ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ގެ ސަރުކާރުން އަޅަންފަށާފައިވާ ފްލެޓްތައް އަގުހެޔޮ ރޭޓް ތަކުގައި ނިކަމެތިންނަށް ދޭން ނިންމިކަން އެނގިފައިނުވާ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެ އެވެ.

"ހިޔާ" ފްލެޓް ތަކަށް ކޮންމެ މަހެއްގައި ދައްކަންޖެހޭ އަދަދު 40 އިންސައްތަ ބޮޑު ކުރިކަން އިޢުލާންކުރި، ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު" އިން ކުރި ސުވާލުގެ ޖަވާބު ދެއްވަމުން އެޗްޑީސީގެ އެމްޑީ، ޞުލައިލް ވިދާޅުވީ، ކުރީގެ ސަރުކާރުން ފްލެޓްތަކުގެ އަގު އިޢުލާން ކުރިކަން އެނގިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް ކުރިން މިތަނުގެ އަގުތަކެއް ކަނޑައެޅިފައި އޮތް ކަމުގެ އެނގޭތޯ. އަޅުގަނޑުމެން ބެލީ މީގެ ލޯން އެމައުންޓާއި، ދެން އިތުރަށް މިތަން ފިނިޝިންގއަށް އެބަ ބޭނުންވާ އިތުރު 40 މިލިއަން ޑޮލަރު، އޭގެ އިތުރަށް އަޅުގަނޑުމެންގެ ފައިނޭންސިންގ ކޯސްޓާއި މި ހުރިހާ އެއްޗެއް ލައިގެންް އަޅުގަނޑުމެން 20 އަހަރުގެ މުއްދަތެއްގައި މިތަނުގެ އަގު ހަމަވާ ގޮތަށް ބެލީމަ މަހަކު 11،000 މި އަރަނީ". ޞުލައިލް ވިދާޅުވިއެވެ.

އަދި ދެ ސުވާލަށް ފުރުޞަތު ދިނުމަށްފަހު، ފްލެޓް ތަކުގެ އަގާއި ގުޅޭގޮތުން އިތުރަށް ސުވާލުކުރުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާތިފް ވިދާޅުވީ، ހިޔާ ފްލެޓް މަޝްރޫއުގެ ފްލެޓްތަކަށް ކޮންމެ މީހަކުވެސް މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

މި ފްލެޓްތަކުގެ އަގެއްގެ ގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތް އަގަކީ، ޑައުންޕޭމަންޓްގެ ގޮތުގައި، 25000 ރުފިޔާ ދެއްކުމަށްފަހު، މެއިންޓެނެންސް ފީ އާއި އެކު މަހުކުލީގެ ގޮތުގައި، ކޮންމެ މަހަކުވެސް 6600 ރުފިޔާ ދައްކާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ރަނާ

    ކިހިނެއް މިވަރުގެ ބޮޑު ކުއްޔެއް ނިކަމެތި ރައްޔިތުން ދައްކާނީ، ހެޔޮ ނުވާނެ ރައްޔަތުން މިވަރަށް ފެލާލަން.

    107
    3
    • އ. ޖ. އ

      މިއަށް ވުރެ ބޮޑު ކުލި މާލޭގެ މުއްސަނދިންނަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ

      11
      49
      • އަހަރެން

        މާލޭ މީހުންގެ ގޯތީގަ 100 އަހަރު ވަންދެން ކުއްޔަށް އުޅުނަސް ތަން އަމިއްލައެއް ނުވާނެ. ހުޅުމާލެއިން ކުލި ދައްކާ ހަލާސް ކުރީމަ ފްލެޓް އަމިއްލަ ވާނެ. ކޮންމެ ރައްޔިތަކުވެސް ބޭނުންވާނީ އަމިއްލަ ކުރެވޭ ފްލެޓެއް. އެވެސް އަތްފޯރާ އަގެއްގަ. ޕާޓީ ފިކުރުގަ ޖެހިގެން ހިތަށްއަރާ އެއްޗެއް ކޮމެންޓް ކުރެވިދާނެ. އެކަމަކު ތިބޭފުޅާވެސް އަގުހެޔޮކޮށް އެކަށީގެންވާ ތަނެއް ލިބެން ހުއްޓަކާ އަގުބޮޑުތާކަށް ނުދާނެ. އެއީ ޔަޤީން ކަމެއް.

