1988 ވަނަ އަހަރު ދިވެހިރާއްޖެ އަށް އުދުވާނީ ހަމަލާއެއްދީ ކުށެއްނެތް އެތައް ދިވެހިންނެއް ޝަހީދުކޮށްލުމުގެ މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގައި، ދިވެހިރާއްޖޭގެ އެމްބަސީގައި ގެންގުޅެން ދިވެހި ސަރުކާރުން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ، އެންމެ ފަހުން ސަރުކާރަށް ގޮތް ހުސްވެ، ސަރުކާރު ނޭވާ ހޮޅިއަށް އެޅުމުން އޭނާ ރާއްޖެ ގެނެސްފިއެވެ.

ލުތުފީ މިރޭ ރާއްޖެ ގެނެސްފައި ވަނީ ކޮލަމްބޯ އިން ރާއްޖެ އައި އެމިރޭޓްސްގެ ފްލައިޓެއްގައެވެ.

ލުތުފީ ޓާމިނަލުން ނެރެގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު އެ ސަރަހައްދުގައި ތިބި އާންމުން ވަނީ ލުތުފީ އާއި ދެކޮޅަށް އަޑުއުފުލާފައެވެ. އޭނާ "ދާން ޖެހޭނީ ސީދާ ގޮޅިއަށް" ކަމަށާއި އޭނާ އަކީ ބާޣީ" އެއް ކަމަށް އާއްމުން ގޮވިއެވެ.

ލުތުފީ މިހާރު ހުރީ މުސްކުޅިވެ، ގައިގެ ބާރުދެރަވެފައި ކަމަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެންބަރުން ވިދާޅުވި ނަމަވެސް ބަލި ކަމުގެ އެއްވެސް އަލާމާތެއް ލުތުފީގެ ކިބައިން ނުފެނެއެވެ. އޭނާ ހުރީ ވަރަށް ވަރުގަދަކޮށެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހިނިތުންވުމެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ދިޔައީ މެއި މަހުގެ 01 ވަނަ ދުވަހު ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް އޭނާ ހުރީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަން ސަރުކާރުން ހާމަކުރީ އޭގެ 54 ދުވަސް ފަހުންނެވެ. އެއީ ލުތުފީ ރާއްޖޭގެ އެމްބަސީގައި ދިރިއުޅެމުން ދާކަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ފަޅައިއަރުވާލުމުންނެވެ.

ލުތުފީ ރާއްޖެ ގެނެސްފައި މިވަނީ އޭނާ އެމްބަސީ އަށް ހާޒިރުވިތާ 68 ދުވަސް ފަހުންނެވެ. މިހައި ދުވަސް ވަންދެން ލުތުފީ ރާއްޖެ ނުގެނެސް ސަރުކާރުން އައީ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ ލަންކާގެ އިދާރާތަކުން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް ބުނެ ބަހަނާ ދައްކަމުންނެވެ.

ނަމަވެސް ސަރުކާރަށް ގޮތް ހުސްވީ ލުތުފީ ރާއްޖެ ނުގެނެސް ލަސްވަމުން ދާތީ ވަރަށް ގިނަ އާއްމު ރައްޔިތުން ސަރުކާރާއި ދެކޮޅަށް މީސް މީޑިއާގައި އަޑުއުފުލަން ފެށުމުންނެވެ.

ލުތުފީ ރާއްޖެ މިގެނައީ ދެމަސް ދުވަސް ވަންދެން ރައީސުލްޖުމްހޫރިއްޔާ އާއި އެއް ފެންވަރެއްގެ ހިދުމަތެއް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޭނާ އަށް ދިނުމަށް ފަހު އެވެ. ފުރަތަމަ ދެމަސް ދުވަހު ލުތުފީ ރާއްޖޭގެ އެމްބަސީގެ މަތީ ފެންވަރުގެ އެޕާޓްމަންޓެއްގައި ބެހެއްޓުމަށް ފަހު އެކަން ބޭޒާރުވުމުން އޭނާ އެހެން ތަނަކަށް ބަދަލު ކުރި ކަމަށް ވެއެވެ.

ލުތުފީ އެމްބަސީ އަށް ހާޒިރު ވުމުން ވެސް ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލަންކާގެ ހާލަތު ހަމަޔަކަށް އެޅުމުން އަނެއްކާ އޭނާ ލަންކާގެ ތެރެއަށް ދޫކޮށްލާށެވެ. ނަމަވެސް އޭގެ ކުރިން ލުތުފީ އެމްބަސީގައި ހުރިކަން ބޭޒާރުވީއެވެ.

ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވީ ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހު އެވެ. އޭނާ އެނބުރި ރާއްޖެ ނައުމުން އޭނާ ހޯދުމަށް އޭރުގެ ޕެނިޓެންޝަރީ އިން ފުލުހުންގެ އެހީއަށް އެދުނީ ރައީސް ވަހީދުގެ ވެރިކަމުގައި 26 މާޗް 2012 ގައެވެ. ލުތުފީ ހޯދުމަށް ފުލުހުން އެދިގެން އިންޓަޕޯލް އިން ރެޑްނޯޓިސް ވެސް ވަނީ ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

81 ކޮމެންޓް

 1. އަލީ

  އަތަށް ގޮވީމަ ގޮތް ހުސްވެގެން ގެނައީ.

  193
  27
 2. ކަނބާ

  ސަރުކާރަށް ގޮތްހުސްވީ...... ހަމަ ގެންނާންޖެހުނީ ފެން ލަލަލާާ... ދެން ބާރަށް އަތްޖަހާ....

  119
  21
 3. ކިނބޫ

  ބާޢީ ލުތުފީއަށް ދައުލަތުގެ ހަރަދުން ވައްކަންކޮށްގެން ވީއައިޕީ ދިން މައްސަލަ ބަލަންޖެހޭހެ ! ކަރަޕްށަން ހުއްޓުވަންޖެހޭނެ! މީ ކަރަޕްޓް ސަރުކާރެއް . ފހރ އިމްރާން އިސްތިއުފާ . ވަލު ކނބ އިސްތިއުފާ

  118
  14
 4. އއސ

  ދެންދީ މިނިސްޓަރުކަށް އޭރުން ކަމެއްކުރެވުނު ކަމަށް ވާނީ.

  100
  13
  • ހުދުހުދު

   ބާޢީ ހީވަނީ ޗުއްޓީ އަކަށް ގޮސް އައީހެން. މިގައުމުގައި ހުރި އެންމެ ނުރައްކާތެރި ބަޢީގެ އަތުގަ ބިޑިވެސް އަޅުވާފަނެތް

   105
   5
 5. މޯޑު

  ފިލީިމަ އިތުރު ދައުވާ ކުރަންޖެހޭނެ.ޖަލުގެ ހުކުމް އިތުރުކުރަން ޖެހޭނެ.ފިލާ ހުރި ދުވަހައް ވާވަރައް.

  106
  4
 6. ާއަހުމަދު

  ޅުތުފީ ގެނަޔަސް ނުގެނެޔަސް ވާނެ މޮޅެއް ނެއް
  ދެން ލުތުފީ ބޮލުގެ ރިހަ ކައްކައިގެން ކާންވީނު.

  23
  163
  • ހުސޭނުބޭ

   އަޅެ ގޮތްބަލާލަން ތި ނުލަފާ ލުތުފީ ހަވަރަށްދީބަލަ! ތި ޑްރެކިއުލާ އަތުޖެހުމުން ދިވެހިންގެ ހިތްތަކަށް އަންނަ އުފާވެރި ޝުޢޫރު އޭރުން ފެންނާނެ! ހަމަ ގައިމުވެސް މަ އޮންނާނަން އޭނަ ގައިގާ ތަޅާގަންނަ މީހުންގެ އެންމެ ކުރީގައި!

   51
   • ޑްރެކިއުލާާއޭ؟

    ޑްރެކިއުލާާއޭ ؟؟ .. ނޫނެކޭ ބެޓްމޭންގަ އުޅޭ ޖޯކަރު!

    16
 7. ކިޔުންތެރިޔާ

  ކޮންފަދަ ނުބައި ޝައިތާނީ ވެރިން ތިބި ސަރުކާރެއްމީ! ކޮންފަދަ ހަލުވި ދުވެލީގައި ހަމަޖެހިގެން އާރާސްތުވަމުން އައި ގައުމެއް މީ! އެބައެއްގެ ވިސްނުން ކޮންފަދަ ނާތަހުޒީބުވެ ތަންދޮރު ވަކިނުވުމުންތަ މިފަދަ ބޮޑު އަނިޔާއެއް މި ގައުމަށް ތި ދިނީ! ވަ ﷲ އައުލަމް.

  105
  10
 8. ސޮންދާލި

  މީ ހެޔޮވެރިކަން ..އޮޅުވާލުމާޢި މަކަރާ ހީލަތާ ދެން ކިޔާނެކަމެއްނެތް...

