ބަރުދަނުގައި 74 ކިލޯ ހުރި ފާނައެއް ދިވެހި މަސްވެރިންގެ ބަޔަކު ބާނައިފިއެވެ.

މިފާނަ ބާނާފައި ވަނީ ގދ.ފިޔޯރީ ކައިރިންނެވެ.

މަސްވެރިންގެ މައުލޫމާތު ގެނެސްދީ ޓްވިޓާ އެކައުންޓެއް ކަމަށްވާ "ދިވެހި މަސްވެރިން" އިން ބުނެފައި ވަނީ ފިޔޯރީ ކައިރިން ބޭނި ފާނަ ބޮޑުކަމުން ދޯންޏަށް އެރުވުނީ ވެސް ހަތަރު މީހުން ވެގެން ވާޖަހައިގެން ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން މީގެ ކުރިން ވެސް ބޮޑެތި ފާނަ ބާނާފައިވެއެވެ. ނަމަވެސް ފަހަކަށް އައިސް މިސައިޒްގެ ފާނައެއް ބޭނި ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

ވަރަށް ބޮޑުވާ ފާނަ، ފާނަ އާއިލާގައި ހުރެއެވެ. ބައެއް ވައްތަރުގެ ފާނަ ނުވަ ވަރަކަށް ފޫޓަށް ވެސް ބޮޑުވެއެވެ. އެބާވަތުގެ ފާނައިގެ ބަރުދަނުގައި 400 ކިލޯ ހުރެއެވެ.

މިހަފްތާގައި ގެމަނަފުށީ މަސްވެރިޔަކު ވަނީ 30 ކިލޯ އަށް ވުރެ ބަރު ރަތް މަހެއް ވެސް ބާނާފައެވެ. ރާއްޖެ އިން އާއްމުކޮށް ނުފެންނަ ބާވަތެއްގައި މަހެއް ވެސް މިދިޔަ ހަފްތާގައި މަސްވެރިންގެ ބަޔަކު ބާނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަން

    ބޭނީތޯ ނޫނީ ބަޑިޖަހައިގެން ހިފީތޯ؟؟؟؟؟؟

    3
    8
    • ވާނުވާ

      ތިބޭފުޅާ އަށް ނުފެނޭތޯ ބުޅި އިން ތަނެއް..........

      13
      3
  2. ބަލާބަލަ

    މިނިމަމް ވޭޖެއް ރާއްޖޭގައި ކަނޑައެޅުމުގެ ކުރިން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ރިސޯރޓްސް ތަކުން އެބަޖެހޭ ހުސް ކުރަން އެމެން ނުލާ ރިސޯރޓްސް ތައް ހިންގޭނެއޭ މާ ބޮޑަށް ރަނގަޅަށް އެއިރުން ދިވެހިންނަށް ވަޒީފާ ލިބި ދިވެހި އިގްތިސާދު މާ ބޮޑަށް ކުރިއަރައިގެން ދާނެއޭ މިކަން ކުރުމަށް ފަހު ގައި މެނުވީ ރާއްޖޭގައި މިނިމަމް ލޭބަރ ވޭޖެއް ގާއިމް ކޮށްގެން ނުވާނެއޭ ރާއްޖޭގައި މިހާރު ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަކީ އެއީ ގާނޫނާއި ޚިލާފަށް އުޅޭ މީހުންނޭ އެމެން ދެން ގާނޫނުގެ ތެރެއަށް ވެއްދޭނެ އެއް ގޮތެއް ވެސް ނޯންނާނެއޭ އެމެން ޖެހޭނީ ބްލެކް ލިސްޓް ކޮށް ފޮނުވާލަން ...

    8
    3
  3. ގާރލް 7

    ބަރު މަސްމަހާމެހި ހިފޭ މޫސުމް ފެށުނީ...

    8
    3
  4. ފަސް

    ޢާދަޔާހިލާފު ކަންތައްތަކެއް ފެންނަމުން ތިދަނީ!

  5. ތުއްތު.

    128 ކިލޯ ގެ ފާނައެއް އަހަރުމެން ބޭނިން ކ ގިރިފުށި އާއި ތަބުރުދު އާއި ދެމެދުން ކ ގާގަޑަށް ވިއްކާލީ،

    • އަލިބެއްޔާ

      ފޮޓޯ ދައްކާ! އެހެންނޫނިއްޔާ ތީ ނުވާ ކަމެއް! އަހަރުންނަށްވެސް އެނގޭ ފޮނުކަނޑަން.

      2
      3
  6. އަބޯ

    މިނިމަމް ވޭޖެއް ހަދައިފި ނަމަ ރާއްޖޭގެ ގިނަ ކުދި ވިޔަފާރިތައް ބަގުރޫޓް ވާނެ. އްލަށް ލޯނު ހޯދައިގެން ފަށާ ވިޔަފާރިތަކުގެ ލޯނުތައް ހުލިވެ ބަގުރޫޓް ވުމުން ލޯނުނަގާފަރާތްތައް ދަރަނިވެރިވާނެ. މުސާރަ ކަނޑައަޅަން އެގޭނީ ބިޒިނަސް ކުރާފަރާތަށާ ވަޒީފާ އަދާކުރާ ފަރާތަށް. މާދުރުގަ ތިބޭބަޔަކު މުސާރަ ދޭންވާނީ މިވަރަށޭ ބުނާއިރު ބިޒިނަސް ހިންގާފަރާތަށް މަންފާނުކުރާ މިންވަރަށް މުސާރަދޭން ޖެހިއްޖެ ނަމަ ބިޒިނަސް ދަމަހައްޓަން ވަގުވިޔަފާރި ހިންގުން ލާޒިމްވެގެން ދާނެ.