ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިހާރު ހދ.ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ އަރިހަށް ޒިޔާރަތް ކުރައްވާ އެބޭފުޅުންގެ ހާލު ބައްލަވައިފިއެވެ.

ޝަހީދު ހުސެއިން އާދަމް އަކީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލުމުގައި އެންމެ ވަރުގަދައަށް ހަނގުރާމަ ކުރައްވާ ޝަހީދުވެ ވަޑައިގެންނެވި އެދުވަހުގެ ބަޠަލެވެ.

މުއިއްޒު މިއަދު ހެނދުނު ވަނީ ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު އާއި މަންމަ އައިޝަތު ހަސަން އަރިހަށް ޒިޔާރަތް ކުރައްވާފައެވެ. އުމުރުން ދުވަސް ވުމުގެ ސަބަބުން އާދަމް މުހައްމަދު މިހާރު އޮންނަވަނީ ގިނައިން އެނދުގައެވެ.

މުއިއްޒު ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާއި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް
މުއިއްޒު ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާއި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ޝަހީދު ހުސެއިން އާދަމްގެ މަންމަ ވަނީ މުއިއްޒު އެއާއިލާއަށް ޒިޔާރަތް ކުރެއްވެވީތީ އެކަމަށް ޝުކުރު އަދާކުރައްވަވާފައެވެ. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމަށްފަހު އެއްވެސް ސަރުކާރަކުން އެއާއިލާއަށް އަޅާލާފައި ނުވާކަމަށް އައިޝަތު ހަސަން، މުއިއްޒު އަރިހު ވިދާޅުވިއެވެ.

މުއިއްޒު އަރިހުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވެސް ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިން އަރިހަށް ޒިޔާރަތް ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަައީމް

    ހާދަހާ ރީތި އޮމާން މަޑުމައިތިރި ރީތި ޖަވާބުތަކެކޭ މުއިއްޒު ތިޔަ ހުށަހަޅާދެއްވަނީ

    59
    4
  2. ވަގު އިބޫ

    ކުރިއަށް ކުރިއަށް. އިންޝާﷲ މޮޅުވާނ

    60
    6
  3. ނަމަ

    މުއިއްޒު ވޯޓު ބޭނުންވީމަބާ؟

    5
    11
  4. ޑދގގހހހހ

    ސޮޯޓަންޓް😅🤣🤣

    1
    9
  5. ލޮލް

    އިބޫ އަށް ދާން ކެރޭނެތަ

  6. ޝެއިޚުންގެ ޖަމިއްޔާ

    މުއިއްޒަކީ މަކަރުވެރި އަޑިނުބައި ބޭކަލެއް

  7. ފާޒް

    މުއިއްޒު އަބުލް ބަރަކާތުލް.ބަރް ބަރީ އާއި ސަލާންކުރިޔަސް ވޯޓެއް ނުދޭނަން. ދަޅަ ދައްކާ އެކަކަށްވެސް ވޯޓެއް ނުދޭނަން.