އައްޑޫސިޓީ ހިތަދޫ ފެނެކަ އޮފީހުގެ ޑިރެކްޓަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ފެނަކައިން ވަކިކޮށްފައިވަނީ މުހައްމަދު ނަސީރެވެ. އޭނާ ވަޒީފާ އިން ވަކިކުރި ކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ސަބަބެއްގެ ގޮތުން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިިވަނީ ފެނަކަ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.7 މާއްދާގެ (ހ) 1 ވަނަ ނަމްބަރު އަދި 15 ވަނަ ނަމްބަރުގެ ދަށުން މުވައްޒަފުގެ މަގާމުގެ އިހުތިޔާރު، ނާޖާއިޒު ގޮތެއްގައި ތިމާއަށް ނުވަތަ އެހެން ފަރާތެއްގެ ފައިދާ އަށް ނުވަތަ މަސްލަހަތަށް ބޭނުން ކުރުން ނުވަތަ ކުރަން އުޅުނުކަން ކުންފުނީގެ އިދާރީ ތަހުގީގަށް ސާބިތުވެފައިވާތީ ކަމަށެވެ.

"ވީމާ އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން 15 ޖުލައި 2019 އިން ފެށިގެން މުހައްމަދު ނަސީރު މި ކުންފުނީގެ ވަޒީފާ އިން ވަކިކޮށްފީމެވެ" ނަސީރު އަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވެއެވެ.

ނަސީރަށް ފެނަކައިން ވަޒީފާ ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަރީ

    މާލަސްވެސް ވެޢްޖެ.

    2
    2
    • ސަޖާހާ

      ކަމެއް

  2. މަރީ

    އައްޑޫ ސިޓީ ފެނަކައިގެ އެބައުޅޭ ނާގާބިލު ތަންދޮރު ނޭނގޭ މީހުން. ނުބާކޮލަށް ބައިއަތު ހިފާމީހުން.

    4
    1
  3. ކޮޕީ

    ސްޓެލްކޯގެ ގެ ސްޕަރވައިޒަރެއްވެސް ވަޒީފާއިން ވަކިކޮއްފި

    3
    1
  4. ރަޝީދު

    ހިތްވަރުކޮށް ކެތްތެރިވެލައްވާ! އިންޝާއަﷲ މި ނުބައި ވެރިކަން ދާދިއަވަހަކަށް ނިމިދާނެ!

    18
    3
  5. ނާޒުކު

    ކުންފުނިތަކުގައިތިބީ އިބޫއަށް ސަނާކިޔަމީހުން އަބަދުވެސް ތިބެނީ ވަރަށް ބާރަށް ދަމަދަމާ. އެއްގޮތަކަށްވެސް ހިތަކަށްކަށް ނާރާ ބާރަށް ދެމީމަ ކެޑޭނެކަމެއް.

    5
    2
  6. ލަކީ

    ތީ ވަރަށް ރަންގަޅު ބަދަލެއް ތީ މިސަރުކާރަށް ވަފާ ތެރި ބައެްއް ނޫން މާ ލަސް ތިބަދަލުގެނަން

    2
    4
  7. އިހުސާނަ

    މީ ހުސް ހަމަ ޔާމީނުގެ މީހުން!

  8. ޖަމް

    ކޮބާ؟ ޔާމީންސަރުކާރުން ވެސް އޭރުގައި އޮތްސަރުކާރަށް ދުއްޕާންކުރުމުން ވަޒީފާ އިން ވަކިކުރުމުން އެމީހުންގެ ދިފާޢުގައި އެމްޑީޕީ މީހުން އޭރުގެ ސަރުކާރަށް ކީއެއްޗެތި ކޮބާ؟ތިމާމެންގެ ސަރުކާރެއްގައި ވަޒީފާގެ ބިރުވެތިކަމެއް ނޮއޮންނާނެ ކަމަށާ. ދުލުގެ މިނިވަން އޮންނާނެކަމަށް ހަޅެލަމުން ދިޔަމީހުން ކޮބާ އެއްމެ ފުރަތަމަވެސް ތިމާމެންނާއިދިކޮޅު މީހުން ނަގާފަ ހޫރަމުން ތިދަނީ. . ތިމާމެންނަށް މިއަދު ތިސަރުކާރު ހިންގަން ލިބުނީވެސް. އިދިކޮޅުމީހުންނަށް އޭރުގެ ސަރުކާރުން މިނިވަން ކަން ދީފައިއޮތް ވަރުން.ބޭނުންހައި އެއްޗެއް ސަރުކާރަށް ކިޔަން ލިބުނު. އަދި މިއުޅެނީ އަހަރުނުވެގެން ނިކަމެތިރައްޔިތުން އެތަކެއްޢާއިލާ އެބަޔެއްގެ ފަހަތުގައި ކާނބޯން ދޭންޖެހިފައިތިބި ބަޔަކު ކަނޑާއެއްލާލަމުން މިދަނީ ތިމާމެންނާ އިދިކޮޅު މީހަކު ހުރިއްޔާ އެއްޗެކޭ މިއެއްޗެކޭ ކިޔާފަ ކޮންމެސް ކަމެއްބޮލުގައި އަޅުވާފަ މަކަރު ވެރިިރޭވުމުން މިސަރުކާރުން މީހުން ވަކިކުރަނީ ވެސް.

  9. ޝިޢާ

    ސަރުކާރުގެ މަޤާމްތަކުގައި ތިބީ ޔާމީން ގެ ބައެއްނޫން. ދިވެހިރައްޔިތުން. އިބޫ ވެރިކަމުގެ ހުވާކުރީ އިބޫއަށް ވަފާތެރި މީހުންނަށާ އިބޫއަށް ސަނާކީޔާމީހުންގެ ޙައްޤުތަށް ރައްކާތެރިކުރުމަކަށްނޫން.ހުރިހާ ރައްޔިތުންނަށް ހަމަ ހަމަ ކަމާ ހުރިހާރައްޔިތުންގެ ޙއްޤުތަށް ހިމާޔަތް ކުރުމަށް . ކަމެއް ލިބުނީމަ ހަމަ އިބޫއަށްވެސް މިވީ ޔާމީންއަށް ވީވަރު. އެކަމކު މީ އެއްރަށުން އަނެއްރަށައަރާ މިސަރުކާރުގައި ހަމަހަމަ ކަމާ އިންސާފުގެނެސް ދޭނެ ކަމށް ހަޅޭލަމުން ދިޔަމީހުން.