ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅި ގަރާރު ރައްޔިތުން މަޖިލީހުން ފާސްނުކޮށް ބޭރުކޮށްލައިފިއެވެ.

އެ ގަރާރު މަޖިލީހުން ބޭރުކޮށްލަން ނިންނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 77 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގަރާރާ އެއްކޮޅަށް 15 މެންބަރަކު ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވަން ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

މިއަދުގެ ޖަލްސާއަށް ޖާބިރު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މައި ސިނާޢަތް، ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ގޮސްފައިވާއިރު، ރަށްރަށުގެ ރައްޔިތުންނަށް ސީދާ މަންފާ ލިބެމުން އަންނަ ރަށު ގެސްޓް ހައުސްގެ ވިޔަފާރިވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ގޮސް، ގެސްޓް ހައުސްގެ ވިޔަފާރިން ދިވެހިންނަށް ލިބޭ މަންފާ ކުޑަވެފައިވާކަމަށެވެ.

އަދި ގެސްޓް ހައުސްގެ މުޅި ވިޔަފާރި ބޭރު އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ އެ ގަރާރްގައި ވަނީ މިކަން ދިމާވަނީ ދިވެހިރާއްޖޭގެ ބޭންކު ތަކުން އެ ސިނާއަތް ތަރައްޤީ ކުރުމަށް އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދޭތީކަމަށެވެ. އަދި ބޭންކް ތަކުން ލިބެން ހުރި މަދު ފައިނޭންޝަލް ފެސިލިޓީތަކަށް ވާސިލްވުމަށް އާންމު ގެސްޓް ހައުސް ވިޔަފާރިވެރިޔާއަށް ހުރަސްތައް ކުރިމަތި ކުރުވާފައިވުމުންކަމަށްވެސް އެ ގަރާރަގްގައި ވެއެވެ.

އެ ގަރާރްގައި އިތުރަށް ބުނެފައި ވަނީ، ގެސްޓް ހައުސްގެ ވިޔަފާރީގެ ކޮންޓްރޯލް ބިދޭސީ އިންވެސްޓަރުންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށަށް ދިޔަ ނުދިނުމަށްޓަކައި، ދިވެހި ދައުލަތުގެ ސޮވެރިން ގެރެންޓީ ދީގެންނަމަވެސް، ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސަވައި އެމަގުން ޢަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް ބާރުއަޅަންޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ތިޔައީ މަޖްލީހުންވެސް ބޭރު ކުރަންވެފަ ހުރިމީހެއް ! ތިޔަމީހާވެސް ބޭރު ކުރޭ !

    1
    13
  2. ޝައުކަތުު

    ކީއްވެބާ މިހާރު ނޫހުން މިފަދަ ހަބަރުތައް ނުލިޔަނީ؟ ސަރުކާރުގެ އިމޭޖް ހަޑިވެދާނެތީ؟

    14
  3. ނަމަ

    ޖާބިރު އަދިވެސް ގަރާރް ހުށައަލާތި ބޭގަރާރު ވަންދެން