އުމުރުން ދުވަސްވީ މީހުންނަށް މަހަކު ދޭ 5000 ރުފިޔާގެ ބަދަލުގައި 10000 ރުފިޔާ ދޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހަށް ނުރުހުން ފާޅުކޮށް އެ އިސްލާހަކީ އެއްވެސް ތާކުންތާކު ނުޖެހޭ އިސްލާހެއް ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ޖާބިރާ ޖައްސާލައިފި އެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި އެމްޑީޕީ މެމްބަރުން ވިދާޅުވީ ޖާބިރު އިސްލާހު ހުށަހަޅާފަިއވަނީ އެއްވެސް ދިރާސާއަކާއި ނުލައި ދައުލަތުގެ މާލީ ހާލަތަށްވެސް ނުބަލައި ކަމަށެވެ.

މި އިސްލާހާއި ގުޅިގެން ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހްމަދު އީސާ ވިދާޅުވީ އެ އިސްލާހަކީ ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ މަގްސަދާ މުޅިން ހިލާފު އިސްލާހެއް ކަމަށާއި މި އިސްލާހު ފާސްވެއްޖެނަމަ ޕެންޝަނާ ބެހޭ ގާނޫނެއް ހެދުމުގެ މަގުސަދު މުޅިން ގެއްލިގެން ދާނެ ކަމަށެވެ.

މި އިސްލާހު ފާސްވެއްޖެނަމަ މަހެއްގެ މައްޗަށް 20 މިލިއަން ރުފިޔާއާއި 30 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭނެ ކަމަށްވެސް އީސާ ވިދާޅުވިއެވެ. އަދި ދިވެހި ދައުލަތުން ޕެންޝަނާބެހޭ އޮފީހަށް ބިލިއަނަށްވުރެ ގިނަ ރުފިޔަ ދަރާފައިވާ ކަމަށެވެ.

"ބޮޑު ރޯނުން ފެން ލައި ބަނަސް މިވަރުގެ އިސްލާހަކަށް އަޅުގަނޑުގެ އިނގިލި ގާތްކުރުން ވެސް އެއީ ކުރެވޭނެ ކަމެއް ނޫން. މި އިސްލާހު ބޭރު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އީސާ ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ޖީޑީޕީ އާއި އިންފްލޭޝަން ހުރި މިންވަރުވެސް ނުބަލައި މެންބަރުންގެ ސިކުނޑިއަށް އަންނަ ކޮންމެ އަދަދެއް ގަނޑެއްގައި ޖަހައިގެން މަޖިލީހަށް ހުށަހެޅުމަކީ ހިތާމަކުރައްވާ ކަމެއް ކަމުގައެވެ.

"ލޯ މަރާލާފައި ހަމަ އަދަދެއް ޖަހައިގެން ގެނައުމަކީ ދައުލަތުގެ މާލިއްޔާ ފުނޑާލުން ކަހަލަ ކަމެއް" އިލްޔާސް ވިދާޅުވެފައިވެ އެވެ.

ޖާބިރުގެ ކުންފުނި ޔޮޓް ޓުއާޒްގެ މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދޭ ކަމަށާއި ދައުލަތަށް ދައްކަންޖެހޭ ފައިސާ ވެސް ޖާބިރު ނުދައްކަވާ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް އަބްދުލް ހަކީމް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މި ތުހުމަތުތަކާއި ގުޅިގެން ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގާވާފައެވެ. ޖާބިރު ވިދާޅުވެފައިވަނީ މަޖިލީހުގައި ތެދު ބަހުން ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ދެކޮޅު ނުޖެހޭ ވާހަކަ ދެއްކުމަކީ ހަޑި ކަމެއް ކަމުގަ އެވެ.

އެ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ އެ ބިލް ހުށަހެޅުއްވީ ރައްޔިތުންނަށް ބޭނުންތެރި ބިލަކަށް ވާނެތީ ކަމަށާއި އެ އިސްލާހުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާ ވާނެތީ ކަމުގަ އެވެ.

