މިރޭ މަގްރިބް ނަމާދު ވަގުތު މާލޭ އަމީރު އަހުމަދު މަގުގައި ހުންނަ މަސްޖިދް އަލް އިސްކަންދަރު އަށްް ވަދެ އެމިސްކިތުގައި ނަމާދުކުރަން ތިބި މީހުންނަށް ހަމަލާދޭން ބިދޭސީ އަންހެނަކު މަސައްކަތް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްކިތައް ވަދެ ނަމާދަށް ތިބި މީހުންނަށް ހަމަލާ ދޭން މަސައްކަތް ކުރީ ހުޅަނގުގެ ގައުމަކަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ކައިރީގައި ބިދޭސީ ދެފިރިހެނަކު ވެސް ހުއްޓެވެ. ނަމަވެސް ފިރިހެން މީހާ މިސްކިތައް ވަން ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި އޭނާ އަމީރު އަހުމަދު މަގުން ހުޅަނގުން އިރަށް ދުވެފައި އައިސް އެ މިސްކިިތައް ވަންނަމުން މުސްލިމުންނާ މުހާތަބުކޮށް ހުތުރު ބަސްތައް ވެސް ގޮވަމުން ދިޔައެވެ.

"ފކނ މުސްލިމްއޭ ކިޔާފައި ދުވެފައި އައިސް މިސްކިތައް ވަނީ." މަންޒަރުދުއް މީހަކު ބުންޏެވެ.

ނަމަވެސް އޭނާ މިސްކިތައް އެރި ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިކުނޑި ހަމަނުޖެހޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށުން މިރޭ އޭޑީކޭ އަށް ގެންދެވިފައިވާ ކަމަށެވެ.

"އޭޑީކޭ އަށް ފަރުވާ ދިނުމަށް ގެންދެވުނު ސިކުނޑި ހަމަނުޖެހޭ މީހަކު އޭނާގެ އެހީތެރިންނަށް ނުކިޔަމަންތެރިވެ އެތަނުން ނިކުމެގެން ގޮސްފައިވޭ. އެހެން އުޅުމުގެ ތެރޭގައި މިރޭ 19:08 ހާއިރު ސޯސަން މަގާއި އަމީރު އަހުމަދު ގުޅުނު ސަރަހައްދުން ފުލުހުންގެ ބީޓަކާއި ވުމުން އޭނާ އަނބުރާ އޭޑީކޭ އަށް ގެންދިއުމުގައި އެހީތެރިވެފައިވޭ. އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުންގެ ވެހިކަލްގައި ވަނީ އަނބުރާ ހޮސްޕިޓަލަށް ގެންދެވިފައި." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިއީ ނަމާދަށް ތިބި ބަޔަކަށް ހަމަލާދޭން ރާއްޖޭގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ކެޔޮޅު

    ކޮންތާކު ތީހަމަ މިހާރުގެ ސިޔާސަތާ ގުޅިގެންވާކަންކަން ކީއްވެތަ ބޯހަމަނުޖެހިގެންގޮސް ހޮޱަލަކއް ނޫނީ ގެޔަކައްނުވަނީ އެވަރުގެމީހަކު ދޫކޮއްލާފަ މީހަކުނުހުންނާނެ!!

    124
    3
  2. ތައްހާނު

    މުސްލިމުންނަށް ހަމަލާ ދޭން މީހަކު އުޅެފިއްޔާ އެމީހަކީ ބޯހަމަ ނުޖެހޭ މީހެއް ލާދީނީ ބަޔަކަށް ހަމަލާއެއް ދީފިނަމަ އެއީ ޓެރެރިސްޓެއް ވަޓަ .ކ

    168
  3. ޖުހަ

    ސަޅިއެއްނުން ވެލިޒިނީވެސް ބޯހަމަނުޖެހޭދޯ

    123
    2
    • Anonymous

      މުސްލިމުންނަށް ހުތުރު އެއްޗެހި ކިޔުމުން ޑިފެންސްއަށް ސިކުންޑި ހަމަނުޖެހޭ ބުނެ އެމީހަކަށް މިގައުމުގެ ސަރުކާރުން ރައްކާތެރިކަން ދޭނެ.

