ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލާގައި މިއަދު އޮތީ ބަޔާން ތަކުގައި ސޮއިކުރުން ކަމަށް ގާނޫނީ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

އާދަމް ޝަމީމް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުވާން އެންގީ ޝަރީއަތުގެ އަޑު އެހުމަކަށް ނޫން ކަމަށާއި އެމަނިކުފާނު ކޯޓަށް ހާޒިރުވުމަށް އެންގީ އިދާރީ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ވެސް މިއަދު ވަނީ ބުނެފައެވެ.

ކުރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ.

އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

އެދުވަހުގެ އަޑުއެހުން ނިންމާލީ ދައުލަތަށް ދައުވާ ސާފުކޮށް ނުދެވުމުން ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ ސާފު ކޮށްދިނުމަށް ފުރުސަތު ދިނުމަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެވެ. މައްސަލައިގެ ޝަރީޢަތް ފަށާނީ މިއީ ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ މަދަނީ މިންގަނޑުތަކުން ބެލުމަށް ފަހު އެވެ.

ޔާމީންގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މައިން

  ހަރުކަށި ފިކުރަށްވުރެން ޒުވާނުން ކަން ބޮޑުވަނީ ކޮރަޕްޝަނަށޭ އެކަމަކު މިސަރުކާރުން ކޮރަޕްޝަން މީންސް ހުރި ގޮތެއްގައި ފިލުވާލުމަށް ޓަކައި އެއްވެސް މަސައްކަތެއް ކުރާ ތަނެއް ފެނިގެން ނުދެއޭ މިކަން ކަން ރަނގަޅު ކުރުމަށް ޓަކައި ސަރުކާރުން އެބަޖެހޭ މީންސް ހުރި ގޮތެއްގައި އަޒުމް ކަނޑައަޅަން އެގޮތުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ތަކަށް އެއްވެސް ރިސޯރޓެއްގައި ޕްރޮޖެކްޓް މަސައްކަތެއް ވެސް އަދި އޮޕަރޭޝަން ސްޓޭޖް ގައި ވެސް މަސައްްކަތް ނުކުރެވޭނެއޭ ސަރުކާރުން މިކަން ކުރަން ހެޔޮ ނިޔަތުން އުޅެފިނަމަ ލެޓް ދިސް ކަންޓްރީ މޭކް އަ ރިބާރތް ފޯރ ޔުއަރ ދަބަލާބޮޑު ޖަޒީރާ ރާއްޖެ ދިސް އިޒް ގޮނާ ބީ ދަ ބެސްޓް ތިންގްސް އިޓްސް އެވަރ ބީން މައިން އެން ޔުއަރސް...

  6
  2
 2. ޓޫވެލް

  މިލަންދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ހެލްތް މިނިސްޓްރީން ކޮންޓްރެކްޓްސް ތައް ހަވާލު ކުރާއިރު އެފަދަ ރަސްމިއްޔާތު ތަކުގައި ހެލްތް މިނިސްޓަރު ބައިވެރިވުމުން އެގިގެން ދަނީ އެއީ އާންމު ވިޔަފާރި ވެރިންނާއި ހެލްތް މިނިސްޓްްރީ އާއި ދެމެދު ބްރޭކް ވެފައި އޮތް ބްރިޖް އަލުން އަޅާ އެބްރިޖް ބިނާ ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓަރު ކުރަމުން ދާކަމަށް އޯއް ޔުއަރ ސްވީޓް ޕާރފޯމެންސް އިޒް އޯލް ޓޫވެލް ޓޫވެލް އޯލް އޯލް އޯލް އޯލް ޓޫވެލް ޓޫވެލް ޓޫވެލް ޓޫވެލް...

 3. ޓޫވެލް

  ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ކުރާ ކޮންމެ ކަމަކީ އެއީ މަމެން ވަރަށް ބޮޑަށް ހިތްވަރު ދީ އެކަން ކަން ތަރައްްގީ ކުރަން ބޭނުންވާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އެންމެ ފަހުން ރައީސް އިބޫ ސިންގަޕޯރ އަށް ކުރެއްވި ދަތުރު ފުޅުގެ ތެރޭން ސިންގަޕޯރގެ ޓޮޕް ޔުނިވަރސިޓީ އަކާއި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އަކާއި ގުޅިގެން ރާއްޖޭގައި ފައިން އާރޓްސް ދާއިރާއިން މާސްޓަރސް ފެންވަރަށް ކިޔަވާ ދިނުމުގެ ކަންކަން ފެށޭނެ ކަމަށް އަވަހަށް އޯއް ޔުއަރ ސްވީޓް ޕޮޒިޝަން ކީޕްސް މައި ވައިޑް އައިޒް ގޭޒްޑް ވިންޑް އިން މައި ހެއަރ ސޭސް ޔޫ ޔޫޒްޑް ޓު ބީ އަ ލިޓިލް ކީ އިންސައިޑް ދަ ގްލާސް ތިންކިންގް ޔުއަރ ފިއުޗަރ އިޒް މީން ޓު އަސް އޯއް އޯއް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް އޯލް އޯލް އޯލް ޓޫވެލް ޓޫވެލް ޓޫވެލް ޓޫވެލް....

