ދުނިޔޭގައި އެންމެ ގިނައިން މުއްސަނދިން އުޅޭ ސިޓީއަކަށް އެމެރިކާގެ ނިއު ޔޯކް ސިޓި އަނެއްކާވެސް ވެއްޖެއެވެ.

ގްލޯބަލް ވެލްތް ޓްރެކަރ ހެންލީ އެންޑް ޕާޓްނަރސް އިން ބުނި ގޮތުގައި އެ ސިޓީގައި އެކަނިވެސް 340،000 މިލިއަނަރުން އެބަތިއްބެވެ.

އެ ސިޓީއާ ޖެހިގެން ދެން އެނެމެ ގިނައިން މިިލިއަނަރުން އުޅޭ ކަމަށް ވަނީ ޖަޕާންްގެ ޓޯކިޔޯ އާއި ސެން ފެރެންސިސްކޯ ބޭ އޭރިއާއެވެ. އޭގެ ތެރެއިން ޓޯކިޔޯގައި 290،300 މިލިއަނަރުން އުޅޭ ކަމަށް ދައްކާއިރު ސެން ފެރެންސިސްކޯ ބޭ އޭރިއާގައި 285،000 މިލިއަނަރުން އުޅޭ ކަަމަށް ދައްކައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ސިޓީސް ރިޕޯޓް 2023 ގައި ދުނިޔޭގެ ނުވަ ސަރަހައްދެއްގެ 97 ސިޓީ ހިމެނެއެވެ. އޭގެ ތެރޭގައި އެފްރިކާ، އޮސްޓްރޭލިއާ، ސީއައިއެސް، އިރުމަތީ އޭޝިއާ، ޔޫރަޕް، މެދުއިރުމަތި، އުތުރު އެމެރިކާ، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ސިޓީތައް ހިމެނެއެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިކަމުގެ ހަބްތައް ހިމެނޭކަން ފާހަގަކޮށްލެވެެއެވެ.

މީގެ ތެރޭގައި އެމެރިކާގެ ހަތަރު ސިޓީއެއް ހިމެނޭއިރު، އޭގެ ތެރޭގައި ނިއު ޔޯކް، ދަ ބޭ އޭރިއާ، ލޮސް އެންޖަލަސް، ޗިކާގޯ ހިމެނެއެވެ. ޗައިނާގެ ދެ ސިޓީއެއްވެސް މި ލިސްޓްގައި ހިމެނެއެވެ. އެެއީ ބެއިޖިންގ އާއި ޝަންހާއީއެވެ.

މިއަހަރުގެ ލިސްޓުގެ ހަތަރު ވަނައަށް ލަންޑަން ވެއްޓިފައިވަނީ 258،000 މިލިއަނަރުންނާއެކު ގައެެވެ. އެ ލިސްޓުގެ ފަސް ވަނައިގައި އޮތީ 240،100 މީހުންނާއެކު ސިންގަޕޫރެވެ.

ލަންޑަން ވެފައި ވަނީ 2000ގައި އެންމެ މިލިއަނަރުން ގިނަ ސިޓީއަށެވެ.

ދުނިޔޭގައި އެންމެ ގިނަ މުއްސަނދިން އުޅޭ ނިއުޔޯކް ސިޓީގައި 340،000 މިލިއަނަރުންނާއި 724 ސެންޓީ މިލިއަނަރުންނާއި 58 ބިލިއަނަރުން ދިރިއުޅޭކަމަށް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުއްތުނާ

    ގާސިމް އިބްރާހިމްވެސް ؟؟؟

    3
    1
  2. Anonymous

    ރާއްޖޭގައި މިލިޔަނަރުންގެ އަދަދު 3000 މައްޗަށް އަރާ ގިނައީ ޑްރަގު ޑީލަރުން މިބުނީ ދިބެހި ފައިސާއިން ވާހަކަ