        13
        2
      • ރައްޔިތުން

        އެކަމުން މިންޖުވާން ދޯ ރައްޔިތުން ސޯޝަލް ހައުސިންގ ބޭނުންވަނީ

        43
        1
    • ދދދދދދ

      7000 އަށްވުރެ ކުލި ބޮޑުނުވާ ގޮތަށް ބޯހިޔާވަހިކަން ލިބޭނޭ ސޯލިހް ކިޔާ މީހަކު ބުނި އަޑުވެސް ނާހަނީތޯ މިބޭ ކައިރީ އަހާބަލަ ކޮންމެސް މީހެކޭ ބީތާވިޔަސް ދެން ބޮޑުވަރު.

    • ކިނބޫ

      ނޭނގޭ ކަންކަމަށް ބޯ މަހައިގެން ނޫޅެ ރައްކާވާންވީނު.

  2. އިބޫ

    ޝުހެއިލް އަށް ދެން އިނގެނީ ކޯޗެއް؟

    88
    3
  3. ައަދުރެޭ

    ސުހޭލު އޮތީ 5އަހަރު ވަންދެން ނިދާފަ ކަންނޭގެ

    87
    1
  4. ބިޖޫ

    ކަލޯގަޔާ އަވަދިނެތި މިވެރިންމިއުޅެނީ ހަމަ ރައްޔިތުމީހާ ފޭރިގަތުމުގައެއްނު

    79
    2
  5. މޫސަ

    ތިޔަ ސުހައިލް ހުރީ ހަމައިގާތޯ ވެސް ބަލަން ޖެހޭ އެބަ.

    69
    1
  6. ޝަރފު

    ހަމަޔާ އިންސާފާ، އުސޫލުތަކު ތެރޭން ލާބައާ މަންފާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ މިހާވަރަށް. ސުހައިލުއަށް ޔާމީނުގެ ސަރުކާރުން ދޫކުރި 7000 ފުލެޓްތަކުގެ އަގު އެގިވަޑައި ނުގަންނަވާނަމަ ތިތާ އޭރު ވަޒީފާގައި ތިބި މުއައްޒަފުން ކާރިން އައްސަވާލުން ވަރަށްބޮށަށް އެދެން. ހަމަ ރައްޔިތުން ހައްގުގައި އިގޭތޯ.

    77
  7. މަ

    މިއީ ބީތާއެއްތަ؟ ނޭގެންޔާ އިސްތިއުފާ ދީފަދޭ!!!

    82
    1
    • ބަނޑޭރި

      ތިސުހައިލް ދައްތަ އެއް ކައިވެނި ކޮއްގެން އުޅެނީ ކެރަފާ އާއިލާ މީ ހަކައް ވީތީވެ ރައްޔިތަކައް ރަނގޅު ގޮތެއް ނޭދޭނެ

      11
  8. ހިވާ

    އިބޫ ދޭނެ ނިކަމެތިންނަށް ހިލޭ 6000 ރުފިޔާއަށްވިރެ ކުލި ބޮޑެއް ނުވާނެ ސްކޫލް ކުދިންގެ ނާސްތާގެ ފުރިހަމަ ކަމުން ކުދިންގެ ހެދި ބޮޑުވުން އެހާ ފައްކާ ވެއްޖެ. އެންމެ މީރު މޮޅު ކާނާވިއްޔާ ދެނީ ކުދިންގެ ބަނޑު ފުރި އުތުރެނީ

    72
    6
  9. ޢަހުމަދު

    ފްލެޓް ގެ އަގުބޮޑުކުރި މައްސަލަ މަޖިލީސް އައްވައްދަން ވަރަށްފެނޭ. ޚޮންމެވެސް އެއްމެންބަރަކު އެބަޖެހޭ އެމައްސަލަ މަޖިލީހަށްވައްދަން. ޜައްޔިތުންގެ ހައްގުގަ.

