އެއް ކެންޑިޑޭޓެއް އިދިކޮޅުން ނުނެރެވޭނެ ކަމަށާއި އެއް ކެންޑިޑޭޓް ނެރުމަށް ވުރެން އެބޭފުޅުންގެ ތެރޭގައި މާ ކޯޅުން ބޮޑު ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.

އަންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން އަނެއްކާވެސް މަޝްވަރާތައް ފަށަން ވިސްނަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ދާދި ފަހުން ބުނެފައިވާއިރު އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅުން ކުރާ މަސައްކަތް ކާމިޔާބު ވެދާނެތޯ އާއި ގުޅޭގޮތުން "ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެންގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަންނަ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށާއި އެބޭފުޅުންގެ ތެރޭގައި އެއްވެސް ކަމަކަށް އެއްބަސްވެ އެއް ގަލަކަށް އަރާނެ ފެންވަރެއްވެސް އަދި އެކުވެރިކަމެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފުރިހަމަ ޔަގީކަން އެބައޮތް އެބޭފުޅުން އެކުރައްވާ މައްސަކަތް ފެއިލްވާނެ ކަމުގެ. ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ވުރެން އެބޭފުޅުންގެ ތެރޭގައި ދެކޮޅުވެރިކަމާއި ކޯޅުން އެބައޮތް. އިދިކޮޅުގައި ނެތް ވެރިކަން ބޭނުން ނުވާ އެކަކުވެސް" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅުން އަނެއްކާވެސް މަޝްވަރާ ކުރަން މިފެށީ މަގުމަތިން ސަރުކާރު ވައްޓާލަން ކުރި މައްސަކަތް ފެއިލް ވުމުން ކަމަށެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އަލުން މަޝްވަރާތައް ފަށަން އެމްޑީޕީ އިން ވިސްނަމުންދާކަން ހާމަކޮށްފައި ވާއިރު މަޝްވަރާތައް އަލުން ފަށާނެ ދުވަހެއް އަދި ހާމަނުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމަޝްވަރާތަކަށް އެމްޑީޕީ އިން ހުށަހެޅީ ރައީސް ނަޝީދަށް ކުރިމަތިލެވޭނަމަ ރަނިންމޭޓަކަށް ގާސިމް ހަމަޖައްސަންށެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާކޮށް ރިޔާސީ ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރާއިރު އެމްޑީޕީގެ އަސާސީ ޤަވައިދު ބުނާ ގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ވާނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެންނެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ އެމްޑީޕީ އިން މިހާރު ނުދައްކައެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވައިދު ބުނާ ގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ.

ރައީސް ނަޝީދާއި ގާސިމަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އަދި ރަނިން މޭޓަކަށް ޖޭޕީ ކެންޑިޑޭޓެއް ނެރެން އެމްޑީޕީ އިން އޮތީ ހުށަހަޅާފައެވެ. އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން ހިމެނުނު ނަމަވެސް ރިޔާސީ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ކަނޑައެޅުމުގައި އެބޭފުޅުންގެ ދައުރެއް ބާއްވަން އެމްޑީޕީ އިން ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް މަޝްވަރާތަކުގައި އަދާލަތާއި ރައީސް މައުމޫންގެ މަންދޫބުން ވެސް ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑާޑާޑާޑާ

