އެކަކު ނެތަސް އިސްލާހީ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުކްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު، މައުމޫން ހަމީދު މެދުވެރިކުރައްވައި މިއަދު ފޮނުއްވި މެސެޖެއްގައެވެ.
"އެހެން އެކަކު ނެތަސް އިސްލާހީ މަސައްކަތުގައި އަޅުގަނޑު ދެމިހުންނާނަން،" ރައީސް މައުމޫން ވިދާޅުވި ކަމަށް މައުމޫން ހަމީދު ޓްވިޓާގައި ލިޔުއްވާފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް މައުމޫން ޖަލަށް ލެވުނުތާ 50 ވަނަ ދުވަހަށްވާއިރު މައުމޫން ހަމީދު ރައީސް މައުމޫންގެ ހިތްވަރާއި އަޒުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
Met with Pres. @maumoonagayoom at Dhoonidhoo this morning.
Despite this being his 50th consecutive day in jail, he remains resolute in the face of manifest injustice & oppression.
His message remains, "Ehen ekaku nethas, islaahee masakkathuga alhugandu dhemihunnaanan!"
— Maumoon Hameed 🇵🇸 (@maanhameed) March 27, 2018
ޝަރީއަތް ނިމެންދެން ރައީސް މައުމޫން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ދާދިފަހުން އަމުރުކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާ ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ވެސް މިވަގުތު ހުންނެވީ ޖަލުގައެވެ.
30 އަހަރުން ނުވި އިސްލާހް ތާ
ކޮބާތަ އިސްލާހީ މަސައްކަތަކީ.. އޮޅިއްޖެ.
މައުމޫނޫ މާދަންރޭއަރާހަނދުކޭތަޥަރަށް ވަރުގަދަވާނެ ދެއްތޯ
މީބޭބެއަދިވެސް ގޮތްދޫކުރާގޮތެއްނެތެއްނު އިސްލާހީމަސައްކަތްކުރަންއަލީހަމީދު ކޮޓަރީގެ ކުލިދައްކައިފިންތަމިމަހު
ނުބައިކަމަށް ކުޑަވެސް ދުލެއް ނުދޭތި!
އެކަކުނެތަސް ފަސާދަ ކުރުމުގައި ދެމިހުރީމުހޭ ބުނިނަމަ މާ ތާހިރުވީސް
ކޮންއިސްލާހެތޯ އެޕީއައިޑީގެ މައްސަލަ ގަވާއިދުން ނިންމިނަމަ މިއަދު މިއިސްލާހު ގެންނާކައް ނުޖެހޭނެ.
އޭ މައުމޫނުއެވެ! މާތްﷲއަް ތިބާ ބިރވެތިވާށެވެ! ތިބާ ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކުލައްވާ ތިބާގެ އެއްބަފާކޮއްކޮ ޤަތުލުކުރަން ( މަރާލަން ) ހަރު ފަހަރއްގެމަތިން އުޅެފީމުއެވެ. އެކަމެއް ނުވިއެވެ. އެއްބަފާކޮއްކޮ އަށް ﷲ ތަޢާލާ ދެއްވި ވެރިކަމާ ބާރުވެރިކަން ނެތިކޮށްލަން އުޅެފީމުއެވެ. އެކަމެއް ނުވިއެވެ. ތިބާގެވެސް އަދި ތިބާގެ ޢާއިލާގެވެސް އެންމެ ބޮޑަތި ދުޝްމަނުންނާ ގުޅިގެން ތިބާގެ އަޚާ ނިކަމެތިކޮށްލަން އުޅެފީމުއެވެ. އެކަމެއް ނުވިއެވެ. ތިބާގެ އަޚާޔަށް ނިކަމެތި ބަސްބުނެ އެއަޚާ ކާޅަށް ދޭން އުޅެފީމުއެވެ. އެކަމެއް ނުވިއެވެ. މިހުރި މިހުރީކީ އާދައިގެ ކަންތައްތަކެއް ނޫނެވެ. ތިިބާގެ ސިއްރު ރޭވުންތައް ނާކާމިޔާބު ވުމުމުގައި ﷲ ތަޢާލާގެ މަދަދު ތިބާގެ ކޮއްކޮޔަށް ލިބިގެން ވާތީ ތިބާޔަށް ނުފެނޭހެއްޔެވެ؟ ގަދަބަސް ދޫކޮށްލާ ހޭއަރާ ﷲގެ މަގަށް ރުޖޫޢަވާށެވެ!
ހެހޭ އިސްލާޙީ މަސައްކަތަކީ ކޮބާތޮ؟
ތިމާގެ އަމިއްލަ ނަފްސު ފުރަތަމަ އިސްލާޙް ކޮއްބަލާ!