    68
    1
    • ށަވިޔަނި

      މަޖިލީހޭތޯ؟ އެމީހުން ބަނޑުފުރާނަ މުއްތި ކުރެވޭވަރު ކިރިޔާވެސް ވަނީ ކޮމެޓީތަކަށް ގޮސްގެން. ޢެހެންނޫނީ އެފަކީރުން އެތިބެނީ ނުވެސް ކައި....
      ރައްޔިތުން ތިބެނީ ވޯޓްލާ މުޒާހަރާގެ ބައިވެރިން ގިނަކޮށްލަންތަ؟ 40 މިލިޔަން ޑޮލަރު ދައުލަތުގެ ބަޖެޓުން ދައްކަންވީމަ ބޮޑުވީ ދޯ؟ ސިޔާސީކަންކަމުގަ އުޅޭ މީހުންނަށް ކޮންމެވެސް ނަމެއް ކިޔާފަ ވަޒީފާ ދޭންވީމަ ޚަޒާނާ އަށް ބާރެއް ނުކުރޭ ދޮތަ؟؟؟؟

  10. ޢަހުމަދު

    ކުރިން އެޗްޑީސީ ގަ ނެއް ބަޔަކަށް ނޭގޭނެ ނު

    41
    3
  11. Anonymous

    ވެރިކަމަށްގެންނަން ބުރަމަސައްކަތްކޮށް ވޯޓުދިން މީހުން މީހުން އަމިއްލައަތުންފޭހި ލޮންސި އަމިއްލަ ލޮލަށް ހަރާއިގެތިބެ އުފަލުން ނިކަން އަތްޖަހަމާބަހީ؟؟؟މިއޮތީ އިބޫ ސަރުކާރުން ރައްޔިތުންނަށް ދޭނަމޭ ވަޢުދުވު ހިލޭ ބޯހިޔާވަހިކަން ކަށަވަރުކޮށްދީފައި، މިސަރުކާރުން ރަނގަޅަށް ރައްޔިތުން ޖެއްސި ހިބަރުވަދުގައި ޖެހިގެންތިބެމާ!!!

    54
    1
  12. ކުކުޅުހާ

    މި ފްލެޓްތަކުގެ އަގެއްގެ ގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތް އަގަކީ، ޑައުންޕޭމަންޓްގެ ގޮތުގައި، 25000 ރުފިޔާ ދެއްކުމަށްފަހު، މެއިންޓެނެންސް ފީ އާއި އެކު މަހުކުލީގެ ގޮތުގައި، ކޮންމެ މަހަކުވެސް 6600 ރުފިޔާ ދައްކާ ގޮތަށެވެ.

    މީތެދު ވާހަކައެއް

    މިހާރުވެސް ދައްކަމުން ގެންދަނީ ހަމައެވަރު ، /-7000ރ ކީކޭތަ ސުހައިލް އަށް ހީވެގަނެގެން ތިޔަ އުޅެނީ އާންމު މީހާވެސް 2 ކޮޓަރި އެބަދޭ 13000ރ އަށް ދެން ކީވެގެން ތިވަރު އަރުވާލަންވީ ވަކި އަގު އެންމެނެވެސް އެއްވަރެއްގައި ބަހައްޓާ އެއިރުން ހަމަހަމަ ވާނީ