      110
      1
  4. ކެޔޮޅު

    މިދާގޮތައް ދާކަމައްވަންޏާ އަދި މިޔައްވުރެވެސް މާބޮޑެތި ކަންކަން ހިނގާނެ ދިވެހި މުސއލިމުން ފިސާރިސާބިތުވެ ކެރިގެން ހޭއަރާތިބެންޖެހޭނެ!!

    134
    2
  5. ކެކެ

    އެމީހާ ސިކުނޑި ހަމަ ނުޖެހޭ، މުސްލިމަކު އެމީހުން އަޅުކަން ކުރާ ތާކަށް ވަތް ނަމަ ވާނީ ޓެރަރިސްޓަކަށް، މި ލާދީނީ ސަރުކާރަށް ވެސް ތިއޮތީ ހަމަ އެގޮތަށް ސިފަވެފަ، އެޖެންޑާ 19 އަށް ހަމަ ސާބަސް

    116
    1
  6. އިބްރާހީމު

    އެބަ ރަނގަޅުވޭ. ދެން އޭނައަށް އިސްލާމިކް މިނިސްޓްރީގެ ޑައިރެކްޓަރުކަން ދީ. މި ފެށެނީ ކުޅިސަމާ.

    108
    1
  7. ހުދުހުދު

    މިހާރުން މިހާރަށް ތި މީހާ ޑީޕޯޓް ކޮށްލާ. އަހަރެމެންގެ ގައުމުގައި އެމީހުން ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. މިސްކިތަށް ހަމަލާ ދޭން އުޅުނީމަ ބޯހަމަ ނުޖެހޭ މީހަކަށް ވަނީ

    108
    2
    • އަޙްމަދު

      ޑީޕޯރޓް ކޮށް މިނިވަންކޮށްގެން ނުވާނެ. ޖަލުގަ ހައްޔަރު ކުރޭ.

  8. ޛޮންބެ

    ކޮބާ އަންނި؟ އެމީހާ ސަލާމަތް ކޮއްގެން ހިމާޔަތް ނުދޭ ތަ؟

    94
    1
  9. ދުއްތުރާ

    ފުލުހުން އިސްތައްޓޭ ބުނީމަ އިސްތަށި.

    92
  10. ބަރުގޮނު

    ތިޔައީ ބޯ ހަމަނުޖެހޭ މޮޔައެއްކަމަށް މުޅިން ނިންމުމަކީ ދޯދިޔާކަމެއް. ވިސްނުމުގައި ބަހައްޓަންވީ ތިޔައީ ބޯ ހަމަނުޖެހޭ ގޮތް ދައްކައިގެން އުޅުނު ނުރައްކާ މީހެއްކަމަށް. ދުނިޔޭގައި މިހާރަކަށް އައިސް މިސްކިތްތަކަށާ އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަނަށް ޙަމަލަ ދިނުމަކީ ޢާންމުވަމުން ދާކަމެއް. ރާއްޖޭގައި މިހާތަނަށް އެފަދަ ކަމެއް ނުހިގާ އޮތުމަކީ ނުހިގާނެ ކަމަށް ބަލަންޖެހޭ ކަމެއްނޫން.

    80
  11. ދޮގެއް؟

    ތިވާނީ "ތަޅާނެ ކުދިންކޮޅު" ގެ ލީޑަރު ފޮނުވި މީހަކަށް

    80
  12. ކިނބޫ

    މިސްކިތަށް އަރާ ނަމާދު ކުރާ މީހުންނަށް އަދަބު ދިނުމަށްޓަކާ ކަމާބެހޭ ކޮމިޝަނުްގެ ވަޒީފާ ދީފަ ހުރި މުވައްޒަފަކަށް ވާނީ.

