ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ، ރައްޔިތުންގެ މަޖިލީހުން ރުހުން ވެސް ދެއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގޮވާލި އޭޓާނީ ޖެނެރަލް އޮފީސް (އޭޖީ އޮފީސް) ގެ ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާ އޭޖީ އޮފީހުން އިސްތިއުފާ ދެއްވައިފިއެވެ.

ޝުނާނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭޖީ އޮފީހުގައި ދިހަވަރަކަށް އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވުމަކީ އުނދަގޫވި ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު މަގާމުން އިސްތިއުފާ ދިނުން މަޖުބޫރު ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުނާނާ މިދިޔަ މަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީ އާއި ހިލާފު ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާ ކަމަށެވެ.

ޤާނޫނު އަސާސީގެ 255 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ހިފެހެއްޓުމުގެ ހަތިޔާރަކަށް ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކުރެވިގެން ނުވާނެ ކަމަށް ވެސް ޝުނާނާގެ ޓްވީޓްގައި އޭނާ ވިދާޅުވިއެވެ.

އޭޖީ އޮފީހުގެ ވަކީލުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށްވާތީ ސިޔާސީ ވަކި ފިކުރެއްގައި ވާހަކަ ދެއްކުން ވެސް ވަކީލުންނަށް މަނައެއް ނޫނެވެ. ނަމަވެސް ވަކީލުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކަށް ބޯލެނބުމުގެ ގޮތުން އޭޖީ އޮފީހުގެ ވަކީލުން މީގެ ކުރިން ވަކި މައްސަލަތަކާއި ބެހޭ ގޮތުން މީސް މީޑިއާގައި ޚިޔާލުފާޅުކޮށް ނުހައްދަވައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޝުނާނާ ގޮވާލުމުން ވެސް އޭނާ އާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޒަރީރު

    މީނަޔާ އަލީ ހުސައިނާ މި މީސްމީހުންނަކީ ޤާނޫނީ މީހުންނޭ ކިޔުމަށްވުރެ ސިޔާސީ މީހުންނޭ ކިޔުން މާ ރަނގަޅުވާނެ. މާދަމާރޭ އެމްޑީޕީ އޮފީސްކުރިމަތީގައި ދިދަ ހިފައިގެން ހުންނަތަން ފެންނާނީ

  2. މާރިޔާ

    ކޯޗެއް ކަލެއައް އެގެނީ

  3. އުކުޅަސް

    ދާދި ފަހުން އެމްޑިޕީ މުޒާހަރާގަ ވަގުތު ނޫސްވެރިއަކައް އިންޒާރުދިން ބޯދިގުކޮއްފަ ލޮލުގެ ނުކުޅެދުންތެރިކަން ހުރި މީހާގެ ދަރިއެއް ސުނާނާއަކީ. މިބުނާ ބޯދިގު ނޫސްވެރިއަކީ ނޫސްވެރިކަމުގެ ފާސް އަޅަިގެން އުޅޭ އެމްޑީޕީ އެކްޓިވެސްޓެއް. އެހެންވެ އައްޕަ ވަޒީފާއިން ވަކިވާށޭބުނީމަ ވަކިވީ

  4. ާމނތ

    ތިޔަ ވަކީލަށް ބަލާލީމާވެސް އެނގޭ ތީ އަނެއް ދިވެހިރާއްޖެ މީހެއްކަން. އިސްތިއުފާ ދިންވާހަކަ އަޑުއަހާފަ ހައިރާނެއް ނުވޭ. އެކަން ވާނީވެސް ހަމަ އެގޮތަށް

  5. ސްމައިލް?

    ޔޫރަޕު ގޮލައެއް ދޯ

  6. އެކަނބުލޯ

    ލަސްވެއްޖޭ.. ސަރުކާރުގަ ހުރެގެން އެމްޑީޕީއަށް މައުލޫމާތު ލީކުކުރުމުގަ އުޅޭކަމަށް ބެލެވެނި މި މީސްމީހުން.. ނުހުންނާނެ އެއްވެސް ޕްރޮފެޝަނަލްކަމެއް.. ކޭސްތައް ރަށްޓެހިންނަށް ދޭނެ ކަޓު ލިބޭގޮތަށް...އެއީ ތިކަހަލަ މީހުން ގިނަފަހަރު ޖައްސާ ވައްތަރަކީ

  7. އެކަލޯ

    ވަކީލުކަން ކުރުމަށްވުރެ ހީވަނީ ތިމަންޖެއަށް އެހެން ދާއިރާއެއް މާބޮޑަށް އެބަ ހަނައަލާހެން ހީވޭ! ކޮށްފަ ހުރި މޭކަޕާއި ހެދިފައި އެހެރަ ހުރުމުން ހަމަ އެހެން ހީވަނީ!

  8. ހެޕީ

    އުޅުމެއް ހުރެގެންތާ ވަޒީފާ ރަނގަޅަށް އަދާކުރެވޭނީ..މިހާރު 3 ވަނަ މީހާއާ އިނދެގެން.. ރުޅިވެރުޅިވެ ރަެްޓެހިވެއްޖެ އެތަށް ބަޔަކާ.. ފޮނިބޮޑުކަމުން ކިހިނެއް އުޅޭނީ މީހަކާއެކު..

  9. އަސްލޭ

    އެކުގަ ކިޔެވި ވަކީލަކު ފެނުނަސް ނުދަންނަކަމަށް ހަދައި ބޮޑާކަންމަތީގަ ހުންނަ ގޮލައެއް.. މާދެން މަ މޮޅުވެފަ މަ ބޮޑޭވެފަ.އެމެރިކާއަށް ދެވުނީމަޔޯ...އެކަމު ފީލްޑްގަ ހަމަ ސުމެއް

  10. އަސްފާން

    ލާދީނީ ގައުމުތަކުން ކިޔަވައިގެން އައިސް ލާދީނީ ކަން ކަން ހުއްދަ ނުކުރީމަ އިސްތުފާ ތިދިނީ

  11. ހައިރާން

    ތީނަ ލަދެއް ނުގަނޭތަ ބުރުގާއެއް ނާޅާ އައުރު ނިވާ ނޮކޮއް އުޅޭކަން

  12. ޑިމޮކްރަޓިސްޓް

    ތިކަހަލަ މީހުން ގުޅެން އޮތް ވަރަށް ފައްކާ ބައިގަނޑެއް އޮންނާނެ، މާދަމާ މަގުތައް ކުޑަކުރަމުން ދުވެއަރުވާނެ ކަމަށް އުންމީދުކުރަން..

  13. ރަސް

    ދެން ދޮންކަބުލޮ މުޒާހަރާތަކުން ފެންނާނެތަ؟

  14. މުޖައްރިބް

    އޭޖީ އޮފީހުގެ އެއްމެ ބޮޑު ވަކީލް ކޮންމެ ގޮތަކަށް އުޅުނަސް ވަރިހަމަ ދޯއެވެ.

  15. ނާނީ

    އަންނި އަށާއި ޢަބްދުﷲ ސަޢީދާއި ޢަލީ ހަމީދު އަދި ޤާސިމް މެންފަދަ ބޭފުޅުން އެކުރާ ކަންކަމާބެހޭގޮތުން ތި ގޮވެލި ނުގޮވީމާ، ވަކިއަތަކަށް ޖެހިގެން ގޮވި ގޮވުމަކަށް ބަލައިގަނެވޭ... ކަލޭދޯ

  16. ރީއްޗޯ

    ސަޅިވާނެ އަނދިރި ކަމެއް ކޮއްލަން. ދެއްތޯ؟