މާފުށީ ޖަލުގައި ޤައިދީން ތަކަކަށް ވަރަށް ބޮޑެތި އަނިޔާ ތަކެއް ކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެމް.ޑީ.ޕީ ސަރުކާރެއްގައި މިކަން މިހެން ހިނގުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް، އެޕާޓީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ޙަސަން ލަޠީލް ވިދާޅުވެއްޖެ އެވެ.

ޙަސަން ލަޠީފް މިހެން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 ވަނަ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

"ޖަލުތަކުގައި މިހާރު ހިނގައިގެން މި އުޅޭ ކަންތައްތަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. މިކަން މިިހެން ހިނގައިގެން ނުވާނެ. އަޅުގަނޑު ގޮވާލަން މި މަޖިލީހުން މިކަން އިތުރަށް ތަޙުޤީޤު ކުރުމަށް. ވަކި ކުރަންޖެހޭ މީހަކު ވަކިކޮށް، ފިޔަވަޅު އަޅަންޖެހޭ މީހަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް. އެމްޑީޕީ ސަރުކާރެއްގައި މިހެން މިކަން ހިނގައިގެން ނުވާނެ." ޙަސަން ލަޠީފް ވިދާޅުވިއެވެ.

މިމަހުގެ 20 ވަނަ ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކަށްފަހު ބައެއް ގައިދީން އަމުރަށް ނުކިޔަމަންތެރިވެ ޖަލުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުން ގެންދާތީ ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް ނުކިޔަމަންތެރިވި ހުރިހާ ގައިދީން މިހާރު ވަނީ ވަނީ އާންމު ހާލަތުގައި ތިބެން ޖެހޭ ގޮޅިތަކަށް ވައްދާފައެވެ.

ޖަލުގައި ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަން ނެރުނު ނޫސްބަޔާނެއްގައި ކަަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ގައިދީން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާކުރުމާއި ޖަލު އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ޤަވައިދުތަކަށް ބޯ ނުލަނބައި ރޭގަނޑު ގޮޅިތަކަށް ވަންނަންޖެހޭ ގަޑިއަށް ވަންނަން ދެކޮޅުހަދައި އިންކާރު ކުރުމުން އެމީހުންނަށް ނަސޭހަތްތެރިވެ އިންޒާރު ދިނުމުންވެސް ކިޔަމަންތެރި ނުވުމުން ރޭ ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ.

މާފުށީ ޖަލުގެ ހާލަތު ގޯސްވެފައި އޮންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ޖަލުގެ ހާލަތު ގޯސްވީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގައިދީންނަށް ލާއިންސާނީ އަނިޔާތަކެއް ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަދާލަތު

    ބާރެއްނެތި ކުށްވެރިންގެ ގޮތުގައި ތިބެންޖެހޭބަޔަކު، ނުކިޔަމަންތެރިވެގެން ގަދަކަމުން ތިބެންޖެހޭތަނަށް ވައްދާއިރު، އަނިޔާވެސްވާނެ. ފުލުހުން ޤާނޫނު ތަންފީޛު ކުރައްވާނެ. ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ އިންސާނީ ކަރާމާތަށް އިޙުތިރާމްނުކޮށް، ގެއްލުން ދިނީކީނޫން. އެއީ އެއްމެބޮޑު، ޑިމޮކްރަސީއޭ، ހިއުމަން ރައިޓްސް އޭ، ކިޔާތަންތަނުގައިވެސް އެކަން އޮތްގޮތް. އަމުރަށް ކިޔަމަންވާނަމަ، އެއްވެސް އަނިޔާއެއް، ނުލިބޭނެ.

    10
    5
  2. ކެނެރީގެ މާފަތް އެދުރު

    ހަނދާން ވެއްޖެ އެއްނުން އަދިވެސް އަނިޔާއޭ ކިޔާފަ ފޮނިކަނޑަމުން ދުވާތި މާވަރުދައްކާފަ ރާކަނި މަސް ކެވިފަ ތިތިބީ

    21
  3. ކުޑަގޮޅި

    ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގް އަދި ބަނގުރާ ފޯފުކޮށްދިނީމާ ހަމަނުޖެހުން ނުއުފެދޭނެ. އަވަސް ފިޔަވަޅު އަޅަންވީ

    10
  4. އޮޅުނީ

    ހަސަން ލަތީފަށް އޮޅުނީތޯ މީ އެމް ޑީ ޕީ ގެ ވެރިކަމެއްނޫން ދެން ބާރަށް އަތްޖަހާ.....

  5. ހަސަނާ

    ކަލެޔައް ޤަބޫލުނުކުރެވުނަސް އެކަންއެއޮތީއެގޮތައްކޮއްފާ

  6. ޢާމިނަ

    ނޫނޭ ޔާމީނު އަނިޔާ ކުރާނީ.
    ލަދުހަޔާތްވެސް ކުޑަބައެއްމީ.
    ޢެހެރީ ފޮޓޯތަކުގަ ފެންނަން އޯގާތެރި ސަރުކާރުގެ ހެެޔޮފުޅުކަން.
    ދުޢާދެއްވާފަ ހުރިވެރިއަކު އެރީމަވެސް ހީކުރި ގޮތަކަށް ނުވި. ދޯ އިލްޔާސޫ

  7. ????

    ޤަބޫލު ކުރެވުނަސް ނުކުރެވުނަސް އަނިޔާކޮށްފި އެމްޑީޕީ ވެރިކަމުގައި ގައިމުވެސް މިހާރު ހުރީ ޔާމިންވއަދި މައުމޫނެއްވެސް ނޫން.

    10
  8. ހޯހޯ

    ޙަސަނަށް މިފަހަރުވެސް އޮޅިވާޑައިގތީ އަދިވެސް ހީފުޅުކުރައްވާން ހުރީ އެހެންބައެއްގެ ވެރިކަމެއްގަ ވީކަމުގެވާހަކަ ކަމަށް އޮޅި ވަޑައިގަތަސް ބޮޑުވަރުމީ ހޭފުޅުނުލެއްވެނީތޯ އަދިވެސް ޕިސް ޕިސް މިއޮތީވާ ގައުމެއް ލަދުންމަރުވާވަރު

  9. ޢަބްދުﷲ

    މޫނު ނިވާކޮށްގެން އޮފިސަރުން ގޮޅިތަކަށް ވަދެ އިންސާނިޔަތު ކަމެއްނެތި މީހުންނަށް ލާއިންސާނީ އަނިޔާކުރަނީ، ކޮންބައެއްކަން ނޭނގޭ ގޮތުގައެވެ. ނާސިރުގެ ވެރިކަމުގައި ވިލިގިލީ ޖަލުގައި އަނިޔާކޮށްފައިވަނީ މުޅިން އެހެންގޮތްގޮތުންނެވެ. ސަރުކާރަށް ސިއްރުންނެވެ.

  10. މައިނާ

    އެއޮތީކޮށްފަ ދެންކުރާނެކްމެއްކޮށްބަލަ.