ރިސޯޓް މުވައްޒަފުންގެ ހައްޤުތައް ކަށަވަރުކުރުމުގައި، ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ހިންގަމުން އަންނަ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުގައި މުވައްޒަފުންތަކެއް މުޒާހަރާކުރަމުންދާ މައްސަލަ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މަނަފަރުގައި މިހާރު ހިނގަމުންދާ ކަންކަން ޓޫރިޒަމް މިނިސްޓްރީން ގާތުން ބަލަމުންދާ ކަމަށެވެ.

"މަނަފަރު ކޭސް، ޓޫރިޒަމް މިނިސްޓްރީން މިދަނީ ގާތުން ބަލަމުން. ރިސޯޓް މުވައްޒަފުންނާ މެނޭޖްމަންޓުގެ ހައްޤުތައް ކަށަވަރުކުރުމުގައި މި ސަރުކާރު ފަހަތަކަށް ނުޖެހޭނެ" މިނިސްޓަރ އަލީ ވަހީދުގެ ޓްވީޓުގައި ވެއެވެ.

އަދި މެނޭޖްމަންޓުގެ ކޮންމެ ނިންމުމެއް ނިންމާނީ މިނިސްޓަރަށް ނުވަތަ މިނިސްޓްރީއަށް އަންގާފައި ނޫން ކަމަށާއި، އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށްވާއިރު، މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައި ހިސާބުން ފަށައިގެން މަޝްވަރާކޮށްގެން ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު އިތުރަށް ވިދާޅުވީ، ސަރުކާރުން ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށާއި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް މުވައްޒަފަކަށްވިޔަސް އަދި މެނޭޖްމަންޓަކަށް ވިޔަސް ގެއްލުންވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީއަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި ރާއްޖެއަށް އަދި ކޮންމެ ރައްޔިތަކަށް އަސަރު ކުރާނެ ކަމަށް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާއަހުމަދު

    މިނިސްޓަރަށް އެގޭބާ ރާއްޖޭގައި އޮންނަނީ ކިތައް ރިސޯޓުކަން -ރިސޯޓު ވަޒީފާގައި ކިތައް% ދިވެހިން ތިބެންޖެހޭކަން -ސާވިސްޗާޖު ނަގާކަން އެލިބެނީ ކިތައް މުއައްޒަފުންނަކަން -ރިސޯޓުގައި ހުންނަނީ ކިތައް ކޮޓަރިކަން ތިބެނީ ކިތައް ރޫމް ބޯއިކަން.....؟

    22
  2. ޢަބްދުﷲ ސަޢީދު

    ކަމެއް ކުރައްވަން ބޭނުންފުޅުވާނަމަ، އެފުރުޞަތުވަނީ، ލިބިފައެވެ. ރައްޔިތުން އެދެމުންދަނީ، މުޖުތަމަޢަށް ފައިދާހުރި ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދެއްވުމެވެ. އެއްވެސްކަމެއް ނުކޮށް ދެއަތްއުރާލައިގެން ނުހުންނެވުމެވެ.

    16
  3. އަލީ

    ކޮބައިތޯ ނޮވެމްބަރ 3 ގައި ޝަހީދު ވީ މީހުންގެ ޙައްގުތަށް؟ ބަސްފުޅެއްވިދާޅުވެ ބައްލަވާ.

  4. ދިސްވޭއޭ

    އެހެންވެ ދޯ އަލަށް ހުޅުވާ ރިސޯރޓްސް ތަކުގައިވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅިން ނަށް ރިސޯރޓްތަކުން ކުޑަ މުސާރައިގައި ވަޒީފާ ދެނީ ސްޕެށަލީ އިޓަލީ މީހުން ހިންގާ ރިސޯރޓްސް ތަކާއި ލަންކާ މީހުން ހިންގާ ރިސޯރޓްސް ތަކުގައި ދިވެހިން ނަށް އެއްގޮތަކަށް ވެސް ވަޒީފާ އެއް ނުދެނީއޭ...

  5. ޤަމަރު

    މީނަގެ ފެންވަރު ދެއްކުމަށް އަގައިން ކަންކޮށް ނިންމާތާ 8 މަސްވީއެވެ. ރައީސް ޔާމީން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކޮށްފައި ދޫކޮށްލިކަމެއް ނޫނީ ފެންނާކަށް ނެތެވެ. މީނަ މަހުންމަހަށް މުސާރަނަގާ ދިދަޖެހިކާރުގައި އަޗާތަޅަން ފުރުޞަތު އެއޮތީ ރައީސް ޔާމީންގެ މަސައްކަތުންނެވެ. ލަދުވެސް ނުގަނެއެވެ.