    އިބޫ އެމްޑީޕީގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށް ފައްކާ ވާން ޖެހޭ އެއްވެސް ސަބަބެއް ނެތޭ ސަބަބަކީ އިބޫ މެން ގެ ރަށް ހިންނަވަރަކީ އެއީ އާބާދީ 3000 އަށް ނާރާ ރަށެކޭ އެހާ ކުޑަ އާބާދީ އަކުން އަންނަ މީހަކަށް ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުވާނެއޭ ސަބަބަކީ އެއީ ބޮޑެތި އާބާދީ ތައް އޮޓޮމެޓިކް އިން ބޭނުން ނުވާނެއޭ އެމެންގެ ބޮޑު އާބާދީގައި މޮޅެތި މީހުން މުއްސަނދި މީހުން ތިއްބާ ކުޑަ ކުޑަ އާބާދީ އަކުން އަންނަ މީހަކަށް އެމެން ވޯޓް ދީގެން ރާއްޖޭގެ ރައީސް ކަމަށް ކުޑަ އާބާދީ އަކުން އަންނަ މީހަކު ހޮވަން. މާލޭން މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ހޮވުމުން މައްސަލަ ނުނިކުންނަނީ އެންމެ ބޮޑު އާބާދީން އަންނަ މީހަކަށް ވާތީއޭ އެހެން ކަމުން އިބޫ އެމްޑީޕީން 2018 ގެ ރިޔާސީ ކެންޑިޑޭޓަކަށް ކެނެރީގެ ނަޝީދު ބުނެގެން ނެރެފިނަމަ އޭނާ ދާނީ ޗޮކުހުންނޭ. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  2. ފެނޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މިތާނގައިވަމުން ދާ އެއްޗެއް ތަމެންގެ ޕްރޯ އުގައިލް އަށް ޓިކެޓް ނުދީ މަކަރާއި ހީލަތުން ކެނެރީގެ ނަޝީދު ވެރިކަމަށް ފާވާން ވެގެން އޭނާގެ ތިމާގެ މީހަކާއި އިނދެގެން އުޅޭ ނޯކަރެއް ގޮތަށް އެމެން ގާތު އުޅޭ މީހަކަށް ނޫންތޭ ރިޔާސީ ކެންޑިޑޭޓް ކަން އެމްޑީޕީން ދޭން އުޅެނީ. ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  3. ޑާޑާޑާޑާ

    ވިޔަފާރިވެރިންގެ އަޑު އަހައި، ކަންބޮޑުވުންތައް ހައްލު ކުރާނީ ކުރަން އިނގޭނީ ކުރެވޭނީ ވެސް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރަށް އެކަނި ނޫންތޭ ބިކޮޒް 2013 ގައި ވޯޓްލީ ރައްޔިތުންގެ %85 އިން ވޯޓް ދިނީ އެއީ މަމެން ޕިންކީން ނަށް ރާއްޖޭގެ ވެރިކަން ހަވާލު ކުރަން ނޫންތޭ. ދެން މަމެން މިއުޅެނީ އެމްޓީސީސީ މަހާ ޖައްރާފު މާލެ ސަރަަހައްދަށް ގެނެސްގެން އަވަހަށް ގުޅިފަޅު ހިއްކާލާ ތިލަފުށި ހިއްކާލާ އެތަނުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދޭ ގޮތަށް ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިމެއް 100 އަހަރަށް ދޭންއޭ. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ. އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  4. ޝަޡީން ސަލީމް

    އީދީކޮޅުގަ ކޯޅުމެއްވެސްނެތް.. ތާއީދުވެސް ވަރުގަދަ..އަދީ ސައީލެންޓު މެޖޯރީޓީ ހާމަވާދުވަހު ސަރުކާރުގެ އީސްވެރީން ފޮށީތަންމަތީ ހީފައީގެން ގައުމުދޫކޮއް ހީޖުރަކުރާނެ... އަދީ ގާނޫނު އައީސް އެންމެންނާ އަރާ ހަމަކުރާނެ.. ދެން އޮތް މަދު ދުވަސްކޮޅު އެންޖޯއީކޮއްލާފަ ގަޑީއައްބަލަންތީއްބަވާ..

  5. ބަޓަރު އައްޔާ

    މީ ޕިއްޕީ މެންގެ ފަހު އަހަރު>>ދެން ރިޔާސީ ކެންޑިޑޭޓަކަށް ޕިއްޕީ މެންގެ ނަމެއް -----------ނޮއޮންނާނެ

  6. ނަގޫ

    ޑާޑާކާސިންކަލޭފާނުމެންނަކަށް މިކަހަލަކަންތަކުގަ ބަސްކިޔާކަށެއްނޭނގޭނެ.

