އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ކަމުގެ މަގާމުން ހަސަން ލުތުފީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ލުތުފީ މަގާމުން ވަކިކުރަން މި ހުށަހެޅުން ކޮމިޓީ އަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

ލުތުފީ ވަކި ކުރަން ހުށައެޅި އިރު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އޭނާ ވަޒީފާއަށް ނުނިކުނުންވާ ކަމަށާއި، ނަމަވެސް ކޮންމެ މަހަކު މުސާރަ ނަންގަވާ ކަމަށް އެ ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

މީގެއިތުރުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ އޭސީސީގެ މެމްބަރުންގެ ހާޒިރީ އާއި ސަމަރީ ރިޕޯޓު ކޮމިޓީ އަށް ހުށަހަޅަން، މިއަދު ހާޒިރުކުރި އޭސީސީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އޭސީސީގެ ރައީސްގެ މަނީލޯންޑަރިން މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، އޭސީސީއިންވަނީ ދާދިފަހުން އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްޗަށް އެކުލަވާލި ތަޙްޤީޤީ ރިޕޯޓް އާއްމުކޮށްފައެވެ. އެރިޕޯޓްގައި ސަރުކާރުގެ ވަޒީރުންނާއި ބައެއް މަޖިލިސް މެންބަރުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޑަހުސޭނު

    ކެނެރީގޭ ބުއްޅަބެޔަށް ވެރިކަންފެނިއްޖެ ދެންގައުމުގަތިބޭނީ ސާފުސީދާ އެމްޑީޕީ ގައްދާރުން.

    30
    3
  2. ވގ

    އެއީ ތަނަކުބަހއްޓާފަހުރި ފައިސާތޯ ނުނީ އެނަގެ އެކައުންޓައްޖަމާކުރާ ފައިސާތޯ ކިހިމެއްތޯ މުސާރަނަގަނީ ސާބަހޭ

  3. މުނާ

    ގައުމީ އަރުޝީފްގެ ޑިރެކްޓަރ ޖެނެރަލް ޝާޠިރުއަކީ އެއް ގޮތަކަށްވެސް އޮފީހަށް ހާޟިރުވާ މީހެއް ނޫން. މީނަވެސް ގަވާޢިދުން މުސާރަ ނަގާކަން ވަނީ ޔަޤީންވެފައި. މިއީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ މީހަކު ހުންނަ ސިޔާސީ މަގާމެއް. ގައުމީ އަރުޝީފްގެ މަސައްކަތްތައް ނުކުރެވި ބޮއްސުންލަމުން ދަނީ، މިއީ ކިހިނެއް ވާކަމެއްތޯވެސް ބަލާލަން އެބެޖެހޭ ނޫންތޯ؟

    • އަލީ ފަހުމީ

      ވުގުތހުން ވަކި ކުރަން ގޮވާލަން