    71
    1
  13. ކީކ ެ

    ނިއުޒިލޭންޑް ޙާދިސާ މަތިން ހަނދާންވަނި. ހަމަނުޖެހޭ މީހެކޭ "އެމީހާ މިސްކިތަށް ވަންނަމުން މުސްލިމުންނާ މުހާތަބުކޮށް ހުތުރު ބަސްތައް ވެސް ގޮވަމުން ދިޔައެވެ." ހަމަނުޖެހޭ މީހާއަށް ސީދާ މުސްލިމުންނާތަ ދިމާކުރަން އެނގުނީ. ތިއީ ހަޤީގަތްކަމަށް ޤަބޫލުކުރަން ވަރަށް ދަތި. ޢަމުދުން މިވެރިކަމުގަ...

    126
    2
  14. ފުރަ

    އަހަންނަށް ހީވަނީ މިހާރު މިޤައުމުގެ ފުލުހުންވެސް ހަމަނުޖެހޭހެން ޚާޞަކޮށް އެމް ސީ ޙަމީދު ބޯގަޅި

    85
  15. ގާޒީ

    ތިދެންނިމުނީ އޭގެންމީހަކު ކަމެއްކޮއްފިއްޔާ އެއީ މޮޔައެއް މުސްލިމަކު ނޫން ގޮތަަކަށް ބަލާލެވުނަސް ޓެރަރިސްޓެއް!

    72
    1
  16. ޢަލީ

    ހުޅަނގު މީހުން ގެންގުޅޭ އުސޫލެއް އެއީ. ދޮންކާފަރަކު މުސްލިމަކަށް ހަމަލަދޭން އުޅެފިތަ ނުވަތަ ހަމަލަދީފިތަ އެއީ ސިކުނޑި ހަމަނުޖެހޭ މީހެއް. މުސްލިމަކު ކާފަރަކަށް ހަމަލަދީފިތަ އެއީ ޓެރަރިސްޓެއް... ދެން ހަމަ ހިނިއަންނަނީ މި ދޮންކާފަރުން ސިކުނޑި ހަމަނުޖެހިގެން ކުރާހާވެސް ކަމަކީ މުސްލިމުންނަށް ހަމަލަދީ ޓެރަރިޒަމްގެ ޢަމަލު ހިންގުން. މި ބައްޔަށް ކިޔާނެއް ނަމެއްވެސް ބަހުގެ އެކަޑަމީއަށް ގުޅައިގެން ހޯދަންވެއްޖެ.

    66
    1
  17. Anonymous

    ހަމަ ހުޅަނގުން ބުނާކަހަލަ ވާހަކަ. ސިކުނޑި ހަމަނުޖެހެމިއްޔޯ.! މީހަކު މޮޔައެއނުވާނެތަ!!

    62
    1
  18. ...

    އަހަރެމެން، ސައްތަ އިން ސައްތަ މުސްލިމް ކަމަށް ބުނާ ޤައުމުގަ، އަހަރެމެން ދިވެހި މުސްލިމުން މިއަދު މި ޖެހުނީ އަމިއްލަ ފަސްގަނޑުގަ، އެހެން ދީން ތަކުގެ މީހުންގެ ނުރައްކަލާ ކުރިމަތި ލާން. ކުރިން އެކަން އޮތީ ފިކުރީ ކޮށް. މިހާރު ހަމަ ސީދާ އަމަލުން....
    އަހަރެމެން ދިވެހިން، އަމިއްލަ ފަސްގަނޑުގަ މިއަދު މިތިބީ ބީރައްޓެހިންގެ ގޮތުގަ، އެހާވެސް ނިކަމެތި ހާލުގަ ކަން މިއަދު އިހުސާސް ކުރެވެން ފަށައިފި.