    47
  13. ލަބީބު

    ވޯޓުން ވައްކަންކޮށްގެން ޖަހައިގަތް ސަރުކާރު ހާދަ ހެވޭ ދޯ؟ ވަޢުދުވީ ހުރިހާ ރައްޔިތުންނަށް ހިލޭ ބޯހިޔާވަހިކަން ދޭން. ރައްޔިތުން ނުކުމެ އެމީހުންގެ ގަޓުހުރި ރައީސް އެއްލާލާ ފައިސާ ފޮއްޗަކަށް ނަފުސް ވިއްކާލުމަކުން ލިބުނު މޮޅެއް ނެތެއްނު؟

    32
  14. ޕސޓ

    ވަރަށް ރަނގަޅު ނިންމުމެއް.. ޔާމީން ހަދިޔާ ކުރި ދަރަނިން ސަލާމަތް ވެވޭނީ މިހެން.. ނޫނީ 2 އަހަރު ތެރޭ ފްލެޓް ކޮޅު ސަރުކާރުން އެހެން ބަޔަކަށް ދޭން ޖެހޭނެ

    2
    57
  15. ތަލަބިގަރު

    މިކަހަލަ ބޯގަމާރު ބުރާންތި މީހުންނައް ވަޒީފާ ދިނޫމަ ވާނެ 6އެތިވަމުން ދާނޫ.. ބަލަގަ 5 އަހަރުގެ ވެރިކަމެއްގަ އޭ ތިޔަ ފުލެޓްތައް އަޅަން ފެށީ..ލޯނުނަގައިގެންނޭ ތިތަން ހަދަމުން ދަނީ.. ތިޔަފުލެޓްތަކައް ދާނެ ހަރަދާ ލޯނުދެއްކޭނެ މުއްދަތާ ކުއްޔައްދޭނެ އަގު އޮންނާނެ ކަނޑައެޅިފަ. ގަމާރުވިޔަސް ބޮޑުވަރު...ވ ސަލާމް

    30
  16. މިއަދު

    ކުރީގެސަރުކާރުން ފްލެޓްތަކެއް އަޅަންއުޅުނުކަން އެނގޭބާ؟

    25
  17. ބުރޯ

    ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް ފޮނުވި ނަންބަރު 193/2018/138/ޕިދ-1 17 އޮކްޓޯބަރ2018 ސިޓީގަ ވަނީ މެއިންޓެނަންސް އާއެކު 6600 އަށް ފްލެޓެއްމަގުން ދޫކުރަން. މިމީހުން މިކަން އެގިފަ ނެތޭ ބުނީމަ ވަގުތުން އިސްތިއުފާދޭންޖެހޭނެ.

    34
  18. ރަންނަމާރި

    ރައީސް ޔާމީން ސަރުކާރުން ފްލެޓް އެޅިތަ؟

    16
    4
  19. އޑޕ

    ހިނދުކޮޅުގަ އުޅެންޏަކާމު އެއްވެސްކަމެއް ނޭގޭނެތާ ދޯ

    23
  20. ނެޓު

    ދެން އިބޫގެ ހެޔޮފުޅުކަމުން 6500 އަށް ތިރިކޮށްދީ އަވަހަށް

  21. ނާދިރާ

    ބޮޑު ގަމާރެއްތަ މީ؟

  22. ޢާއިޝާ

    ކުރީގެ އަގު ނޭގެންޏާ ކިހނެބާ އެނގުނީ ކިތައްއިންސައްތަކަން ބޮޑުކުރެވުނީ.

    10
  23. hassan

    ވެރިކަމަށްގެންނަން ބުރަމަސައްކަތްކޮށް ވޯޓުދިން މީހުން މީހުން އަމިއްލައަތުންފޭހި ލޮންސި އަމިއްލަ ލޮލަށް ހަރާއިގެތިބެ އުފަލުން ނިކަން އަތްޖަހަމާބަހީ؟؟؟މިއޮތީ އިބޫ ސަރުކާރުން ރައްޔިތުންނަށް ދޭނަމޭ ވަޢުދުވު ހިލޭ ބޯހިޔާވަހިކަން ކަށަވަރުކޮށްދީފައި، މިސަރުކާރުން ރަނގަޅަށް ރައްޔިތުން ޖެއްސި ހިބަރުވަދުގައި ޖެހިގެންތިބެމާ!!!

