މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމުމާ ގުޅިގެން އެ ރިސޯޓުގައި ފެށި ހަޅުތާލުގައި ބައިވެރިވި މުވައްޒަފުން ދެން އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ، ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ލިޔުމުން ދޭން ރިސޯޓްގެ މެނޭޖްމަންޓުން ތައްޔާރުވާން ފަށައިފިއެވެ.

މަނަފަރު ރިސޯޓްގެ ޖެނެރަލް މެނޭޖަރު ވްލެޑް ރޭސް މުވައްޒަފުންގެ ވައިބާ ގްރޫޕެއްގައި ވިދާޅުވީ އިހްތިޖާޖްގައި ބައިވެރިވި މުވައްޒަފުންނާއި އިހްތިރާމް ކުޑަވާ ގޮތައް މެނޭޖްމަންޓާއި މުއާމަލާތް ކުރި މުވައްޒަފުންނަށް ލިޔުމުން އިންޒާރު ދޭނެ ކަމަށާއި، އެކަން މިހާރު ކުރިއަށްދާ ކަމަށެވެ.

މުވައްޒަފުންނަށް ލިޔުމުން އިންޒާރު ދިނުމުން "ޤާނޫނީ އިމުގެ ތެރެއިން" މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ރިސޯޓަށް ފަސޭހަ ވެގެން ދާނެއެވެ. އެއީ ލިޔުމުން ތިން އިންޒާރު ދިނުމަށް ފަހު ވަޒީފާ އިން ވަކިކުރުގެ ބާރު ވަޒީފާ ދޭ ފަރާތައް ލިބިފައި އޮންނާތީއެވެ.

މަނަފަރު ރިސޯޓްގައި ކުރިއަށް ގެންދިޔަ ހަޅުތާލު ރޭ ވަނީ ހުއްޓާލާފައެވެ. ހަޅުތާލު ހުއްޓާލީ، މުވައްޒަފުން ވަކި ނުކުރަން މެނޭޖްމަންޓުން ނިންމުމުންނެވެ.

ހަޅުތާލު ހުއްޓާލީ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު މެދުވެރިއެއްގެ ރޯލް އަދާކުރައްވައިގެން ރިސޯޓްގެ މުވައްޒަފުންނާއި މެނޭޖްމަންޓާއި ދެމެދު ރޭ ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެވެ.

މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނޯޓިސް ފޮނުވީ މާލި ހާލަތު ދަށްވުމުގެ ސަބަބުން ކަމަށް އެރިސޯޓުން ފުރަތަމަ ބުންޏެވެ. ނަމަވެސް ފަހުން ބުނީ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމީ ރިސޯޓްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ސަރުކާރުން ޖެހި ސްޓަންޓެއް ތިކަަމަކީ.

    33
  2. ވިލާ

    ތިޔަކަހަލަގޮތަކަށް ވިލާގެ ބޮޑުރިސޯޓް ސަންއައިލެންޑް ދިވެހި މުއަށްޒަފުން ވަޒީފާއިން ވަކިކުރުމުގެ މާސްޓަ ޕުލޭނެއް ރާވަމުން އެބަގެންދޭ. މިކަންރާވާ ހިންގުމުގެ އެންމެއިސް މޭސްތިރިންނަކީ ޖީއެމް (ފޯއްމުލަކު ކުރުމީހާ) އާ ކޮލަމާފުށީ ރޯނުއެދުރު.

    14
    1
  3. ހުސޭނުބޭ

    ތި ރަށަށް ތިޔަ ވަރަށް ބޮޑެތި ކަރާ ފަޅާ މިނިސްޓަރެއް! މުއައްޒަފުން ގަޅަހައްދާފައި ރިސޯޓްގެ ނެމޭޖްމަންޓާ ހިސާބަށް ދިއުމުން ކުޑަ ޑޮލަރުކޮޅެއް ހަދީޔާއަށް ދިނުމުން މުއައްޒަފުން އޮޅާލެވޭނެ! ކަރަޕްޝަން ނައްތާލަނީ އެގޮތަށް!

    11
    1
  4. އަހްމަދު

    މިނިސްޓަރު މިހުންނެވީ ހަމައިގަތޯ

    7
    1