ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އާއިލާ އަށް ނިސްބަތްވާ ކުންފުންޏަކުން ލ.ގަމުގައި ހިންގަމުންދާ ގެސްޓްހައުސްއެއްގައި ބޭނުން ކުރާ ވޭނެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ.

ގަމުގައި ހިންގާ މޯ ހޮޓެލްގައި ބޭނުން ކުރާ ވޭނެއްގައި އަލިފާން ރޯކޮށް އަންދާލާފައި ވަނީ އެ ގެސްޓްހައުސް ކައިރީގައި ވޭން ޕާކް ކޮށްފައި އޮއްވާ ވަގަށް ނަގައިގެން ގެންގޮސް ގަމުގެ މުކުރިމަގު އަވަށު ފުއްޓަރު ފަރާތުގައި ބޭއްވުމަށް ފަހު ކަމަށް މައުލޫމާތު ލިބެއެވެ.

ވޭނުގައި އަލިފާން ރޯކޮށްލާފައި ވަނިކޮށް ފެނުނު އިރު ވެސް އަލިފާންގަނޑު ވަނީ ކޮންޓްރޯލް ނުކުރެވޭ ވަރަށް ވޭނުގައި ހިފާފައެވެ. އަލިފާނުގެ ސަބަބުން ވޭން ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.

ރީކޯ މޫސަގެ ކުންފުންޏަކުން ވަނީ ލ.އަތޮޅުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. ގަމުގައި ގެސްޓް ހައުސްއެއް ހިންގުމުގެ އިތުރުން އެއަތޮޅުގައި އެކުންފުނީގެ ފުރަތަމަ ރިސޯޓް ހުޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އޭނަ

  މީހުންގެ މުދަލަށް ގެެއްލުން ދިނުމުގެ ހައްގެއް އެއްވެސް މީހަަކަށް ލިބިގެން ނުވެއެވެ. އެހެނެއް ކަމަކު އެއީ ﷲ ގެ މާފް ނުލިބޭވަރުގެ ފާފައެކެވެ. ގިޔާމަތް ދުުވަހުން އޭގެ ބަދަލު ދޭންޖެއެވެ. މިދުނިޔެ މަތީގަ ފިލާ އޮތެއްކަމަކު އެދުވަހުން ދުވަން ފިލަން ވަންނާނެތަނެއް ނެތި ކުރިކަންތަށް އެންމެގެން ކުރިމަތީ ހާމަވެގެން ދާ ދުވަހެވެ. ވީމާ ބިރުވެތިވާށެވެ. މީ ނަސޭހަތެކެވެ.

  89
  1
 2. މޫސަ

  ލާޙައުލަވަލާ ޤުއްވަތަ އިއްލާބިﷲ!

  47
 3. ކުމާރު

  ތީވަރަށް ދެރަކަމެއް

  44
 4. ހުދުހުދު

  މޫސަ ކަންތައްކުރާ ގޮތުން ތިހެންތިވީ. މަސައްކަތް ކުރުވާފަ މުސާރަ ނުދޭތާ ކިތައް މަސް ވެއްޖެ ތޯ ބަލާބަލަ.

  14
  33
 5. ވޮންޑަރިންގް

  އިންޝުއަރެންސް ލާރި ހޯދަން ކުރި ކަމެއްބާ؟

 6. ހުސެން

  ޢއެހެންވެ ބު ބުނަނީ އެއެއްޗެއް ދާނީ އެއެއްޗެއް ހޯދި ގޮތަށޭ ..މިއީ ވަރައްވާހަކަ..މޫސަމެން ހޭއަރާބަލަ..

  1
  13
 7. ދިވެއްސެއް

  އެމްޑީޕީއަކީ އަލިފާނާ ވަރަށް ދޯޅު ބައެއް.

 8. އޭދަފުށީ މުހައްމަދު

  އެޖެންޑާ19 ތަފާތުވާނެކަން މިހާރުވެސް މި ފެންނަނީ