    10
  24. ޞާލިޙް

    އަހަރެން އަޑުއެހިން އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއަޑު ޑައުންޕޭމަންޓަށް 25000 ރުފިޔާ ދައްކާފަ ދެން ދައްކަންޖެހޭނީ މަހަކު 5600 ރުފިޔާއޭ ! ކަލޭ ތީ ކަންފަތް ބީރުމީހެއްނޫންނަމަ ކަލޭވެސް މިއަޑު އަހާފަ އޮންނާނީ!

    10
    1
  25. ހިޔާލު

    މިސަރުކާރު ވެރިކަމަށް އައިފަހުން ހުރިހާ އަސާސީ ހިދުމަތެއްވެސް އަގުބޮޑުވެއްޖެ. ކަރަންޓު، ފެން، ދެން ހައުސިން ޔުނިޓުތަކުގެ އަގު. ބޭނުމަކީ ރައްޔިތުން އަތުން ލާރި ނެގުން. އެތައް ބޭކާރު ކޮމިޝަންތައް. ސަރުކާރާ ނުބައްދަލުވާވަރަށް މަގާމު. ނައިބު މިނިސްޓަރުން. މި ސަރުކާރުން ހިންގަން ކަނޑައަޅާފައިވާ އެއްވެސް ޕޮޮރޮޖެކްޓެއްނެތް. ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއްނެތް. މަތި އޮމާންކުރުން. ބަދަލުހިފުން. އެޖެންޑާ 19 ވަރަށް ސަލާމް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް.

  26. Anonymous

    މިފައްކާ ބޮޑު ބީތާއެއް އަވަހައް އިސްތިއުފާދީފަ ގޭގަމަޑުކޮށްލާ

    10
  27. އަންބަރީ

    ނިދާފަތަ މި އޮތް ހުރިހާ ދުވަހު އޮތީ ސަރުކާރުން ދައްކާ ވާހަކާއާއި އެވެސް އަމަލަ ދިމާނުވޭ ބަލަ ތިހިރަ ވިލިގިޅިގަ ވެސް އެބަހުރި 500 ރުފިޔާ އަށް ފުލެޓް ކުއްޔަދީފަ އެވެސް ސަރުކާރު ހެދި ފުލެޓް މިވެސްރައްޔަތުން އެވެސް ރައްޔަތުން ކޮން ވާހަކައެއް ދައްކާކަ އިބްރާހިމް ސޯލިހް ވައުދުގަވެސް ވިދާޅުވި 6000 ރުފިޔާއަށް ފުލެޓް ދޭނެކަމަށް ދެން ކޮންވާހަކައެއް

    6
    1
  28. ހައްވާ

    ނިދާފަތަ މި އޮތް ހުރިހާ ދުވަހު އޮތީ ސަރުކާރުން ދައްކާ ވާހަކާއާއި އެވެސް އަމަލަ ދިމާނުވޭ ބަލަ ތިހިރަ ވިލިގިޅިގަ ވެސް އެބަހުރި 500 ރުފިޔާ އަށް ފުލެޓް ކުއްޔަދީފަ އެވެސް ސަރުކާރު ހެދި ފުލެޓް މިވެސްރައްޔަތުން އެވެސް ރައްޔަތުން ކޮން ވާހަކައެއް ދައްކާކަ އިބްރާހިމް ސޯލިހް ވައުދުގަވެސް ވިދާޅުވި 6000 ރުފިޔާއަށް ފުލެޓް ދޭނެކަމަށް ދެން ކޮންވާހަކައެއް