ދެން ތިމާގެ ދަރިންނާއި އަނބިމީހާ
އިސަލާޙް ވޭތޯ ބަލާބަލަ؟
އެއްވެސް ޖެހިލުމެތްނެތި ފާޑުފާޑު ބަހަނާ ދައްކައިގެން ޖަމާޢަތުގެ ނަމާދަދޫކިޮއްލާފައި ވެރިކަން ގެއްލުނީމާ ހުކުރު ނަމާދުގެ ޖަމާއަތް ވެސް ދޫކޮއްލާފައި ތިމާގެ އަނބި މީހާ އޮރިޔާން ހާލުގައި މަގިުތަކުމަތީގާއި އުޅެން ދޫކޮއްލާފާއިވާ ފިރިމީހާޔާ އެއްވެސް ބިރުވެތިކަމެއް ނެތި އެމީހެއްގެ އަންހެން ދަރީން އޮރިޔާންޙަލުގައި މަގުތަކުމަތީގައި އުޅެން ދޫކޮއްލަފައިވާ ބަފަޔަކުގެ ފަރާތުން ކޮން އިސްލާހެއްތޯ ނުކުއްނާނީ؟؟؟؟
އަދި ނުވިތާކަށް މުސްލިމުވެރިޔާ އާއި ދެކޮޅުވެރިވެ އެވެރިޔާގެ ކިޔަމަންތެރި ކަމުން ބޭރުވެ ގަނެގެން ވާ މީހާގެ ފުށުން ނުކުއްނާނެ އެއްވެސް އިސްލާހެ ފަހެ އޮއްނާތޯ؟؟؟؟
ތީމާމީހާ ވެރިކަމުގެ ދަހިވެތިކަމުގައި ކުޅޭ ހަޑި މުޑުދާރު ސިޔާސީ ގޭމަކީ އެއީ އިސްލާހީ މަސައްކަތް ކަމުގައި ހަދާ މީސްތަކުން ނަށް އޮޅުވާލާމީހާގެ ފުށުން ނިކުއްނާނީ އިސްލާހުތޯ ނުވަތަ ފަސާދަތޯ؟؟؟؟
މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ކަންކަން އިސްލާޙު ކުރަން އެހެންމީހުން އުޅުނީމާ އެކަމަކީ އިސްލާޙުކުރުން ކަމަކަށް މައުމޫނަކަށް ގަބޫލެއް ނުކުރެވުނު. އެހެންކަމުން އިސްލާހުކުރަން އުޅުނު މީހުން ހައްޔަރުކޮށް ޖަލަށްލާ ތަޅާ އަނިޔާކޮށްހެދި. މިއަދު މައުމޫނުގެ ވެސް ތާއީދާއެކު ގާއިމުކުރެވުނު ސަރުކާރު ވައްޓާލަން ރިޝްވަތު ދީގެން ބަޣާވާތްކުރުން އެއީ އިސްލާޙު ކުރުންކަމަށް މައުމޫނު ތިޔަދެކެނީ........؟؟؟؟؟
30 އަހަރު ތެރޭނުވި އިސްލާހެއް ދެން ކޮންއިސްލާހެކޭ ކިޔާކަށް. ތިމާ 30 އަހަރުން ކުރެވުނު ކުޑަ ތަރައްގީ ރައީސް ޔާމިން އެންމެ 3 އަހަރުން އޭގެ ދެގުނަ ތަރައްގީ ކޮށްލީމަ ހަޖަމް ނުވެގެން އިސްލާހޭ ކިޔާފަ ވެރިކަން ވައްޓާލަން މަސައްކަތް ކުރަނީ.
ކޮންކަމެއް އިސްލާހު ކުރުމުގަބާ
މައުމޫނަށް ވަނީ އިސްލާހީމަގު އޮޅިފަ
ތި ކުރަނީ އިސްލާހީ މަސައްކަތެއްނޫން ގަމާރާ ވެރިކަމުގެ ދަހިވެތިކަމުގަ ތެޅިބާލަނީ 30 އަހަރުގެ ފޮނިމީރުކަން ހިތުން ފިލާގެން ނުދަނީ.. ތި އޮތަީ ގޮޅީގަ ނިމިގެން ދާނި ތިތާ އޮވެ އިންޝާ ﷲ..
ދެން އަހަރުމެންނަށް ކޮންކަމެއް. ކަލޭގެ ވެރިކަމުގަ ކޮށްފަހުރި ވިޔާނުދާ ކަންތައް އިސްލާހޭކިޔާ އެކަންތައް އިޔާދަވާކަށް ބޭނުމެއް ނޫން.
