އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރ ކައިރި ވަލު ތެރޭގައި ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު މެންދުރު އައްޑޫ ސިޓީ ކުރީގެ ކޮންވެންޝަން ސެންޓަރު ކައިރީ އަލިފާނު ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެކަން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިިއަދު މެންދުރު 12:42 ގައި ކަމަށާއި އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ރޯވެފައި ވަނީ ވަލު ތެރޭގެ އެކި ހިސާބުތަކުގައެވެ. އަދި ވަލު ތެރޭގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 200 މީޓަރުގެ ސަރަހައްދެއްގައި ރޯވެފައިވާ ކަމަށެވެ.

އަދި ބޮޑަށް ރޯވެފައި ވަނީ ކަށިކެޔޮ ގަސްތަކާއި ބުރު ގަސްތަކުގައި ކަމަަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.