މާފަންނު ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލަގައި ހިމެނޭ ފުލުހުން ސަސްޕެންޑް ކުރުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަށް ހޯމް މިނިސްޓްރ ޝައިހު އިމްރާން ތައުރީފް ކުރައްވައިފިއެވެ

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނިޔާ ކުރި ފުލުހުން އެގުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެފުލުހުންނަށް އަވަސް ފިޔަވަޅު އެޅުއްވި ކަމަށެވެ.

" އަނިޔާ ކުރި ފުލުހުން އެގުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެފުލުހުންނަށް އަވަސް ފިޔަވަޅު އެޅުއްވި ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުކޮށް، އަދި މިކަން އާންމުންގެ ސަމާލުކަމަށްވެސް ވަގުތުން ގެންނެއްވި މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން " އިމްރާން ވިދާޅުވިއެވެ.

އިމްރާން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ފުލުހަކާ ދެކޮޅަށް ގާނޫނާ ހިލާފު ފިޔަވަޅެއް ނާޅާނެކަމަށެވެ.

" މިސަރުކާރުން އަބަދުވެސް އަނިޔާއާ ދެކޮޅަށް ވަކާލާތު ކުރާނެ ތަހުގީގު ކުރިއަށްދާއިރު އެއްވެސް ހެއްކަކާނުލާ އެކަކު އަނެކަކުގެ ބޮލުގަ އިލްޒާމް ނޭޅުމަށް ފުލުހުންނާއި އާންމުންގެ ކިބައިން އެދެން " އިމްރާން ވިދާޅުވިއެވެ.

މާލޭގެ ގެއެއްގައި ފުލުހުންތަކެއް މީހަކަށް އަނިޔާ ކުރި މައްސަލައިގައި އެކަމުގައި ބައިވެރިވި ފުލުހުން ސަސްޕެންޑް ކުރުމުން ވަރަށް ގިނަ އަދަދެއްގެ ފުލުހުން މީސް މީޑިއާ ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށް ހަމަހިމޭން އިހްތިޖާޖެއް ވަނީ ފަށާފައެވެ.

ފުލުހުން ސަސްޕެންޑް ކުރުމާއި ވަރަށް ގިނަ އަދަދެއްގެ ފުލުހުން ދެކޮޅު ކަމަށް ވެއެވެ. އެއީ ފުލުހުން އޭނާ އަށް އަނިޔާ ކުރީ އޭނާ އިސްވެ، ފުލުހުންނަށް ހަމަލާ ދިނުމުން ކަމަށް ވާތީއެވެ. ފުލުހުން ސަސްޕެންޑް ކުރުމާއި ދެކޮޅު ފުލުހުން ބުނާ ގޮތުގައި ވީޑިއޯ އާއްމުވުމާއި އެކު އެއްވެސް ތަޙްޤީޤެއް ކުރުމެއް ނެތި ފުލުހުންގެ އަގު ވައްޓާލަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓް ކުރުމަކީ ވެސް ވަރަށް ބޮޑު ގޯހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަދާލަތު

  2012 ފެބުރުވަރީ 07 ވަނަދުވަހު ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލި މޭސްތިރިއަކީ ޢިމްރާން. ކޮބައިތޯ؟ ތިޔަޔަށްވުރެ ބޮޑު އަނިޔާވެރިޔަކީ. އެ މައްސަލަވެސް ބެލެންވާނެ. ޝަރީޢަތަކީ ބައުވާ އެއްޗެއްނޫން. ޙައްޤު އަދަބު ދިނުމަށް ކަމާއި ގުޅުންހުރިފަރާތްތަކަށް ގޮވާލަން. ފުލުހުން ވަޒީފާގެ ވާޖިބު އަދާކުރުމުގައި، މީހަކަށް އަނިޔާވީ، އޭނާ މިސްކިތުގައި ހުއްޓަކާނޫން. އެއީ ޑްރަގް ޑީލަރެއް ނޫންކަމާމެދު ޝައްކު.

  22
 2. ފުނަދޫ

  އައްނި ފުލުހުން ރުޅިއެރުވިގޮތައް މިސަރުކާރުން ފުލުހުން ރުޅިއަރުވަންފަށާފި ދެން ފުލުހުން ހަދާނީ ހަދާނެއެއްޗެއް

  25
  1
 3. މުހައްމަދު

  ކިހާރަގަޅު މިހުރިހާކަމެއް ކުރަނީ މިނިސްޓަރަށް އިނގިގެން ހަމަޔަގީން ކުރިންބުނަނީ ފުލުހުން ކުރާމިބާވަތުގެ ކަންކަމުގަ ޒިންމާ އަޅުވަނީ ކުރީގެ ރައީސް ޔާމިނުބޮލުގަ ނަމަވެސް މިއަދު މިނިސްޓަރު ކީއްވެގެން ޒިންމާނުނަގަންވީ އަދި ޕޮލިސްކޮމިޝްނަރ ވެސް ޒިންމާނަގަންޖެހޭނެ އަދި މިއަދުގެ ރައީސްވެސްޖެހޭނީ ޒިންމާނަގަން އަދި އެމީހުންސަސްޕެންޑް ކުރުމަކުން ނުނިމޭނެ އިމްރާނު އަދި ހަމީދުވެސް ސަސް ޕެންޑް ކުރަންޖެހޭ ފުލުހުންގެ މަސައްކަތަކީ އަމިއްލަ އަމިއްލަޔަށް ކަންކަންކޮށް ނިންމާލެވޭގޮތަށް އޮންނަކަމެއްނޫން ކޮންމެހެން އަނދުން އަޅުވާނެކަމެއްނެތް ހެހެހޭ

  15
  1
 4. Anonymous

  ކައްޒާބު ޝޭޚު ކޮން ތަޢުރީފެއް ކުރާކަށް. ފުލުހުން ކައެއަށް އިޙުތިރާމެއް ނުކުރޭ. ކައޭތީ ބޮޑު ދޮގުވެރިއެއް. މާފުއްޕާފަ ނުތެޅޭތި އަނގަ ރޮޑަށް ދީގެން.

  14
  1