    63
    1
  19. Anonymous

    މިއީ މިސަރުކާރުން ރާވައިގެން ހިންގާ ޖަރީމާ. ތިބޭ ޤފިލުބދިވެހިން ހޭޗެރިކަންވާނީ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަން ފެށީމަ. ދީނަކީ ދިވެހިން ލޯބިވާ އެެްއްޗެއްނޫން. އެރައްކާތެރިނުކުރާނެކަމަށް ފާޅުގައިވަނީ ބުނެފަ. އެކަމަކު ފުރާނަ ސަލާމަތް ކުރަންޖެހޭނެ. އެހިސާބުން ސަހަރޯވެރިވާނެ. ތިބޭ ނިދާފަ.

    53
    1
  20. ތަރުފާލު

    ދުނިޔެއިން މޮޔަވެފަހުރި ޔޫރަޕުގެ އަންހެނަކު ޑޮކްޓަރަށްދައްކަން ގެންނަނީ ދިވެހިރާއްޖެއަށް؟ ޑޮކްޓަރަށްދަނީ ދެފަރާތުގަ ދެފިރިހެނުން ތިބެގެން މާލެތެރޭ ބުރެއްޖަހާފަ؟

    62
    1
  21. ފަޅުވެރި

    އެބަޔަކު ދަންނަ ބަހުރުވައަކުންތާ އެބަޔަކާ މުއާމަލާތް ކުރާނީ. ނަސީބެއްތާ އެމީހާ ޖާނުން ފިދާ ނުވިކަން.

    38
    10
  22. Anonymous

    ބޯކަނޑާލަންވީ

    32
    3
  23. ދަރަނި

    ތިމީހާއަށް އަވަހަށް ދޮންބަންޑާރައިންގެ ލަގަބުއަރުވާ ތިޔަމީހާތިކަންކުރީ ކެނެރީގޭ ނަޝީދުބުނެގެން އެހެންނޫނީ ހުޅަނގުގެ ކުރިސްޓިއަނަކަށް ރާއްޖޭގައި ތިފަދަ ފިނޑި އަމަލެއްކުރާކަށް ނުކެރުނީސް.

    50
  24. މާމިގިލީ މީހާ

    ބޮން ހިފައިގެން މިތާގެ މިސްކިތްތައް ގޮއްވާލާން ވެގެން ތިޔަ އުޅެނީ. ޑީޕޯޓް ކޮއްލާ.

    18
    1
  25. އައިސީ

    ހީނުކުރައްޗޭ ރައްޔިތުން މަޑުން ތިބޭނެކަމަށް. ސީރިޔަސްކޮށް މިބުނީ ރައްޔިތުން ހެވަކަށް އެދި ހޮވި ސަރުކާރަށް ރައްޔިތުން ނިކުމެ ނޫނެކޭ ބުނާހިސާބަށް މިދަނީ.

    26
    2
    • ޖާހިލިއްޔަ

      ކޮން ރައްޔަތުންނެއްތަ؟ ރައްޔަތުން އެބަ އުޅެންތަ ކަލެއާއެކު ނުކުމެ އިންސާނުންގެ ބޯބުރިކުރަމުން މަރަމުން ކަނޑުފައްތަމުން ދުވާކަށް؟ ތިޔަ ޖާހިލިއްޔާގެ ގާނޫނު ހިންގަން އަވަސްގޮތަކަށް އަފްގާނު ބޯޑަރަށް ދުރުވޭ.

  26. ނަންނި

    މިއީ ދިވެސްސަކު ކުރިކަމެއްނަމަހީ ޕޮލިހުން އެމީހެއްގެ ގައިން ތެޔޮހަން ނަގާނެވަރުގެކަމެށް ނޫތާ؟ ފަރަންޖީޔެށް ވީމާ އެބޯހަމަ ނުޖެހުނީވެސް ކިހާއިންސާފު ދޯ؟ ހަހަހަހަހަަހަހަ

    23
    1
  27. ޗާލު

    އޭނާ ވަގުތުން މޮޔަވީ. ވެެލެޒިނޭގެއާއި ތި މީހާ ހަވާލުކުރޭ. އޭނަވެސް ރަސޫލާއަށް ފުރައްސާރަކުރީމަ މޮޔަމީހަކަށް ވެއްޖެ. ދެން މި ރާއްޖޭގަ ހާދަ ލާދީނީ މޮޔައިން އުޅޭނެތާ. ބޮޑު ސޯބު ިއންނާނެ އަމިއްލަ މަޖްލިހުގަ އުސް ސްޓޭޖެއްގަ ބޮޑު ގޮނޑިއަކަށް ވެޑުވިގެން

