާލެ އާއި ހުޅުލެ- ހުޅުމާލެ ގުޅުވަދޭ، ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގެ މެދުގައި ހެދެން ފަށާފައިވާ ވިނަތައް ސާފުކޮށް ޑިވައިޑަރުތައް ކޮންކްރީޓުން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުން ދަނީ އެޗްޑީސީންނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސުހައިލް އޮންލައިން މީޑިއާ އަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ބުރިޖާއި ގުޅިފައިވާ ހައިވޭގައި ވިނަ ހެދި ތާރު ގަނޑަށް ފެތުރޭކަން ފާހަގަ ކުރެވިފައިވާ ކަމަަށެވެ. އަދި އެތަން ސާފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ހައިވޭގައި ހިނގާ އެކްސިޑެންޓުތަކުގައި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑުވަމުންދާ މައްސަަލަ ބޮޑުވެފައިވަނިކޮށް ސުހައިލް ވިދާޅުވީ، އެ ޑިވިޑަރުތައް ކޮންކްރީޓުން ހެދުމަށް ފުލުހުންނާ މިހާރު މަޝްވަރާކޮށްފައި ވާކަމަށެވެ. އެގޮތުން މިހާރު ހުރި ސިސްޓަމަށް ނުގޮސް، ކޮންކްރީޓް ކަހަލަ އެއްޗަކުން ޑިވައިޑަރުތައް ހަދަން ނިންމާފައިވާކަމަށާއިނ އެކަން މިމަހު ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައިވޭގައި ހިނގަމުންދާ އެކްސިޑެންޓް ތަކުގައި އެ މަގުގައި ހުންނަ ޑިވިޑަރަުތައް ފުނޑު ފުނޑު ވެއެވެ. ރޭވެސް އެ މަގުގައި ހިނގި އެކްސިޑެންޓެއްގައި ޑިވިޑަރުތައް ވަނީ ފުނޑުފުނޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދާލަތު

    ތިޔަކަން ކުރުން މާލަސްވެއްޖެ. މިހާރު ހީވަނީ ދުއްވާއެއްޗެހި ޖެއްސުނ ކުރާހެން. އެކްސިޑެންޓްގައި މަގަށް ލިބޭ ގެއްލުމުގެ ބަދަލުވެސް އެމީހެއްގެ އަތުން ހޯއްދަވަން ޖެހޭނެ. އެހެންނޫނީ މިކަން ޙައްލެއްނުވާނެ.

  2. މަގޭ ޚިޔާލު

    ހައިވޭ ޑިވައިޑަރުތައް އެކަތައިން ހަދާފަ، އޭތި ވަށައިގެން ފުޅިމަދު ހަރުކޮށްފަ ބަހައްޓަންވީ..