އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އަނެއްކާވެސް ރޭޕް ކުރިކަމުގެ ތުހުމަތު އަންހެނަކު ކޮށްފިއެވެ.

އެމެރިކާގެ ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކުރާގޮތުގައި ޗީން ކާރޯލް ނަމަކަށް ކިޔާ އަންހެނަކު ވަނީ ޓްރަމްޕް އޭނާ 1990 ވަނަ އަހަރު ނިއުޔޯކްގެ މޯލް އެއްގައި ގަދަ ކަމުން ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައެވެ.

މި މައްސަލާގައި ކާރޯލް އިތުރަށް މީޑިއާތަކަށް މައުލޫމާތު ދޭން ބޭނުން ނުވާއިރު މި މައްސަލާގައި ޓްރަމްޕް އަދި ވަކި އެއްޗެއް ނުބުނެއެވެ.

ދާދިފަހުން އެމެރިކާގެ ރައީސް ޓްރަމްޕް އާއި ދެކޮޅަށް ބަރަހަނާ ފިލްމް ކުޅޭ އަންހެނަކު އަބުރުގެ ދައުވާ ކޮށްފައެވެ. ބަރަހަނާ ފިލްމް ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއެލްސް ވަނީ ޓްރަންޕްގެ ޓުވީޓެއްގައި އޭނާ ބަދުނާމުވާގޮތަށް ޓެގްކޮށް ޓުވީޓް ކުރި މައްސަލާގައި ޓްރަމޕްއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފައެވެ.

ސްޓޯމީ ޑެނިއެލްސް ބުނެފައިވަނީ ލާސްވެގަސްގެ ކާޕާކިން ސަރަހައްދަކުން ކާކުކަން ނޭނގޭ މީހަކު އޭނައަށް ބިރު ދައްކާފައިވާކަމަށެވެ. އަދި އެމީހާ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްއާ ދެކޮޅަށް ހުށައަޅާފައިވާ ހުރިހާ މައްސަލައެއް އަބުރާ ނެގުމަށް ބުނެފައެވެ.