އެކަމަށް ބަހުސްކުރެއްވި އެމްޑީޕީ މެމްބަރުން ސީދާ މައުޟޫއަށް ވާހަކަ ދެއްކުމުގައި ބަދަލުގައި ޒާތީ ގޮތުން ޖައްސާލައިގެން ވާހަކަ ދައްކަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ރައީސް ދުއްވަން ހުރި ބޯޓުތައް ވިއްކާލިޔަސް ކީއްތޯ ވާނީ މީ މާބޮޑު ލާރި އެއް ނޫން. ރާއްޖޭގެ ހަރަދުތައް ވަރަށް ބޮޑެތި ކިތައް ބޯޓު އެބައޮތް؟ މަލޭ ބަނދަރަށް އެއޮތީ އަޅާ ފުރާލާފައި. ރައްޔިތުން އެެ އުޅެނީ ކައިރި ނުކުރެވިގެން. އެންމެ ބޯޓަކުން ވާނެތާ. ކޮން ކަމެއްތޯކުރަނީ. އެއްވެސް ޕްރޮޖެކްޓެއް ހިނގާ ތަނެއް ނުފެނޭ. ޗައިނާ އާ ގުޅުން ކަނޑާލައިފި" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އިހުލާސްތެރިކަމެއް ނެތި ދެއްކުންތެރިކަމާ އެކު މަސައްކަތް ކުރާނަމަ ރައްޔިތުންނަށް އެކަން ފެންނާނެ ކަމަށާއި އެގޮތަށް ކަންކަން ދާނަމަ ދެން އޮތް އިންތިޚާބުތަކުގައި އެމްޑީޕީއަށް ކާމިޔާބު ނެތްކަމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މާމިގިލީ މީހާ

    ޖާބިރަކީ ބޮޓެއް. ބޯވެސް ހަމަ ނުޖެހޭ ބޮޓެއް.

  2. ނަކަތްތެރިޔާ

    ޢެމްޑީޕީ ކުދިންނަކީ ބޯކުދިން ކޮޅެއް

    17
  3. ސިކަންދަރު

    ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ޖީޑީޕީ އާއި އިންފްލޭޝަން ހުރި މިންވަރުވެސް ނުބަލައި މެންބަރުންގެ ސިކުނޑިއަށް އަންނަ ކޮންމެ އަދަދެއް ގަނޑެއްގައި ޖަހައިގެން މަޖިލީހަށް ހުށަހެޅުމަކީ ހިތާމަކުރައްވާ ކަމެއް ކަމުގައެވެ އެކަމަކު ކެންޕޭނުގައި ޕޯޑިއަމް ތަކުގައި ގޮވި ބޮލަކައް 15000 ޔޫއެސް ޑޮލަރުޖެހޭވާހަކަ ކޮބާތޯ އެޑޮލަރުތައް ލަދެއް ނުގަނޭނު ވާހަކަ ދައްކަން މުޅިގައުމު މިހިންގަނީ ރައްޔަތުން ގުދުބިންދާލައިގެން ހޯދާ ރުފިޔާ ކޮޅުންނަގާ ގީއެސްޓީގެ ނަމުގައި ނަގާ ޖިޒީއިން ޙުދު ތިމާމީހުންގެ މުސާރަވެސް މިނަންގަވަނީ އެރުފިޔާ ކޮޅުން ބާތްކަރުތާހޭ ބާރް ބާރް ލަދުން ބޯހަލާކް

