ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެ މަމާގަށް މެމްބަރަކު ހޯދަން އިއުލާނުކޮށްފައި މި ވަނީ މިހާރު އެ މަގާމުގައި ހުރި އަބްދުލް ހަންނާން އަހްމަދުގެ ދައުރު ހަމަވާތީއެވެ.
ރައްޔިތުންގެ މަޖިލިހުން ނެރުނު އިއުލާނެއްގައި ވަނީ ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
  • އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި
  • މުސްލިމަކު ކަމުގައިވުން
  • ދިވެހި ރައްޔިތަކަށްވުން
  • އުމުރުން 25 އަހަރުވުން
  • ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން
  • ބުއްދި ސަލާމަތުން ހުރި މީހަކަށްވުން

އެ މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ޢާންމުންގެ ތެރެއިން ނޫން މީހަކު ހޮވަންވީ. އެމްޑީޕީގެ ތެރެއިން ލާދީނީ ފިކުރުގެ ސިޔާސީ މީހެއް ހޯދައި. ތިތަނަން ލާބަލަ. ތީ އެމްޑީޕީގެ ހަރުގެއިން ބައެއް. ތަފާތީ ކިޔާނަން.

  2. އަލީ

    އަސްލު ސަރުތު ނުލިޔެ އެއިނީ ދޯ އަސްލު ސަރުތަކީ އެމްޑީޕީ މީހަކައްވުންކަން އެންމެނައްއެނގޭ