ލިބޭ އާއްމުދަނީ އެއްކޮށް ކުއްޔަށް ދިނުން ބަލައެއް ނުގަނެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ މެންދުރު ސެޝަންގައި ނައިބް ރައީސް ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި އާބާދީގައި 500،000 މީހުން ހަމަނުވާ ގައުމެއްގެ އާބާދީގެ ތެރެއިން އާމްދަނީ ލިބޭ މީހުންނަށް ލިބޭ މުސާރައިން ބޮޑުބައެއް ގެދޮރުގެ ކުއްޔަށް ހޭދަލުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ އަތްފޯރާ އަގެއްގައި ގެދޮރު ފޯރުކޮށްދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ އަހަރުން އަހަރަށް ކުރިއަރަމުންދާ ކަމަށާއި ނަމަވެސް އެ ފައިދާ އާބާދީގެ ހުރިހާ މީހުންނަށް ނުލިބޭ ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ފައިސަލް ވިދާޅުވީ، ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާ އިން ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ އިރު އަދި ވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ.
"މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތަށް ބޮޑު ކުރިއެރުމެއް ވަނީ ގެނެސްފައި. ނޭޝަނަލް މެންޓަލް ހެލްތް އިންސްޓިޓިއުޓުން އާސަންދަ ކަވާ ކުރާނެ ގޮތް ވަނީ ފަހިކޮށްދީފައި. ނުވަ އަހަރާއި 13 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް އެޗްޕީވީ ވެކްސިން ވަނީ ދީފައި،" ފައިސަލް ވިދާޅުވި އެވެ.
އަދިކިރިޔާ ރަނގަޅު ވާހަކައެއް ތިބުނީ ތިކަން ކުރަންވެއްޖެ ތާ ކޮން އިރެއްތަ
ބަލަގަ ކޮން އިރަކުތަ އަހަރެމެންވެސް އެކަން ބަލައިގަތީ.
އަހަރެމެންވެސް ބޭނުމެއްނުވޭ ލިބޭ ހުރިހާ ރުފިޔާއެއް ކުއްޔަށް ދައްކަން. އެކަމު ކަލޭމެންނަށް ކޮން ކަމެއް ކުރެވޭނީ ތިޔަ ގޮތަށް މޮޅެތި ވާހަކަ ދެއްކުން ފިޔަވާ.
ތިކަމެއް ނުވާނެ ތިކަން ކުރަން ތިބޭ ބޭފުޅުންނަށް ލިބޭ އެތިކޮޅު މަދުވާނެ
ބަދަލުނުވާ ހަގީގަތަކީ ތިއީ... އެކަމު ތިކަމެއް މިރާއްޖޭގަ ބަދަލެއް ނުކުރެވޭނެ. ތިކަން ކުރަންވާ ގޮތަށް ކޮށްފިއްޔާ ޖެހޭނީ މަގާމު ދޫކޮށްލަން.
ކޮސްގޮވުންނޫންކަމެއްނުކުރާތި
ތީ މާލެ ގޯތި ވެރިއެއް ދެއްތޯ؟
މައިކެއް ފެނިއްޖެއްޔާ ކަލޭމެން ރައްޔިތުންނަށްޓަކާ ދައްކާފަ ނުދައްކާނެ ވާހަކައެއްނޯންނާނެ. އަމަލުން ފެންނަނީ ދިމާއިދިކޮޅު. މީ ކަލޭމެނަށް އޮޅުވާލެވޭނެ ކަމެއްނޫން. ލޯކުރިމަތީ ފެންނަންހުރި ކަންކަން.
ދެން ކީއްވެގެން ރައީސް ޔާމީން ސަރުކާރުން އަޅާފައިވާ 7000 ފްލެޓް ލިބިފައިވާ މީހުންނަށް ނުދީ ތިބެފުޅާގެ ސަރުކާރުން ބަނޑުދަށުލައިގެން ތި އޮތީ!
ތިޔަކަންތައް ކުރަން މިހާރު ތިބޭނީ އެހެން ބައެއްތަ. ތިޔަހުންނެވީ ދައުލަތުގެ ނައިބު ރައީސަކަށް. ދެން އަވަހަށް ތިޔަކަންތައް ކުރަންވީނު. މޮޅުވާހަކަ ދެއްކިޔަކަސް ނުވާނެ.
ގަމަރަނގަޅުވާހަކައެއް އެކަމުފަގީރަކައް އަޅައެއް ނުލާ އެހެންނަމަ ކީވެ ކުލިދައްކައި ގެންއުޅެނީނިކަމެތިންކަން ނެއްހަނދުމައެއް ވެރިކަންލިބުމާއެކު ފަގީރުންމަތިން ހަނދާންވެސްނެއް އެހެންނަމަ ލިތެރިކަންބުނުފުލެޓުވެސްނުދިންމިސަރިކާރުން ކޮބާއިހުލާސް
ބަލައެއް ނުގަނެވެއޭ..... މިހާރު ތިހުރީ ޤައުމުގެ ނާއިބް ރައީސަކަށް ދެން އާމްދަނީގެ ބޮޑުބައި ކުއްޔަށް ދޭން ނުޖެހޭ ގޮތަށް ބަދަލުކޮއްބަލަ... ( ތި މަޤާމަށް އަންނަން ދެއްކި ވާހަކައަކީ ތިޔައީއެންނު ) ބާރު ލިބުނީމަ "ބަލައެއްނުގަނެވޭނޭ '' ބުނުން މާ ތާހިރެއްނޫން...
ބަދަލެއް ގެނެވޭފަދަ މަޤާމެއްގަ ތުހިރީ . ދެން ބަދަލު ގެންނަން ވީނު.
އަގަތެޅުން އެއީ ތިމަގާމަށް ހައްގުވާ ވަރު ކަމަށް ކަޑައަޅައިފިން.