    16
  4. މުގައްދަރު

    ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ޖީޑީޕީ އާއި އިންފްލޭޝަން ހުރި މިންވަރުވެސް ނުބަލައި މެންބަރުންގެ ސިކުނޑިއަށް އަންނަ ކޮންމެ އަދަދެއް ގަނޑެއްގައި ޖަހައިގެން މަޖިލީހަށް ހުށަހެޅުމަކީ ހިތާމަކުރައްވާ ކަމެއް ކަމުގައެވެ އެކަމަކު ކެންޕޭނުގައި ޕޯޑިއަމް ތަކުގައި ގޮވި ބޮލަކައް 15000 ޔޫއެސް ޑޮލަރުޖެހޭވާހަކަ ކޮބާތޯ އެޑޮލަރުތައް ލަދެއް ނުގަނޭނު ވާހަކަ ދައްކަން މުޅިގައުމު މިހިންގަނީ ރައްޔަތުން ގުދުބިންދާލައިގެން ހޯދާ ރުފިޔާ ކޮޅުންނަގާ ގީއެސްޓީގެ ނަމުގައި ނަގާ ޖިޒީއިން ޙުދު ތިމާމީހުންގެ މުސާރަވެސް މިނަންގަވަނީ އެރުފިޔާ ކޮޅުން ބާތްކަރުތާހޭ ބާރް ބާރް ލަދުން ބޯހަލާކްމިކަހަލަ ކޮމެންޓު ތަކައް ބީރު ކަންފަތެއދީ

  5. Anonymous

    ޖާބިރު ގެ އިސްލާހައް އަޅުގަންޑު ތާއީދު އީސަމެންނައް މަޖުލީހުން ދޭ މުސާރަ 7000 ރުފިޔާ އައް ހަދާފަ ރއްޔަތުންނާ އެއްސައިޒަކައް ތިރިވެފަ ތި އިސްލާހާ ދޭތެރޭ ވިސްނަބަލަ...

    17
  6. އަހުމަދު ހުސައިން އަލީ

    ތިޔައީ ދިރާސާކޮށްފަ ރޔ ގެ ދެވަނަ ދައުރުގަި ބޮޑުކޮށްދޭން ވައުވެފަ އޮތް އެއްޗެއް. ރޔ 2 ވަނަ ދައުރަކަށް ހޮވުނު ނަމަ އެކަނ ވެސް ކުރީސް. ޙަނ'ދާން އެބަހުރިތަ 2300 އަށް އޮއްވައި ބަޖެޓްގައި ވެސް ނުޖަހައި 5000 ރުފިޔާއަށް ބޮޑުކޮށްދިނީ ރައޫސް ޔާމީންކަން. ޢިލްޔާސް އީވާ ހައްދާއިގެން ބެހޭހެން ރައްޔިތުނ ގުނބޮލެއް ނުހެއްދޭނެ.

  7. އަލްމާސް

    މެމްބަރުނގެ މުސާރަ މެމބަރުންކަނޑައަޅަނީ ގައުމުގެ އަގްތިސާދީ ހާލަތައް ބައްލަވާފަތޯ. ކަލޯމެންގެ މުސާރަ ބޮޑުވީމަ ނިމުނީ އެހެންބަޔަކައް ލިބިގެންނުވާނެ ެކައްޗެއްވެސް

  8. ދަރަޖަ

    ތިމަތިމާމެންގެ މުސާރަ ތިމާމެން ހިތުހުރިވަރަކަށް ބޮޑުކޮށްގެން ބަނޑު އަޅާއިރު އެހެންބައެއްގެ އެލަވަންސް ބޮޑުކޮށްފަ އެއްޗެއް ދޭންޖެހޭނެތީވެ ޖީ.ޑީ.ޕީ އާއި އެހެން އެއްޗަކާ އަނެއް އެއްޗަކާ ބަލަން ޖެހިގެންތިޔަތެޅެނީ މަޖިލިސްމެންބަރުން ތިޔައީ ޤައުމުދެކެލޯބިވާ ތިބުނާހާ ރަނގަޅު ލަފާދާރު ބައެއްނަމަ ކަލޭމެންގެ މުސާރަ ކުޑަކުރަންވީނު

  9. Anonymous

    އެމް ޑީޕީ ގެ މެމްބަރުން އަމިއްލަ އެދުމުން ފޯވެފައި. ޜައްޔިތުމީހާއައް އެއްޗެއް ދޭން ޖެހިދާނެތީވެ ކަންބޮޑުވެފައި.

  10. ސަޓޯ

    އެކުރަނީ ހެޔޮ ވެރިކަން

  11. އ. ޖ. އ

    ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރަށް ވިސްނާލިބާ

  12. ރ.ނަސީދު

    ބަލާވެރިކަން