  29. ރަހުމާ

    ނިދާފަތަ މި އޮތް ހުރިހާ ދުވަހު އޮތީ ސަރުކާރުން ދައްކާ ވާހަކާއާއި އެވެސް އަމަލަ ދިމާނުވޭ ބަލަ ތިހިރަ ވިލިގިޅިގަ ވެސް އެބަހުރި 500 ރުފިޔާ އަށް ފުލެޓް ކުއްޔަދީފަ އެވެސް ސަރުކާރު ހެދި ފުލެޓް މިވެސްރައްޔަތުން އެވެސް ރައްޔަތުން ކޮން ވާހަކައެއް ދައްކާކަ އިބްރާހިމް ސޯލިހް ވައުދުގަވެސް ވިދާޅުވި 6000 ރުފިޔާއަށް ފުލެޓް ދޭނެކަމަށް ދެން ކޮންވާހަކައެއް

  30. ބޯކިބާ

    ނިދާފަތަ މި އޮތް ހުރިހާ ދުވަހު އޮތީ ސަރުކާރުން ދައްކާ ވާހަކާއާއި އެވެސް އަމަލަ ދިމާނުވޭ ބަލަ ތިހިރަ ވިލިގިޅިގަ ވެސް އެބަހުރި 500 ރުފިޔާ އަށް ފުލެޓް ކުއްޔަދީފަ އެވެސް ސަރުކާރު ހެދި ފުލެޓް މިވެސްރައްޔަތުން އެވެސް ރައްޔަތުން ކޮން ވާހަކައެއް ދައްކާކަ އިބްރާހިމް ސޯލިހް ވައުދުގަވެސް ވިދާޅުވި 6000 ރުފިޔާއަށް ފުލެޓް ދޭނެކަމަށް ދެން ކޮންވާހަކައެއް

  31. މާޚުންބެ

    ނިދާ ވިޔާ އޮތީ އަދި ކިރިޔާ ހޭލެވުނީ ހޭލެވިގެން މޫނު ދޮވުނީމަ އެނގުނީ ބަލަ ނޫސްތައް ބަލާބަލަ

  32. ދޮންތައްކާނު

    ނިދާ ވިޔާ އޮތީ އަދި ކިރިޔާ ހޭލެވުނީ ހޭލެވިގެން މޫނު ދޮވުނީމަ އެނގުނީ ބަލަ ނޫސްތައް ބަލާބަލަ

  33. ޢަފްލާ

    ސުހޭލު ކަލޭ އިސްތިއުފާ ދީފަ ގެއައްދޭ

  34. ސައީދު

    ކަލޭތީކާކު؟ފުލެޓް ތަކުގެ އަގުބޮޑު ކުރަން.އަދި ތިއުޅެނީ ފައިގެ ދޮންވެލި ނުގިކިގެން.ކޮންމެ ރައީސަކު އަޔަސް މަމެންނަށް އަގުހެޔޮކޮށް ފުލެޓް ދޭންޖެހޭނެ..

  35. ސޯކާބެ

    ނިކަން ތިޔަވިދާޅުވާހެޔޮނިޔަތުގައި ކޮރަލްބްލެވާޑް އައް 129000 އަކަފޫޓް ބިން ދޫކުރާ ގޮތައް މިިމާލޭގެ ގޯތި ގެދޮރުު ނެއް މީހުންނަށް 1200 އަކަ ފޫޓްގެ ގޯތި ދޫކޮއްބައްލަވާ އޭރރުން ތިޔަ ވިދާޅލުވާ ބޯހިޔާ ވަހިކަން 0 ވާނެ ތިޔަ ފުލެޓް ވިޔަފާރިކޮއްގެން ރައްޔަތުން ބުރަމަސަައް ކަތުން ހޯދާ ރުފިޔާކޮޅު އަތުލުމައް ވުރެ މާރަނގަޅުވާނެ ގައިމް މާތްﷲގެ ހެޔޮރަހުމަތް ލަައްވާނެ މީސްްތަކުުން ނައް ބިިން ދޫނނުކޮއް ހިސޯރު ކޮޮއްގެން ދަތތިކޮއް އަަޅުުވެތި ކުރުުމައްވުުރެ

