ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އާދަމް މުހައްމަދުގެ އުމުރުފުޅަކީ 89 އަހަރެވެ.

އާދަމް މުހައްމަދު އަވަހާރަވީ މުސްކުޅި ބަލީގައި އުޅުއްވާތާ ދުވަސްތަކެއް ފަހުން މިއަދު އެވެ. އާދަމް މުހައްމަދު އަވަހާރަވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އާދަމް މުހައްމަދު އަވަހާރަވިއިރު އަނބިކަނބަލުންނާއި ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ޝަހީދު ކޯޕްރަލް ހުސެއިން އާދަމް އަކީ 1988 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާ އިން ރާއްޖެ ދިފާއު ކުރުމަށް އެންމެ ފުރަތަމަ ހަމަލާދެއްވައި، އަދި އެދުވަހު ރާއްޖޭގެ މިނިވަންކަން ދިފާއު ކޮށްދިނުމުގައި އެންމެ ވަރުގަދަ އަށް މަސައްކަތް ކުރެއްވި އެދުވަހުގެ ބަޠަލެވެ.

އާދަމް މުހައްމަދު އާއި އަނބިކަނބަލުން އައިޝަތު ހަސަންގެ އަރިހަށް ވަރަށް ގިނަ މީހުން ޒިޔާރަތް ކުރައްވައެވެ. އެދެކަނބަލުންގެ އަރިހަށް ޒިޔާރަތް ކުރައްވާ މީހުންގެ ނަމާއި އެޑްރެސް އަދި ތާރީޚް ނޯޓް ކުރާ ފޮތެއް އެގޭގައި ބާއްވާފައި އޮވެއެވެ.

ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދުގެ އަރިހަށް އެންމެ ފަހުން ޒިޔާރަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ހިމެނެއެވެ. މުއިއްޒު އާދަމް މުހައްމަދު އަރިހަށް ޒިޔާރަތް ކުރެއްވީ މިމަހު ކުޅުދުއްފުއްޓަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައެވެ. އާދަމް މުހައްމަދު އަވަހާރަވުމުން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އާދަމް މުހައްމަދަށް ހެޔޮ ދުއާ ކުރައްވާ ފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 123

    ކެނެރީގެއާއިލާގެސަބަބުން ޝަހީދުވިބޭފުޅެއްގެ ބައްޕަ

    31
  2. ޙޛ

    innalillahi wainalillahi raajioon

    25
  3. އަހްމަދު

    މަރްހޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން!

  4. މަސްނޫނު

    މާތްﷲ މަރްހޫމް އާދަމްބެ ގެފުރާނަފުޅައް ހެޔޮރަހްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތްމިންވަރުކުރައްވާށި. އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި. އާމީން