ދުނިޔޭގައި އެންމެ ދިގު ފިރިހެނުން އުޅޭ ގައުމުތައް ހާމަކޮށްފިއެވެ.

1996 ވަނަ އަހަރު ޔޫރަޕްގެ ގައުމެއް ކަމަށްވާ ނެދަލޭންޑަށް އުފަންވި ފިރިހެނުންގެ ތެރެއިން އެވްރޭޖްކޮށް ފިރިހެނުންގެ ދިގު މިނުގައި 182.54 ސެންޓިމީޓަރު ހުންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ގާތްގަނޑަކަށް 6 ފޫޓާއި އެއްވަރުގެ އަދަދެކެވެ.

އެހެންކަމުން އެ ގައުމަކީ ދުނިޔޭގައި ތިބި އެންމެ ދިގު ފިރިހެނުން ދިރިއުޅޭ ތަނަށް ވުމުގެ ރެކޯޑް ވަނީ ލިބިފައެވެ.

އެ އަހަރު އުފަންވި އިނގިރޭސިވިލާތަށް ނިސްބަތްވާ އާދައިގެ ފިރިހެނުންގެ ދިގުމަކީ 177.49 ސެންޓިމީޓަރު ނުވަތަ ގާތްގަނޑަކަށް 5 ފޫޓް 10 ސެންޓިމީޓަރު ކަމަށް ބުނެފައި ވެއެވެ.

އެމެރިކާގެ ފިރިހެނުންނަކީ އެވްރެޖްކޮށް 177.13 ސެންޓިމީޓަރުގެ ދިގު މިނެއް ހުންނަ ބައެއް ކަމަށްވެސް ބުނެފައި ވެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ބެކްޑް ޕްލެޓްފޯމެއް ކަމަށްވާ އަވާ ވޯލްޑްގެ މި ޕްރޮގްރާމުގައި އެތައް މިލިއަން ބައިވެރިން ބައިވެރިވެފައި ވެއެވެ.

އަވާ ވޯލްޑް އިން ޑޭޓާ ޓީމުން އެ މީހުންގެ ނަތީޖާ ހިއްސާކުރަމުން ލިޔެފައި ވަނީ "ކުޑައިރު ނިއުޓްރިޝަން ދަށްވުމާއި ބަލިޖެހުމުން އިންސާނުންގެ ހެދިބޮޑުވުމަށް އަސަރު ކުރާ" ކަމަށެވެ.

ދުނިޔޭގައި އެންމެ ދިގު ފިރިނުން އުޅޭ ފަސް ގައުމު

ނެދަލޭންޑްސް (182.54 ސެންޓިމީޓަރު)

ބެލްޖިއަމް (181.70 ސެންޓިމީޓަރު)

އެސްޓޯނިއާ (181.59 ސެންޓިމީޓަރު)

ލެޓްވިއާ (181.42 ސެންޓިމީޓަރު)

ޑެންމާކް (181.39 ސެންޓިމީޓަރު)

ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނި ގޮތުގައ މިހާތަނަށް ދިރިއުޅުނު ދުނިޔޭގެ އެންމެ ގިދު މީހާއަކީ 272 ސެންޓިމީޓަރު (8 ފޫޓް 11) ހުރި ރޮބަޓް ވަޑްލޯއެވެ.

މިއަދުވެސް ދިރިހުރި ދުނިޔޭގެ އެންމެ ކުރު މީހާއަކީ 65.24 ސެންޓިމީޓަރު (2 ފޫޓް 2) ހުރި އަފްޝިން ގަދަރުޒާދާއެވެ.