  117
  20
  • ހެޔޮވެރިކަން

   ބައެއް މީހުންނަށް ހަމަ ވަރަށް ހެޔޮ ވެރިކަން. ޑްރަގްސް ހަބޭހަށް، ކޯޓުން ބޭނުންގޮތެއް، ރިޝްވަތު، ވަގުން އެވަރަށް.ދެން ކިޔާނެކަމެއް ނެތް. ހުސް ހެޔޮވެރިކަމުގެ އަލާމާތްތައް.

   67
   5
  • ކަލޯ

   ދެންއަނެއްކާވެސް ކޮންމެ ތިންމަހުން އެއްމަހުން ލަންކާއަށް ބޭހަށް ފޮނުވާދޭތި

   76
   3
  • ކަލޯހ

   ދެންއަނެއްކާވެސް ކޮންމެ ތިންމަހުން އެއްމަހުން ލަންކާއަށް ބޭހަށް ފޮނުވާދޭތިބބބ

   55
   2
   • ބާގިރު

    ކަލެ ކަލޭ . ޏަތަހުޒީބު ކޮމެންޓް ވަގުތު. ޙައްދެއްނެއް.

  • ސަމީރު

   ކަލޭ ތީ ބުއްދި ސަލާމަތުން ހުރިމީހެއް ތައް. މިރަށުގައި އުޅޭ ބަގާޅީއަށްވެސް އިންގޭ މި ލާދީނީ ސަރުކާރު ކުރާކަންތައްތައް.

   59
   2
 9. ަަހައިރާނެއްނުވޭ

  ފޮނުވީވެސް އެމީހުން، ގެނައީވެސް އެމީހުން. ދެންވެސް ގެއްލުވާލާނެ. ކުރީބައިގަ އެހެންވެސް ބުނެލާފަ ބާޣީ ލުޠުފީ އެ އައީ. ދެން ބަލާ ވާ ގޮތް.

  87
  9
 10. ޣެހެ

  ގެނައީކީނުންތީ މިނިވަންކަމޢިއެކު އައީ

  66
  13
 11. ްްޙައްޤް

  އޭނާ މަރަންޖެހޭ އޭނާ މަރަންޖެހޭ

  އޭނާ މަރަންޖެހޭ.

  110
  8
 12. މޯދީ

  ޕްލޭނުގަ އޮތްގޮތަށް މެޑިކަލްގަ ދެން ފޮނުވާލާނީ ޔޫރަޕަށް!

  55
  2
 13. ޖޖސ

  ކޮބާ ފޮޓޯ

  16
  2
  • ކޮބާ

   އެއޮތީ ލުތުފީ ގެނައިސް މައިބަދަ ބިންދާ އުމަރު ބުރިޓޯއޭކިޔާބަލަ!

   4
   15
 14. ސަމީރު

  މި ކަލޭގެ ގެންސް ބަހަޓާންވާނީ މެކްސިމަމް ސެލްގައި... އަދި ޑޮކްޓަރަކާއި އެކީ ބަހައްޓާތި ނޫނީ ދެން ކިޔާނީ ބަލީވީޔޯ މައިބަދަ ގޮވީޔޯ... މި ނަސީދު ގެ މައިބަދައް ގޮވިގޮތައް... މީހާރު މި މޮޔަ ނަސީދު މައިބަދަ ބަރާބަރު އޮރިޖިނަލްއަށްވުރެއް ރަގަޅޯ ޑރ. ބުނީ. މި މޮޔަ ނަސީދު މި ގައުމުން ކޮންމެއްވެސް މީހަކު ނައްތާލަބަލަ ހުރިހާ ރައްޔުތުންގެ ފަރާތުން.

  55
  3
 15. ސަމީރު

  ތިމަންނައަށް ކިޔަނީ ޓޮމްމޭ ކިޔައިގެން ލަންކާގައި ފެތުރިޖެއްއެއްނުން އަދި... ޓޮމް ލުތުފީ... ޓޮމް ޓޮމް ނަސީދު

  45
  3
 16. އަލްޖިބްރާ

  ޔާމީނު ވެރިކަމުގައި މިކަން ނުކުރެވުނީމަ މިހާރު ނޭވާހޮޅިއަށް އެޅުނީކަމަށް ހީވަނީ ހަމައެކަނި ޕިންކީންނަށް ! ކަލޭމެންގެ ލަދު ކޮބާ ؟ މިމީހާ ނުގެނެވުނު ބަޔަކު ދެން އިތުރަކަށް ތަޅާނެ އަގައެއް ނެތް ! ތިގޮތަށް މިހާރު އަހަރެމެންގެ ބޮލަކަށް ޗިޕެއް ނުޖެހޭނެ ! އުމަރު ބުނި ! ލުތުފީ ހައްޔަރު ކުރަން ދާކޮންމެ ފަހަރަކު އޭނާ ފިލީއޭ ! މީ އުމަރުގެ ފެންވަރަކީ ! ދެން ތި ތަޅަނީ ކޮން އަގައެއް ؟