  7. އެއްލާލާތި

    ފުލުހުން އަމަލު ކުރާނީ އެއީ ފުލުހުންގެ ކޮމާންޑަރ އިން ޗީފް އަންގާ ގޮތަށެވެ. ފުލުހުން ކޮމާރންޑަރ އިން ޗީފް ގެ އަމުރާއި ޚިލާފުވީ ވަގުތުން ފުލުހުންގެ ވަޒީފާ އިން ވަކި ކުރެވޭނެ އިތުރު އެއްވެސް ސުވާލެއް ނެތި. އެނިމުނީ އޭ ޗެޕްޓަރ ކްލޯސްޑް. ފުލުހުންގެ ތެރޭން މަމެންގެ ގާނޫނީ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލޭ ގޮތަށް ކަމެއް ކުރަން ބޭނުންވާ މީހަކު ކުރިއަށް ނިކުމެ ބުނަންވީ ތިމަންނައޭ ވަގުތުން އިތުރު ފުރުސަތެއް ނުދީ ފުލުހުންގެ ވަޒީފާ އިން ކަނޑާ ގެއަށް ފޮނުވާލާނަމެވެ.

  8. މަހަށްދޭބަލަ

    ޕޮލިސް ކަމިޝަނަރު ކަމުން ވަކި ކޮށްފައިވާ މީހަކު ފުލުހުންނަށް ދޭން ޖެހޭނެ ނަސޭހަތެއް ނޯންނާނެއޭ ތަމެން ނޫނޭ ފުލުހުންނަށް މުސާރަ ދެނީ މަމެންގެ ހާކިމާ އޭ ފުލުހުންނަށް މުސާރަ ދެނީ ތަމެން ނަށް ފުލުހުންނަށް ދެވޭނީ ކޯއްޗެއްތޭ ނުދެވޭނެއޭ އެކައްޗެއް ވެސް. ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ..

  9. ނޯމެޓަރ

    ޖަރުމަނު ސަފީރާއި އެކު އެމްއޭސީއެލް އިން ހަދާފައިވާ އެންމެ ކޮންޓްރެކްޓެއް ވެސް ނޯންނާނެއޭ ޔޫރަޕް ގެ އެއާރލައިން އެއް ރާއްޖެ އަށް ގެންނަން ކަން މިހެން ހުރުމުން ނޯ މެޓަރ ޖަރުމަނުގެ ސަފީރު ކޮންމެ ކަނޑުކޮހެއް ގޮވިނަމަވެސް މަމެން ޖަރުމަނު ސަފީރު ގޮވާ ކަނޑުކޮސް ގޮވުން ތަކަށް ޖަވާބެއް ނުދޭނަމޭ. ޖަރުމަނު އެމްބަސޭ ސޮއި ކޮށް ފައި ޖަރުމަނު އެމްބަސީގެ ލެޓަރހެޑް ގައި ރާއްޖޭގެ ފޮރިންގް މިނިސްޓްރީ އަށް ފޮނުވާ ސިޓީ އެއިރުން މަމެން ތިޔާ ކަން ބަލާލާނީ ވެސް އަދި ކޮށްލާ ފޭކް ޓްވީޓް އަކުން މަމެން ނުގުޑާ ނަމޭ. ނޯ މެޓަރ ހޫ ޔޫއާރ ނޯ މެޓަރ ޔޫ ބްލޯ ޔުއަރ އޯން ޓްރަމްޕެޓް ވީ ވޮންޓް ލިސްން ޔޫ ނޯ މެޓަރ ވަޓް ޔޫ ސޭ ނޯ މެޓަރ ވަޓް ޔޫ ސޭ އައި ކާންޓް ޑިނައި ވަޓް އައި ބިލީވް.

  10. ޒައްފާޚު

    ޕީއްޕީސް އާރ ފޯލީން..