 4. ލުކްވެލް

  އެއްގޮތަކަށް ވެސް ތިޔާ 7 ހާސް ފްލެޓްސް ތަކަށް ދިން ލޯންގެ އިންޓަރެސްޓް ވެސް ބޮޑެއް ނޫން އަދި ލޯންގެ އަދަދު ވެސް ބޮޑެެއް ނޫން ފްލެޓެއް ނުޖެހޭ ތަމްބް ރޫލް އިން ބަލާނަމަ 60 އަހަރަށް ބަހާލުމުން މަހަކު 1500 ރުފިޔާގެ ކުލި ވެސް ސަރުކާރުން މިފްލެޓްސް ތައް ކުއްޔަށް ދޭން ޖެހޭނީ އިކޮނޮމިކްސް ގައި ތަންބް ރޫލް ބޭނުން ކޮށްގެން މެތެމެޓިކްސް ހަދައިގެން ނޫނޭ އޭގެ ބަދަލުގައި މިފްލެޓްސް ތައް ހެޔޮ އަގުގައި ދިނުމުން ކޮންޒިއުމަރ ސްޕެންޑިންގް ޕަވަރ މަތިވެ ޖީއެސްޓީ ސަރުކާރަށް ލިބޭނެ އަދަދުގެ ހިސާބު ތަކަށް ބަލާފައޭ މީއޭ އިކޮނޮމިކް ނޯރމްސް ތަކަކީ ސަރުކާރުން ކޮންމެ ކަމެއްގައި ތަންބް ރޫލް ބޭނުން ކޮށްގެން ލޯން ފައިސާ ހޯދަން އުޅުން އެއީ އެކަން ކުރަން ޖެހޭނެ ގޮތެއް ނޫނޭ ނޫނޭ ނޫނޭ...

 5. ޓޫވެލް

  ރައީސްގެ ވައުދާ އެއްގޮތަށް މަސްވެރިކަމާ ބެހޭ އާ ބިލެއް މަޖްލީހަށް ހުށައަޅައިފިނަމަ މަމެން އުފާ ކުރަމޭ އެކަމާއި މަމެން އުއްމީދު ކުރަމޭ ތިޔާ ބިލް ގައި ޓޫނާ ބްރީޑިންގް ފެކްޓަރީ އެއް މާލޭގެ އުތުރު ފަރާތުން މާލެ އާއި 500 މީޓަރު ދުރުގައި ޑީޕް ބްލޫ ސީގައި 5 ކިލޯ މީޓަރު 5 ކިލޯ މީޓަރު ފުޅާ މިނުގެ ކަނޑުގައި ޓްރައި ޕޮޑް ފެން ދަތުރު ކުރާ ގޮތަށް ހަދާ އަދި އޭގެ އިންޓާރނަލް ވިއު ގައި ނައިލޯން ދާ ޖެހުމަށް ފަހު އެތަނުގެ އެތެރޭގައި ޓޫނާ ބްރީޑިންްގް ފެކްޓަރީ އެއް މިހާރު ޖަޕާން ގައި ޓޫނާ ބްރީޑް ކުރާ އުސޫލުން އެކަން ޖަޕާނުގެ ކުންފުނި ތަކާއި ގުޅިގެން ނަމަވެސް ކޮށް އެސްޓީއޯ އާއި ޖަޕާން ކުންފުނި ތަކާއި ގުޅިގެން މިކަން ކޮށް މިފަދަ ފެކްޓަރީން 20 ކިލޯ ބަރުދަން ހުންނަ ގޮދާ ދުވާލަކު 500 މިލިއަން ގޮދާ ބާނާ އެކްސްޕޯރޓް ކުރެވޭނެ ގޮތަށް އެކަން ކުރާނެ ކަމަށް ....

 6. އިބްރާހިމް

  ޔާމީނަށް ކޯޓަށްކީ ޕާޓީ ކުދިންކޮޅު ހިތްހަމަޖައްސަން

 7. ދޫނި

  މިއީ އިންސާފެއްނޫން އެސްއޯއެފް އިން ހަމައެކަނި ޑޮލަރު ޖަމާކުރީ ޔާމީނުގެ އެކައުންޓަށް އެކަނިތަ؟ ޔާމީނުވަރެއްނެތް

  6
  1
 8. ސީޑީ

  އިންސާފަކީ މީތޯ؟ ކޮބާތޯ ދެންތިބި އެސް އޯ އެފް އިން ފައިސާޖަމާކުރި އެކައުންޓް ތަކުގެ ވެރިން؟