  12
  241
  • ސަމީރު

   އޭ އަލްޖިބްރާ ކަލޭ 1 ނުނިމާކަމަށް ވެއްޖެޔާ 1 ކިޔަވަން ދޭ ނިމިކަމަށް ވެޖެޔާ އަލުން 1 ކިޔަވަންދޭ ....އަލްޖިބްރާއޭ ! އަދި އެބަކިޔައެނު ބުނެބަލަ 0 / 0 ގެ ޖަވާބު

   33
   1
 17. ހަސަން

  ސަރުކާރުގެ 3 މަޝްރޫއެއްގެ ފައިސާ ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ބުނެފިއެވެ.

  11
  57
  • ސަމީރު

   ބުނަ ވާހަކައެއް ފައިސާއަކީ އެކައުންޓަށް ވަނަ އެއްޗެއްނޫ އެއީ ޖަމާކުރާ އެއްޗެއް... ވީމާ ފުރަތަމަ ރަގަޅަ ތަންދޮރު އޮޅުންފިލާ ދެން އަގަ ހުޅުވާ.

   72
   3
  • ބަހުރު

   ޔާމީނުގެ ވާހަކަ ޖަހާއިރަށް ޑިސްލައިކު ދޭ ގްރޫޕު ދޯ މި އުޅެނީ ހަމަ ޑިސްލައިކަށް ފިތަން. ދީބަލަ މިއަށްވެސް 100 ވަރަކަށް ޑިސްލައިކު. އޭރުން މި ސަރުކާރު ބިރުން ވެއްޓޭނެ. ޕަކާސް. ވަގުތު ނޫހަށް އެކަނި މި ޕީޕީ މީހުނަށް ކެރެނީ ކޮމެންޓެއް ކޮށްލަންވެސް. ޖޮބެއް ނެތީމަ ވާނީ ތިހެން

   1
   1
   • ދެން ލަލަލާ

    ދެން ހުރި ނޫސްތަކަށް ނުކެރޭ ސަރުކާރާ ދެކޮޅަށް ޖަހާ ކޮމެންޓްތައް އެޕްރޫވް ކޮށްފަ ޖަހާދޭކަށް. ބަޣާވާތަކަށް ވެދާނެތީ، ލޮލް.

 18. އަބުސީ

  ލުތުފީ ހުރީ އެންބަސީއަކުނޫން

  4
  55
 19. ސަމީރު

  ބްރޭކިންގް ނިއުސް...
  ނަސީދު ހުންނެވީ މިހާރު ހުޅުލޭގައި ލުތުފީ ބަލާގޮސް.. ނަސީދު އާއި އެކު ނެނާގެ ބޭބެއާއި މިނާ ގެންގުޅޭ ލުތުފީގެ އަންހެން ދަރި ވެސް ހުރީ ހުޅުލޭގައި

  46
  2
  • ލަތީފާ

   މީނާގެ އަންހެން ދަރިއަކީ ކާކުތައް

   20
   3
   • ސަމީރު

    އެއީ މުނިސާ ލުތުފީ ހަމަ މީނަހެން އުޅޭނީވެސް

    18
    1
 20. ޢަލީދީދީ ގެ ހުތާ

  އެންމެބޮޑު ބާޢީ ގެނައީ ބިޑިވެސް ނާޅުވާ މީ މިގައުމުގެ ހުރި އެންމެ ނުރައްކާތެރި މީހާ.... މިހާ ނުރައްކާތެރި މީހަކު މީހާ އިއްޒަތުގަ ގެނައުމުގެ ސިއްރަކީ ކޮބާހޭ...

  71
  2
  • ޑިމޮކްރަޓިސްޓް، ރ.ވާދޫ

   މާދަމާ މީނަގެ ހުކުމް މުރާޖާކުރަން މީނަ މިނިވަންކޮށް ދޫކޮށްލުން.

   16
 21. ކިނބޫ

  އޭ ރައްޔިތުނޭ ހޭލާ. ގެނައީ ބާޣީ ލުތުފީ އެއް ނޫނޯ. އެހެން މީހެކޯ ޕްލާސްޓިކް ސާޖަރޡި ހަދައިގެން. ފުލުހުން މިކަން ހާމަ ކުރާށޭ މީ ބާގީ ލުތުފީތޯ. މީވަގު ސަރުކާރެކޭބކޮންމެފަދަ އޮޅުވާލުމެއް އިޅުވާކަށްވެސް ޖެހިލުމެއްނުވާ ބާގށި ސަރުކާރެކޭ. ރައްޔިތުނަށް ތިކަން ކަށަވަރު ކޮށްދޭށޭ ތީ ބާގީ ލުތުފީތޯ.