  36. ކައްޕިތާން

    މާލޭ މީހުންގެ ގޯތީގަ 100 އަހަރު ވަންދެން ކުއްޔަށް އުޅުނަސް ތަން އަމިއްލައެއް ނުވާނެ. ހުޅުމާލެއިން ކުލި ދައްކާ ހަލާސް ކުރީމަ ފްލެޓް އަމިއްލަ ވާނެ. ކޮންމެ ރައްޔިތަކުވެސް ބޭނުންވާނީ އަމިއްލަ ކުރެވޭ ފްލެޓެއް. އެވެސް އަތްފޯރާ އަގެއްގަ. ޕާޓީ ފިކުރުގަ ޖެހިގެން ހިތަށްއަރާ އެއްޗެއް ކޮމެންޓް ކުރެވިދާނެ. އެކަމަކު ތިބޭފުޅާވެސް އަގުހެޔޮކޮށް އެކަށީގެންވާ ތަނެއް ލިބެން ހުއްޓަކާ އަގުބޮޑުތާކަށް ނުދާނެ. އެއީ ޔަޤީން ކަމެއް. އެކަމަކުު ރަށުގައި ހިލޭ އުޅެވެން އޮއްވާ ކީއްކުރަންތޯ މާލޭގެ މީީހެއްގެ ކުޑަ ކޮޓަރިގަޑެއް ހަފައިގެން 3ކުދިން ގޮވައިގެން ތިގަނަތެޅެނީ ބޭފުޅާ

  37. ސުހާ 28 ޖޫން 2019

    ކޮށްކޮ ހުރީ ހަމައިގަތަ؟

  38. ދަވްތޫރް އަބުދުލް އަޒީޒް

    ކޮރަލްބްލެވާޑް އައް 129000 އަކަފޫޓް ބިން ދޫކުރާ ގޮތައް މިިމާލޭގެ ގޯތި ގެދޮރުު ނެއް މީހުންނަށް 1200 އަކަ ފޫޓްގެ ގޯތި ދޫކޮއްބައްލަވާ އޭރުން ތިޔަ ވިދާޅުވާ ބޯހިޔާ ވަހިކަން 0 ވާނެ ތިޔަ ފުލެޓް ވިޔަފާރިކޮއްގެން ރައްޔަތުން ބުރަމަސަައް ކަތުން ހޯދާ ރުފިޔާކޮޅު އަތުލުމައް ވުރެ މާރަނގަޅުވާނެ ގައިމް މާތްﷲގެ ހެޔޮރަހުމަތް ލަައްވާނެ މީސްްތަކުުން ނައް ބިިން ދޫނުކޮއް ހިސޯރު ކޮޮއް އަަޅުުވެތި ކުރުުމައްވުުރެ ވިސްނާލައްވާ މިސާލަކައް 129000 ގެއްލަން 1000=129 ގޯތި ހުތުބާގައި ދީލަތިވާށޭ ގިޔާމައް ދުވަހުން ސުވާލް ކުރައްވާނޭ ވިދާޅުވާއިރު މިކަމާވެސް ޖަވާބް ދާރީވާންޖެހޭނެ އެފަރާތަކަށް އޮޅުވައެއް ނުލެވޭނެ މަކަރާހީލަތުން ބިންތައް ހިސޯރުކޮއް ހަމަ އެކަނި މާލޭގެ ރަށްޔަތުންނައް ގޯތި ނުދީ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ތަންތަނުން ލޯނުނަގައިގެން ބޮޑުއަގުގައި ރައްޔަތުންނައް ތިޔަ ވިއްކާހަދަނީ