  6. އަވިކުޑަ

    ކަލެޔައް ހިމާޔަތް ކޮއްދެވޭނީ ހަމަ އެކަނި 3 އޭ ގެ އޯނަރުން ގެ ހައްގު. ބޫން ބޫން

  7. ޔަޤީނޭ

    ސަރުކާރުން އެބަ ޖެހޭ މިހާރަށް ވުރެން ޒިންމާދާރު ގޮތުގައި ކަންކަން ކުރަން އެގޮތުން ރިސޯރޓްސް ތަކުގެ ޕްރޮޖެކްޓް ހިންގާ ގޮތް ރަނގަޅަށް އިންސްޕެކްޓް ކުރުމަށް ޓަކައި ސިފައިންގެ ބެލުމުގެ ދަށުން ސިފައިންގެ 6 މީހުން ރިސޯރޓްސް ތަކުގައި ތިބެގެން އެބަޖެހޭ ރިސޯރޓް ތަރައްޤީކުރަން އެއިރުން ދާ ޚަރަދަށް ވުރެން ބޮޑަށް ސަރުކާރަށާއި ގައުމަށް ލިބޭ ފައިދާ ބޮޑުވާނެ ކަން ޔަޤީން ކަށަވަރޭ...

  8. ކަށަވަރޭ

    ޓޫރިޒަމް މިނިސްޓްރީން ރިސޯރޓްސް ތަކަށް ލައިސަންސް ދޭން އެމިނިސްޓްރީން ދަނީ މީހުންގެ ކިރުބޯ ޅަދަރިން އެމެން ރިސޯރޓްސް ތަކަށް ދިއުމުން އެމެންނަށް އޮޅުވާލާ މަކަރާއި ހީލަތުން ރިސޯރޓް އޯނަރުން އޮޕަރޭޓިންގް ލައިސަންނސް ހޯދަނީ މިކަންކަމަކީ އަމިއްލަ ކުންފުނި ތަކަށް ރިސޯރޓް ޕްރޮޖެކްޓް ސްޓޭޖުން ފެށިގެން އިންސްޕެކްޓް ކުރަން ދޫކޮށްލާ ސަރުކާރުން މަންތްލީ ރިޕޯރޓްސް ތައް އެނެލައިސް ކުރާ ގޮތް ހަދަންވީ ރިސޯރޓް ގައި އަބަދުވެސް އަމިއްލަ ކުންފުނި ތަކުގެ މީހުން އިންސްޕެކްޓް ކުރަން ތިބެންވީ ޕްރޮޖެކްޓް ސްޓޭޖްގައި ވެސް އަދި އޮޕަރޭޓިންގް ސްޓޭޖްގައިވެސް މިހެން ހަދައިފިނަމަ ސަރުކާރު އަތުން މިކަމަށް ދާ ޚަރަދަށް ވުރެން ބޮޑު ފަެިދާ އެއް ގައުމުގެ އިކޮނޮމީ އަށް ވާނެ ކަން ޔަގީންވެ ކަށަވަރޭ..

  9. ބަލާބަލަ

    ފުރަތަމަ ކަމަކީ ރިސޯރޓްސް ތަކުގައި ވަޒީފާ އަދާ ކުރާ ދިވެހިންގެ އަދަދު އިތުރު ނުކުރެވޭނެއޭ ރިސޯރޓްގެ އެޗް އާރު ޑިޕާރޓްމެންޓް ސަރުކާރުގެ ބެލުމުގެ ދަށަށް ނުގެނެސް އެއީ އުނޫންގޮތެއްގައި ވާނެ ކަމެއް ނޫން އިހަށް ދުވަހު ނަކައްޗާ އަށް މަހަކު 5 ހާސް ޑޮލަރަށް ގެންދިޔަ ލަންކާ މީހާ ގެންދިޔައީ އިއުލާނއ ވެސް ނުކޮށް..