  41
  1
 22. ތީނޫނޭ

  ތީ އޭނާއެއް ނޫނޭ. ފުލުހުން ޔަގީންކޮށްދޭށޭ ރައްޔިތުނަށް ތީ ބާގީ ލުތުފީތޯ. ދޮގު ސަރުކާރު އޮޅުވާ ސަރުކާރު.

  45
  1
 23. ހުސެން

  މިއީ ޖޭމްސް ބޮންޑުތޯ؟މިއީ ތޯ ކުއްވެރިން ގެންނަ ގޮތްތޯ؟އަަދި އެވެސް ބޮޑު ފަލަ ޓެރަރިސްޓު ހައްދުފަހަނައެޅި ގެރި ގެންނަގޮތެއްތޯ؟އޭނާ ގެނައީ ވިޔަފާރިއަކަށް .ބަލަންތިއްބަވާތި.މިއީ ހަމަ ޑްރާމާއެއް.

  37
 24. ހުސޭބާ

  ލަންކާ ޖަލަށް ދާނެކަން ޔަގީންވީމަ މިސަރުކާރުނގެ ޖަލު މާރަނގަޅުވާނެކަމަށް ސާލާ ގެނައީ. ނުބައިރޭވުންރާވާ ހުނދާ ސަރުކާރު

  39
  1
 25. އަލްޖިބްރާ

  މިސަރުކާރާއި އިދިކޮޅު ބައިގަޑުގެ ރޭވުމެއް ކުރިއަށް ދަނީ ! ތިޔަތަނުގައި ތިތިބީ ޔާމީނުގެ ވެރިކަމުގައި ޖަރީމާތަށް ހިންގި މީހުން ! މިމީހުންގެ ވަގުތު ކުޑަތަން ވާކަން އެގޭތީ ހަމަ ތެޅިފޮޅެނީ ! ކިތަންމެ ވަރަކަށް ތެޅި ފޮޅުނަސް ސަލާމަތެއް ނުވެވޭނެ ! ބަލަން ތިބޭތި !

  5
  91
  • ސަމީރު

   އަލްޖިބްރާ ކަލޭ ގޮސް ސުވާލު ކޮބަލަ ނަސީދު އަކީ ކޮން ދީނެއްގެ މީހެއް ތޯ މާ ރަގަޅުވާނެ

   23
   3
 26. ވިނީ

  އަބްދުﷲ ލުތުފީއަކީ ތި ހީކުރާ ކަހަލަ ފިނޑިއެއް ނޫން. ހޯދާކަން އެގުނީމާ އަމިއްލައަށް ގޮސް ހަވާލުވީ. ރާއްޖެ އައީވެސް އަމިއްލައަށް. ނަން ވާންވެގެން ސަރުކާރު އެތަނަށް ވަނީ. އިރާދަ ކުރެއްވިއްޔާ އަދި ކުރިއަށް އޮތް އެއްމަސް ތެރޭ ސަރުކާރުގެ އެހީގައި ލުތުފީ ފިލާނެ. ދެން ފިލާނީ މިނިވަން ވެސް ވެގެން. ލަލަލާ

  4
  101
  • ނުރަބޯ

   މަޖުބޫރުން ގޮސް ހަވާލުވީ. ލަންކާގަ ބޮންގޮއްވި ހާދިސާގެ ފަހުން ވިސާނެތް މީހުން ޗެކް ކޮށްފަ ރެއިޑް ޖަހަން ފެށީމަ.

   33
  • ކަލޭ

   ކަލޭ ފިޑީ

   7
   1
 27. ޙާމަ333

  ޙިނިތުންވާނެތާ އެނަގެ އާއިލީ ވެރިކަމުގަ އޭނަ ޖަލުގަ ހުންނާނީވެސް ވީއަޕީ ކޮޓަރިއެއްގަވިއްޔަ....ދެން އަޑުއިވޭނީ އެނަ މިނިވަންކުރި އަޑުކަންނޭގެ

  21
 28. ރާބިޢާ

  އިދިކޮޅު ދެޕާޓީ އެކުވެގެން ތިޔަކުރާ މަސައްކަތަށް ހަމަ ސާބަސް! މިކަމުން އެގުނު ކަމަކީ ވަގުސަރުކާރު ބޭނުންހާ ގޮތެއް މި ޤަވްމަށް ނުހެދޭނޭކަން. ވަގު ސަރުކާރުން ޤަވްމުގެ މާލިއްޔާއިން ކުރަމުންއަންނަ ވައްކަންތައް ތަފްޞީލުކޮށް ބޭޒާރުކޮށްލަން ތައްޔާރުވަމުންދާތީ އުފާކުރަން.