    21
    1
  28. ތައްބެ

    ބޯހަމަނުޖެހޭ ކިޔާނެކަމެއްނެތް ތިޔައީ ޔަހޫދީންގެ ނުލަފާކަން ގެންގޮސް ބްރިޖު މަތިން ކަނޑަށް އެއްލާލަ!

    19
    1
  29. ދޮންބެ

    ޣައިރުމުސްލިމަކު ކުށެއް ކޮއްފިއްޔާ އެއީ ބޯހަމަނުޖެހޭ މީހެކެވެ. މުސްލިމަކު ކޮށްފިއްޔާ އެއީ ޓެރަރިސްޓެކެވެ.

    20
    1
  30. ކކކކ

    ތިކަހަލަ ކުނި ބުނި ރާއްޖެ އަންނާނެ އަގުހެޔޮ ގެސްޓް ހައުސްތައް ގިނަވާ ވަރަކަށް

    20
    2
  31. ޜައްޔިތުމީހާ

    ސީދާ އަންނިގެ ކަމަކަށް ވާނީ ، ހިތުންވަރަށް ފޮނިވެފައި އެތިބެނީ 65 މެމްބަރުން ލިބިގެން. .މާއްމައްޗަށް ކަންތަށް މިހާރުމިދަނީ މިދާވަރުން ދާނަމަ ރައްޔިތުން ނުކުމެ މިބައިގަނޑު ހަވަރަށްދޭތަން ފެންނާނީ ކުރިން ފަހަރު 3 އަހަރު ދޮޅުއަހަރު ތޯއްޗެއްވާނީ. ޢަވަދުވެސް ދީނާކުޅެންއުޅޭނީ

    24
    1
  32. Anonymous

    ޢެމީހާއަކީ މޮޔައެއްކަން ނޭގޭނީ ވެސް މޮޔަބަޔަކަށް ދޯ.

    11
    4
  33. އަޙްމަދް

    އެމްޑީޕީ މީހުން ވަރަށް އުފާވާނެ!

    20
  34. ސާފު

    ޢެމީހާއަކީ މޮޔަ މީހެއްކަމަ ބުނުމުން އެކަމާ ފާޑު ކިޔަން އުޅޭ މީހާ އަކީ ވެސް މޮޔަ ބައެކޭ ބުނެވިދާނެ. އެމީހާ އެކަނި ގޮތްނޭގޭ ބައެއްގެ ބާރުގެ ދަށުގާ ހުރެގެން އެފަދަ ގޮތަކަށް އެމީހުންގެ ޖަޒްބާތް ހޫނުވާނެ ކަމެއް ކުރާނީ މޮޔައެއްކަން ވަރަށް ސާފު

    5
    15
  35. މީހާ

    ކޮން ރިޕޯޓެއް ބަލާފަތޯ އެމީހާ ސިކުޑި ހަމަނުޖެހޭ މީހެއްގޮތަށް ނިންމީ؟ ހަމަ ތަނަކުން މީހަކު ފެންނަ އިރަށް ނިންމޭތަ އެގޮތަށް؟ އަދިވެސް ސިއްރު ކުރަން އުޅޭ......

    17
  36. ބޮލި މުލައް

    ހުޅަނގުގެ ޤައުމަކަށް ނިސްބަތްވީތީ އަޅާނެ ފިޔަވަޅެއް ނޯންނާނެ.
    އިސްލާމްދީނަށް ފުރައްސާރަކޮށްފިއްޔާ ސިކުނޑި ހަމަނުޖެހިގެން ބަލަ ނަސީދު ސިކުނޑި ހަމަނުޖެހޭކަމަށް ފުލުހުން ބުނެބަލަ،

    16
  37. ދދދދދދ

    އިސްލާމްދީން ގަބޫލު ނުކުރާ އެންމެންނަކީ މޮޔައިންކަން އަހަރުމެން ދަންނަމު. އެކަން ނޭނގެނީ ކަލޭމެންގެ ބާގައި މީހުންނަށް. ނިކަން ރަނގަޅަށް ތިކަން އެމީހުންނަށް އަންގައިދޭންވީނު.