  10. ކޮށްބަލަދެން

    ރިސޯރޓްސް ތަކުން އާންމު ރައްޔިތުންނަށް ލިބެން ޖެހޭ ނަފާ ނުލިބެނީ އެއީ ސީދާ ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ފިގަރސް ތައް ކަންކަން އޮޅުވާލާ އަބަދުވެސް ކުށްވެރިންނަކީ އެއީ ދިވެހި ރައްޔިތުން ކަަމަށް ދައްކާތީއޭ މީގައި ހުރިހާ ވެސް ގޯހަކީ ޓޫރިޒަމް މިނިސްޓްރީއޭ ކަން މިހެން ހުުރުމުން ޓޫރިޒަމް މިނިސްޓްރީން އެބަޖެހޭ މިފަދަ ކަންކަން ރަނގަޅު ކުރަން މިނިސްޓަރު އިސް ނަގަން މިނިސްޓްރީ އަށް ނުވާނެ އިންސްޕެކްޝަން ބަރާބަރަށް އެއީ ވާނެ ކަމެއް ނޫނޭ ޓޫރިޒަމް މިނިސްޓްރީން ރިސޯރޓްސް ތަކުގެ ޕްރޮޖެކްޓް އާއި އަދި ރިސޯރޓްސް ތަކުގެ އޮޕަރޭޝަން ސްޓޭޖް ގައި އިންސްޕެކްޓް ކުރަން ހަވާލު ކުރަންވީ ސިފައިންނާއި ހުރިހާ ކަމެއް ވެސް ޓޫރިޒަމް މިނިސްޓްރީ މަތިން ބަލަން ތިބީމާ ނިމުނީއޭ އެއިރުން އެކަމަށް ކުޑަ ކޮށް ޚަރަދު ބޮޑު ކޮށް ދިޔަ ނަމަވެސް އެކަން ކުރާތާ 2 އަހަރ ތެރޭގައި ރާއްޖޭން ފޮނި ނަތީޖާ ފެނިގެން ދާނެ ރާއްޖޭގެ 10 ހާސް ދިވެހިންނަށް ފުރަތަމަ ދެ އަހަރު ދުވަހު ރިސޯރޓްސް ތަކުން ރަނގަޅު ވަޒީފާ ލިބިގެން ދާނެ ޖީއެމްގެ މަގާމް ތަކަށް ވެސް ދިވެހިން ވެގެން ދާނެ ކަން އެއީ ޔަގީންވެ ކަށަަވަރުވާ ކަމެކޭ..

  11. ކުރެވޭނެއޭ

    ރާއްޖޭން ބޭރުގެ އިންވެސްޓަރުން ރިސޯރޓްސް ތަކަށް އިންވެސްޓް ކުރުމުގެ ބޭނުމަކީ އެންމެ ބޮޑަށް ޖޮބްސް ކްރިއޭޓް ކުރުމޭ މިހާރު ވެސް މާލެ އަތޮޅުގައި ސިންގަޕޯރ ގެ ކުންފުންނަކުން ވަރަށް ވަރުގަދަ އިންވެސްޓްމެންޓެއް ތުލުސްދޫ ކައިރީގައި އެބަކުރޭ ދިވެއްސަކަށް އެތަނުގެ ރަނގަޅު މަގާމެއް ދޭން އެތަނުގެ ބޮޑުން ބޭނުން ނުވޭ އެކަަމަކު އެމެން ބަހަނާ އަކަށް ދައްކަނީ ދިވެހިން ނުލިބެއޭ އެއީ ރޯ ބުހުތާނު ދޮގޭ މިފަދަ ކަންކަން އެބަޖެހޭ ސަރުކާރުން މޮނިޓަރ ކުރަން ސަރުކާރުން ވާރކް ވިސާ ދިނީމާ ދޯ އާދެވެނީ ވާރކް ވިސާ ދޭ އިރު މުސާރަ ދޭ އަދަދާއި ހުރިހާ އެއްޗެއް ބަލާ މަހަކު 500 ޑޮލަރަށް ވުރެން ބޮޑު މުސާރަ އެއް ދޭ ބޭރު މީހަކު ނަމަ ރައީސް އޮފީހުގައި އޮންނަ ކޮމެޓީ އަކުން ނިންމާ ވަޒީރުންގެ މަޖްލީހުން ފާސް ކޮށްގެން މެނުވީ ވާރކް ވިސާ ބޭރު މީހުންނަށް ނުދެވޭ ގޮތް ހަދަންވީ އެއިރުން މިކަން ކަން އެއްކޮށް ރަނގަޅު ވެގެން ދާން ރަނގަޅު މަގެއް ކޮށިގެން ދާނެއޭ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެން ޖެހޭނެ މިފަދަ ކަންކަމުގައި އިސް ނަގަން ފުރަތަމަ ވެސް...