  17
  3
 29. ސަމީރު

  ލުތުފީ ގެނެއުމުގެ ހީރޯއަކީ ހަމަ އަހަރުމެންގެ އުމަރު

  36
  1
 30. ޢަލީ

  ޢެންމެންނަކި ޔާމީން ކަހަލަ ފޭސް ދައްކާ ބައެއް ނޫން

  2
  23
 31. ބިންގޯ

  މީ މިސަރުކާރުގެ ގަދަކަން މޮޅުކަން އިމްރާނޫ ތިބޭ ފުޅާ ހާދަ ހުސިޔާރޭ. ޢިމްރާނޫ ދެން ހަދާނީ ކިހާވަރެއްގެ ދޮގެއްތޯ. މާދަމާ ލުތުފީ ހޮސްޕިޓަލަށް ގެންގޮސްފަ އޭނަ ބޭރަށްދާންޖެހޭ ކަމަށް ޑޮކްޓަރު އަތުންލިއުން ހޯދާފަ މަޖިލީހުން ފާސްކޮއްފަ ސިންގަޕޫރަށް ފޮނުވާ. މަހުލޫފަށް ސަލާމް

  21
  1
 32. މަ

  މިއީތަ އެބުނާ ކެންސަރުޖެހި ބަލިވެފައި ހުރި މީހާ. ހީވަނީ ގަދަބަދަވި ގޮލައެއްހެން. މަވޯޓާ އަށް ފެނުނީ އެހެން ގޮތަކަށް. ?

  25
  1
 33. ވެނަމް

  ބޮޑު ސިއްކާ އޮތީތަ ލުތުފީ ގެންގުޅެން ޖެހޭނީ ފައިވް ސްޓަރގައޭ ހުރިހާ ދަނބިދަރީންނަށް އަންގާފަ. މިފަހަރު އެމްސީ ހަމީދު ގެ ގޮސްދިނީ މައިމަރުކަޒުގެ ފައިވް ސްޓާ ރޫމްތަ؟

  17
 34. ބާޢީ

  އޭނާ އައީ ޗުއްޓީ އަކައްބާ؟ ކުއްވެރިން އަޅުވަން ޖެހޭ ބިޑި ކޮބާ؟ ނޫނީ އެއީ މިނިވަނެއްބާ؟
  ލަންކާ އަށް ޗުއްޓީއަށް ދާ ދިވެހިން ހޮޓާ ތައް ކުއްޔަށް ހިފާކައް ނުޖެހޭނެ ދޯ... އެންބަސީގައި ހިލޭ ތިބެވޭން ވާނެތާ ދޯ.

  18
  1
 35. ބިންގޯ

  މަވޯޓާ ސަރީފު މިކަލޭގެ ބަލާ އެއަރ ޕޯރޓް އަށް ނުދޭތަ

  22
 36. ޑަރޭ

  މީއަނެއްކާ ލުތުފީތަ؟ ހާދަނުވައްތަރޭ....ޑީއެންއޭ ހަދަންފެނޭ..

  18
 37. އަހުން

  ދުވަސްކޮޅަކުން މައިބަދަ 4 ތަނަކުންބިނދިގެން ރައީސްސޯލިހުގެ ހާއްސަހުއްދައެއްގެ ދަށުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވާނެކަމީ ހަގީގީ މަންޒަރެއް.

  23
 38. އިއްބެ ހއ

  މި ހަމަ ލުޠުފީތަ؟ އޮޅުވައިލާފަ އެހެން މީހަކު ގެނައީކީ ނޫންބާ! ހާދަ ވައްތަރު ނޫނޭ. ބްލަންޑާ އެއްބާ! ޑީ އެން އޭ ޓެސްޓްކުރަން ފެނޭ.

  15
 39. އަނދުންލުތޭ

  މީ ލުތުފީތަ ހަމަ ؟ ހީވަނީ ސެލެބުރިޓީ އެއްހެން ބޮލީވުޑުން އަންނަ! އަނެއްކާ އަނދުނެއް ނޫންބާ ؟

  16
 40. ޭހާލުގެ ދުލުން

  ނިކަން ކޮންމެވެސް މީހަކު އަލްޖިބްރާ ލައްވާ ލުތުފީގެ ޑީ އެން އޭ ހައްދައިބަލަ.އޭރުން ކަށަވަރުވާނީ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  19
 41. އިބުރޭ 1122

  ތިޔަމީހާ އަނދަގޮނޑިޖަހަންވީ

  11
 42. މަރުގެ އަދަބު ތަންފީޒުކުރޭ

  މީނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް މީހާރުން މިހާރަށް ގޮވާލާ މުޒާހަރާ ކުރަންވީ މީނަ މަރާލި ދުވަހަކުން މުޒާހަރާ ހުއްޓާލާ ގޮތަށް..........