    15
    1
  38. ކޮރަލް

    ފުލުހުން ވާނުވާ ބަލަމުން ގެންދަން ޖެހެއެވެ. އޭނަ ގެ ފަރާތުން ތިޔަކަން ތަކުރާރު ވާނަމަ ފުލުހުން ޒިންމާވާން ޖެހެއެވެ.

    10
  39. ހުސެން

    ހަނދާންވޭތޯ މިހާރު މަޖުލީހުގެ ނާއިބު ރައީސް އީވާ ވެލެޒިނީ އިސްލާމްދީނަށް ފުރަސްދާރަކުރި މައްސަލާގައި ރާއްޖެ އައުމާއެކު ހައްޔަރުކުރުމުން ފުލުހުންނަށް "ސިކު " އޭ ކިޔާފަ ޓްވީޓުކުރި އަދި އޭގެ ފަހުން އޭނާ ވީ ބޯހަމަނުޖެހޭ މޮޔައެއްގެ ގޮތުގައި.މިހާރު މި ފަތުރުވެރިޔާ މިވީ ހަމަ މޮޔައަކަށް .މިއީ ރޭވިގެން ކުރެވޭ ކުރަމުންދާ ކަންތަކެއް.ބޭރުގެ ކަރަތަކުގައި ވެސް މިކަހަލަ މީހުން ގޮސް މުސްލިމުން މަރާކޮށައި ކާލިޔަސް އެވާނީ މޮޔައަކަށް .ތިއީ އަނެއްކާ އަނެއް ވެލެޒިނީ.ރައްޔިތުން މިތިބީ ނިކަން ރަނގަޅަށް ލޯސާފުކޮށް ބަލަން މި ކުޅިވަރުތައް.ވަގުތު ޖެހުނީމާ ރަޑޭ ރަޑޭ ނުކިޔާތި

  40. ޖަހުލު

    އޭނާ މޮޔައަކަށްވީކަން ރަނގަޅެއްނު. އެހެން ނޫންނަމަ ޖާނުން ފިދާވެ ބުރުއްސާލާނީ ކިތައް މީހުންކަން ވެސް ނޭނގެއެއްނު؟

    3
    4
  41. އަހަރެން

    އަހަރެން ކޮމެންޓެއް ނުޖަހައިގެން މިއުޅެނީ މިތާ ޖަހާނީ ޖާހިލުންގެ ކޮމެންޓްތައް އެކަނިކަން އެނގޭތީ. އެކަމަކު ބުނަން. ބޮންގޮއްވައި މީހުންމެރުމަކީ އިސްލާން ދީނުގެ ތެރޭން ފާވެގެން އުޅޭ ވަބާއެއް.

    1
    7
  42. و

    سبحان الله މި ލޮބުވެތި ވަތަން الله سبحانه وتعالى ރައްކާތެރި ކޮއްދެއްވާ ފާދޭ

    6
    1
  43. ވާނުވާ

    މިދިވެހިންނަކީ ދެން ހުރިހާ ކަމަކަށް އެންމެ މޮޅު ހުރިހާ ކަމެއް އެންމެ މޮޅަށް ދަންނަ މީހުން. ތަނެއްގަ އެއްޗެއް ލިޔާއިރަށް ކޮމެންޓް ކުރަންޖެހޭ އެކަމާބެހޭ އެއްޗެއް އެނގުނަސް ނޭގުނަސް. ކީއްކުރާނީ މީހުން މާބޮޑަށް ތަހުޒީބުވެފަ މިވަނީ.