ވެގެންއުޅޭ ގޮތަކީ މިސަރުކާރުން އިދިކޮޅުމީހުންގެ ދުއްތުރާލާ ނުފޮރުއްޕާނާއެކުވެސް ކުރުމުއްދަތެއްގެ ތެރޭގައި މާތްﷲގެ ވާގިފުޅާއެކު ރައީސްޔާމީންގެ މޮޅުވިސަްނުމާ ޙިކްމަތުން ގައުމަށް ގެނެސްދެއްވި ތަރައްގީ އާއި ފާގަތިކަމާ ފަސޭހަ ކަންފެނުމުން ތިމާމީހާ އަށް ފުރިހަމަ ބާރާ އެކު ވެރިކަންކުރަން 30 އަހަރު ލިބުމުންވެސް ގައުމަށާ ރައްޔިތުން ނަށް މާބޮޑުކަމެއް ކޮށްދެވިފައި ނުވާ ކަމާ އެ ކޮށްދެވުނު ކަންކަންވެސް ހެދުނު ގޯސްތަކުގެ ސަބަބުން ނުކޮށްދޭ ކަންކަމަށް ބަދަލުވެފައިވާކަން ގަބޫލުކުރެވުމެވެ. މިސާލަކަށް މަސްތުވާތަކެތި މިގައުމުގައި ފެތުރިގެންދިޔައީ ތިމާ އަށް ކަންތައް ކުރެވުނުގޮތުންކަން މިހާރު އޭނާއަށް ގަބޫލުކުރެވެއެވެ، ކޮންމެއަކަސް ދެން އަލުން ތިމައްނަ އަށް ވެރިކަން ލިބިއްޖެނަމަ ކޮއްކޯފުޅަށްވުރެ މާމޮޅަށް މާ ރަނގަޅަށް ވެރިކަންކުރާނަމޭ ހިތައި ހުއްޓާ ގާނޫނަށް ގެނައި އިސްލާޙަކާ އެކު އެ ފުރުޞަތު ގެއްލުނީއެވެ. އެހެންވުމުން އެވަރުންވެސް އެކަމުން ފޭވެގެން މަޑުމަޑުން ހުރުމުގެ ބަދަލު ގައި ދެންގަސްދު ކުރީ ދަރިއަކަށް ވެރިކަން ހޯދައިދީގެން ތިމާ ފަހަތު ގައިހުރެގެން ވެރިކަން ކުރާށެވެ. އެކަންވެސް ކާމިޔާބުވާގޮތް ނުވުމުން ޙަސަދަޔާ ފިތުނައިން ހިތްފުރި އެއް ގޮތަކުން ނުވިއްޔާ އަނެއްގޮތުންވެސް ސަރުކާރު ވައްޓާލާ ރައްޔިތުންނަށް ލިބެމުންދާ ހަލުވި ތަރައްގީ ހުއްޓުވާލަން ގަސްދުކޮށް ގައުމުގެ އެއްމެބޮޑު ޣައްދާރު ކެރަފާ ނަޝީދުގެ ފަހަތަށްގޮސް ބުރުމާގާސިމު ވެސް ބައިވެރިކޮށްގެން ގެންނަން އުޅުނު ބަޣާވާތްފުޅު އަތަށްގޮވާ ބޭޒާރުވުމުން ދެންމިހާރު މަންޒަރު ރީތިކޮއްލަން އިސްލާޙޭ އިސްލާހޭ ކިޔައިގެން ކޮސްގޮވަނީއެވެ.
ސާބަހޭ ؟
30 އަހަރު އަމިއްލަ ހިތަކައް އޮތް އިރު ނުގެނެވުނު އިސް ލާހެއް މިހާރު ގެނެވޭނެތޯ
އަނބި ގޮއްޔެއާއި އަންހެން ދެ ދަރިންގެ ބޮލާއި ކަރުވަޅު ނިވާކުރން ގެންގުޅޭ ފޭރާން ގަނޑުކަމުން އެ ތިންމައި އެ އުޅެނީ ސަލާމަތް ނުވެވިގެން! އެކަން އިސްލާޙު ކޮށްބަލަ!މޫނު!
އަބަދުވެސް އިސްލާހު 1978 ފެސިގެންވެސް އިސްލާހު ގައުމު ތަރައްގީ އެއްނުކުރެވުނު
ދެން ރައީސް ޔާމީން ތަރައްގީ ކުރާތިވެސް އިސްލާހު މ،ަޑުން ހުރިނަމަ ތިތަނައް ނުލީސް ދޯ ދެން ލަލަލާ
ކުރިން ވަރަށް އިހްތިރާމް ކުރިން. މިހާރު ގަބޫލްކުރެވެނީ ތީ ދައްޖާލު ކަމަށް.