  14
  1
 43. ފުޅަނގި.

  އާދަމް ނަވާޒުު ތި ލިޔާ މޭސްތިރި'ޔާ' އަކީ ކޮންތާކުން ދަސްކޮއްގެން އުޅޭބަހެއްތަ؟ މޭ ނުބައި ކުރާގޮތް ވާން ފަށައިފި. ރަދީފު ބަލާބަލަ. ބަސްހަލާކު ކޮށްލުމަކީވެސް ގައުމު ފަނާކޮށްލުމުގެ އަމަލެކޭ.
  ޝަހީދުކޮށްލުމުގެ (މޭސްތިރި) ހ.ހާޖަރާގެ އަބްދުﷲ ލުތުފީ މިހެން ލިއެބަލަ.

  9
  1
 44. މަރާބަ

  ލުތުފީ ހޯދާމީހަކައް ލިބޭ ރިވޯޑް އުމަރައް ލިބެންޖެހޭނެ.

  19
 45. ހަހުރަ

  އައްދޭ!! ހާތްތެރި!! ހާދަހާވާ ޒުވާނޭ ދޯ!! މަ ހީކުރީ ވަރަށް ވަރަށް މުސްކުޅި ވާނެ ކަމަށް!!

  11
 46. ދޫކޮށްލާ

  ލުތުފީ މިހާރުން މިހާރަށް ދޫކޮށްލާ

  3
  13
 47. ރަނާ

  މީ ލުތުފީހެން ހާދަ ހީނުވެޔޭ.

  13
 48. ޙަސަނު

  މީނާ ޖަލުގަ ބަހައްޓާކަށް ނުފެނެ. ޕާސްޕޯޓް ހިފަހައްޓާ މާލެ ތެރެއައް ދޫކޮއްލަން ފެންނަނީ. އޭރުން މާގިނަ ދުވަހެއްނުވެ ކުށެއްނެއް ދިވެހިން ތަކެއް ޝަހީދު ކޮއްލި ި ހިތި ސަޒާ ފެނިގެން ދާނެ. މީނާއަށް އަދަބު ދޭންޖެހޭނީ ކޯޓަކުން ނުން، ދިވެހި ރަށްޔިތުން ނިކުމެ

  11
 49. ގާދިރު

  އުމަރު ފެއިލް 3 ކޮމިޝަނަރުން ފެއިލް ސާބަހޭ އިމްރާން

 50. ސޮނިފުހެ

  އެއިީ ހަމަ އޭނަ ތަ

 51. ފަރި

  ދެން މި ކުދިންކޮޅު ކިޔަން ފަށާނީ ކީކޭބާ....

  2
  1
 52. ޚނި

  ބަލަ ޔާމީން އަކައް ވެސް ވަކި ނުގެނެވެޔޭ ލުތުފީ އެއް. ޥަކި އިބޫ ކޮން ހާއްސަ އެެއް

  1
  4
 53. ލަކީ

  ތީނަ ގެނަސް ނުގެނަސް މިހާރު އަހެރެމެން މައްސަލައެއް ނެއް ދެން މަގޭ ހިތަށް އަރަނީ ވޭތުވެދިޔަ 7 އަހަރު ..ވަހީދު ސަރުކާރު ޔާމީން ސަރުކާރު މި ދެސަރުކާރުން ވެސް އޭނަގެ ވާހަކަ ނުވެސް ދައްކާ އަދި ކީއްކުރަން މީގެ އެއްވެސް ނޫހެއްގެ ވެސް ނުލިޔާ

  1
  2
 54. Anonymous

  ޔާމީނުގެ ސަރިއްޔަތް ހިންގާތީ ވަގުންނާއި ޖަރީމާ ހިންގިމީހުން ނޭވާހޮޅިޔަށް އެޅުނީ

 55. Anonymous

  މިސަރުކާރެއް ނޭވާހޮޅިއަކަށް ނޭޅޭނެ އެއަށްވުރެމާވަރުގަދަ ލޮލް

  1
  3
 56. އިބްރާހިމް

  މީނާ އެމްބަސީގަ ފޮރުވައިގެން ގެންގުޅުނު މައްސަލައިގަ މިސަރުކާރުގެ އިސްވެރިންނަށް ހައްގު އަދަބާއި ކުރިމަތިލާންޖެހޭނެ ދުވަސް އޮތީ ދާދިގާތުގައެވެ. އިންޝާﷲ.

