ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން މިދިޔަ އަހަރުގެ ތެރޭގައި ފާސްކުރި އޮނިގަނޑު އުވާލަން ނިންމައިފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ހާލަތު ރަނގަޅު ނުވުމުން، ކުރީ ސަރުކާރުގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން އޮނިގަނޑު ފާސްކުރިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އީޔޫއިން ފާސްކުރި އެ އޮނިގަނޑު އުވާލަން ނިންމާފައިވާކަމަށް މިއަދު އީޔޫއިން ވަނީ ބުނެފައެވެ.

އީޔޫއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީޔޫއިން ފާސްކުރި އެ އޮނިގަނޑު އުވާލަން ނިންމީ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ ސިޔާސީ މަސްރަހު މީގެކުރިއާ އަޅާބަލާއިރު ހަމައަކަށް އެޅިފައިވާތީ ކަމަށެވެ.

އަދި ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބު މިސާލެއްގެ ގޮތުގައި ނަގަމުން އީޔޫއިން ބުނީ އެ އިންތިޚާބު އަމާންކަމާއި އޮމާންކަމާއި އެކުގައި ކުރިއަށް ގެންގޮސްފައިވާކަމަށާއި، އެކަން ބައިނަލްއަގްވާމީ މުޖުތަމަޢުއިން ބަލައިގަނެފައިވާކަމަށްވެސް އީޔޫއިން ބުންޏެވެ.

ހާލަތު ބަދަލު ނުވެއްޖެނަމަ އީޔޫއިން އަޅާނެ ކަމަށް ބުނެފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު އީޔޫގެ މެމްބަރު ގައުމުތަކަށް ދިނުން ހިމެނެއެވެ. އަދި ގާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު މެންބަރު ގައުމުތަކަށް އެޅުމުގެ ބާރުވެސް ދީފައިވާއިރު ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބާއި ދިމާކޮށް ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅުތައް އަމާޒުކުރަން އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަފޭ

  ޢީޔޫ މުޅިނވެސް ޔަހޫދީ ދޮގު ވާހަކަ

 2. ހުސޭނުބޭ

  ދެން ފިޔަވަޅެއް ނާޅާނެނު! ސީދާ ސަރުކާރުންވިއްޔާ އިސްލާމްދީނަށް ހަޖޫޖަހަނީ! އީޔޫއިވެސް އުއްމީދުކުރޭ ހުރިހައި އަންހެނުން ނުވިހާ އޮޕަރޭޝަންކޮށްފައި އިޝާ ނަމާދު ވަގުތު ފަސްކުރަން ............ ކެކެކެކެކެކެކެކެކެ

 3. ޖޮއްބެ

  އެއީ ލާދީނީ އެމްޑީޕީ އިން ބުނެގެން އެޅި ފިޔަވަޅެއް. ދެން މިހާރު އެފިޔަވަޅުމަތީގައެއް ނުބާއްވާނެއެއްނު....؟

 4. ޙަނާ ހަނީފް

  ދެކޮޅަށް ހަނާތަ ނާޅަން ނިންމީ؟

 5. ތެދު

  މީހާރު ދީނައްފުރައްސާރަކުރާމީހުންނައް މިނިވަންކަން،؟؟؟!!! މަރައްމަރު ހިފާވާހަކަ ނުދައްކާ..؟؟؟!!! އެއްޖިންސުންގުޅުންހިންގާމީހުންނައް ބާރު...!!؟؟ ޢެހެންވީމަ އީޔޫ އޯކޭ...އެކަމަކުﷲގެ ރޭވުން މާމޮޅު