ދައުލަތަށް ބިލިއަނެއްހާ ރުފިޔާއިން ދަރާފައިވާ ކަމަށް ސަރުކާރުގެ ބައެއް މަސްދަރުތަކާ ހަވާލާދީ އޮންލައިން ނޫހެއްގައި ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ޖާބިރު ވިދާޅުވެފައިވަނީ އޭނާ ސަރުކާރަށް ދަރާފައި ނޯންނާނެ ކަމަށެވެ. ޖާބިރު މިހެން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލީހުގައި ރައީސް ޔާމީންގެ ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް ހުށަހެއްޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ދަނިކޮށެވެ.

ޖާބިރު ވިދާޅުވެފައިވަނީ ނޫސްތަކުގައި އޮތީ އޭނާގެ ހުރިހާ ރިސޯޓުތައް ބަންދުކޮށް، ގެނައި ހުރިހާ ކޮންޓެއިނަރުތައް ހިފަހައްޓާ، މިއަދު ސަރުކާރަށް ދަރާފައި އޮތީ އޭނާ ކަމަށެވެ. އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވާއިރު ބައެއް މަސްދަރުތަކުން ބުނެފައިވަނީ އޭނާ 1 ބިލިއަން ރުފިޔާއާއި 1.5 ބިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ދައުލަތަށް ދަރާފައިވާ ކަމަށެވެ.

މިއަހަރު ހުވާ ކުރެއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ މެންބަރު ކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް ޖާބިރު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވައިގެންވެސް އޭނާ ވަނީ ސަރުކާރަށް ވަރަަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    ޖަބިރަކީ ގަޓުހުރި މީހެއް ކާށިދޫދާއިރާއިން ޖާބިރުހޮވީ ގަޓުހުރީމަ ޖަބިރަށްބިރުދައްކަން އުޅޭ ސިޔާސީކޮންމެމީހަކު ފިލަނީ އަމިއްލައަށް ފަޞީހަތްވެގެން އެކަން އެގޮތުގައި މިއަދުވެސް އަދިމާދަންވެސް ޖާބިރުކުރާނެ އެކަން ވަރަށްސާފުކޮށްއެއޮތީ ރައިސްމައުމޫނަށްދައްކާފައި އަދި ރައިސްނަޝީދު ބުނި ދެރައީސުންނަށްވެސް އޮތީ އެކަން ދައްކާ ކާށިދޫ ދާއިރާގެ ރަޢިއްޔަތުންނަށް އެކަން ސާބިތުކޮށްދީފި މަޖިލިސްއިންތިޚަބުގެ ކެންޕެއިނަށް ދެރައިސުން ހޭބޯނަރާ ކާށިދޫ ވަށައިގެން ދުއްވި ޖާބިރުބުނި އެއިންއެއްވެސްރައިސަކަށްނުކެރޭނެޔޭ އެމްޑީޕީ ކެންޑިޑޭޓަށް ކެންޕެއިނުކޮށްދިނުމަށް މިކާށިދޫ ދާއިރާއަށްއަރާކަށް އެކަންވީހަމަތެދަކަށް ނާރަ އަރާކަށްނުކެރުނު އެހެންވެ މިބުނަނީ ޖާބިރަކީ ގަޓުހުރި ރައީސެކޭ ޖާބިރާ ކުޅެން ނުއުޅޭށެ

    19
    6
  2. ޒާ

    ޖާބިރުގެ ރިސޯޓްތަކުގެ މުވައްޒަފުންނަށް މުސާރަނުދީގެން ހަޅުތާލުކުރި ހަނދާންވޭތޯ؟ ދޮގު ނުހަދާށެ. ދައުލަތަށް ދަރާފައިވެސްވެއެވެ.

    5
    1
  3. އައްޑޫސިޓީ

    ދައުލަތައް ޖާބިރު ލާރިދައްކަން ޖެހޭވާހަކަ ޖާބިރުދޮގު އެބަކުރޭ. ނަޝީދު އައްދިންކަމަށް ބުނާލާރިއަކާ ނަޝީދުބުނެގެން މައުމޫނައް ދިންކަމަށް ބުނާ 19މިލިއަންއަކާ އިބޫ ސާލިހުއައް ދިންކަމަށް ބުނާ 14މިލިއަނެއްގެ ވާހަކަ އެކަކުވެސް ދޮގެއްނުކުރޭ. މިވަނީކިހިނެއްބާ!