  6
  1
 57. ސިރިސޭ

  މިއީތޯ ޓެރެރިސްޓުންނަށް އިއްޒަތްދޭގޮތަކީ.

 58. ދޯހަޅި

  ކަލޭނޭ މީހުންގެ އަނގަ ގޮއްވަން ނޫޅެބަލާ ދުނިޔޭގެ އާޖް ފާޖް ދަސްކޮއްބަލާ

 59. އޮންމައިވޭ

  ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު ލުތުފީ 19 ދިވެހިން ޝަހީދު ކޮށްލި ކަމަށް ދިވެހިންގެ ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ކުރާ ކުށަށް ބަލާ ވަޒަން ކުރާނަމަ ލުތުފީ ބަޑިޖަހައިގެން މަރާލި އެކަކު ވެސް ނުހުންނާނެއޭ އަދި ލުތުފީ އަނިޔާ ދީގެން މަރާލި އެކަކު ވެސް ނުހުންނާނެއޭ މާފުށި ޖަލުގައި ބަޑިޖަހައިގެން މަރާލިމީހުންގެ އަމާޒުވާނީ އެއިރު ރައީސް އަށް ނޫންތޭ ތިޔާހެން މިނާ ކަމުގައިވަނީ ނަމަ މަމެން ގެ މިންގަނޑު ތަކުން ލުތުފީ ޖެހޭނީ މިހާރު ދޫކޮށްލަންއޭ ޝަހީދުވި 19 ދިވެހިންގެ އާއިލާގެ ތެރޭން އެކަކު ވެސް ލުތުފީ އާއި ދެކޮޅަށް ދައުވާ ކުރި ތަނެއް މަމެން ނުދެކެމޭ ނޯ ބަޑީ ފްރޮމް ދެމް އިޒް ކްލެއިމިންގް އަ ޑެތް ޕެނަލްޓީ ފޯރ ހިމް އައި އޭމް އޮން މައިވޭ ޓު ސީ އިޓް އައި އޭމް އޮން މައިވޭ ޓު ސީ އިޓް...

 60. ޢަލިއާ

  ގާމު މިޤައުމުގަ ކުއްވެރިން ތަންތަނަށް ގެންދާ ތަން އެބަފެނޭ... އެކަމު މިހާއިއްޒަތްތެރި ކަމާއެކު އަދި އެވެސް މިޤައުމުގެ ދަރިންތަކެއް ޝަހީދުކޮށްލި ކާހިނު ކަލޭގެ، ބޮލުގަ ކެޕް އަޅާލާފަ، ކަރުގަ އާނު އަޅުވާލާފަ، ބެކް ޕެކް އަޅުވާލާފަ ނޫން އިއްޒަތްތެރި އިނގޭ.. ސާބަސް ގެރިގުއި ސާލިހަށް، ސާބަސް ދޮގު ނުބުނާ އިމްރާނަށް

 61. ރައްދު

  ލުތުފީއަކީ ނަސީދަށް ވެރިކަންހޯދައިދިނުމަށް
  ކުލީ ސިފައިންނާއިއެކު ރާއްޖެރައި ދިވެހިންގެ
  އެތައްބަޔަކު މަރާފައިވާ ނުރައްކާތެރި ކުށްވެރިއެކެވެ އެހެންނަމަވެސް މިސަރުކާރުން
  ކުށްވެރިކުރަނީ ލުތުފީއާ ހަނގުރާމައަށް ނުކުތް ސިފައިންނާއި ދިވެހިންގެ ތެރެއިން ޝަހީދުވެދިއަ މީހުންނެވެ ލުތުފީގެ ކުށެއްނެތެވެ ސަބަބަކީ
  ލުތުފީ ކުލީ ސިފައިންނާއިއެކު ރާއްޖެއަރައި
  މީހުން މެރީ ނަސީދަށް ވެރިކަންހޯދައިދިނުމަށް
  ކަމަށްވާތީއެވެ އޭރުގައިވެސް ރާއްޖޭގެވެރިއަކީ
  ނަސީދުކަމަށް އޭނާދެކެއެވެ
  މީނާގެ އަތްދަށުން ދިވެހިންސަލާމަތްވާނެގޮތެއް
  ހަމަ ނެތީހޭ؟

 62. އަދާލަތު

  މީ ކާކު؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