މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެ މަތީގައިވެސް އުގޫބާތް ލިބޭނެކަމަށް މިއަދު ހުތުބާގައި ވިދާޅުވެއްޖެއެވެ.

މައިންބަފައިންނަށް ކަމޭ ހިތުމާއި ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާއި ވިދާޅުވެފައި ވަނީ، މައިންބަފައިންނަށް ކަމޭހިތާ އިހުތިރާމް ކުރުމަކީ އިސްލާން ދީނުގައި ވަރަށް މަތީ ދަރަޖައެއް ދެއްވާފައިވާކަމެއް ކަމަށެވެ. އަދި އަޅުތަކުންގެ މައްޗަށް އެންމެ އޯގާވަންތަ ފަރާތަކީ ﷲ ތައާލާ ކަމަށާއި، އެކަލާނގެއަށް ފަހު އިންަސާނާއަށް އެންމެ އޯގާވެރި ފަރާތްތަކީ މައިންބަފައިން ކަމަށް އެ ޚުތުބާގައި ވެއެވެ.

"އެއްވެސް އިންސާނަކަށް އެ މީހުންގެ މައިންބަފައިންނަށްވުރެ ވަކިން ބޮޑު ހެޔޮކަމެއްކޮށްދޭނެ އެހެން ބަޔަކު ވުޖޫދުގައި ވާނެބާއެވެ؟ ކުޑައިރުއްސުރެ ތިބާ ބަލާބޮޑުކުރީ އެ ދެ މީހުންނެވެ. އެދެމީހުންގެ އުފަލާއި އަރާމަށްވުރެ އިސްކަމެއް ދީފައި ވަނީ ތިބާ ދުޅަހެޔޮ ސިއްހަތެއްގައި ބަލާ ބޮޑު ކުރުމަށެވެ". ޚުތުބާގައި ވެއެވެ.

އެ ޚުތުބާގައި ވިދާޅުވެފައި ވަނީ އެ ދެ މީހުންގެ ތެރެއިންވެސް މަންމަގެ ހައްގު ބޮޑު ކަމަށާއި، ވޭނާއި ތުރާލުގައި ތިބާ ބޮޑުކުރީ އެ މަންމަ ކަމަށެވެ.

އަދި މާމަ އަށާއި ކާފައަށް ކަމޭ ހިތާ އަނބިމީހާ ނުވަތަ ފިރިމީހާގެ މައިންބަފައިންނަށްވެސް އިހުތިރާމްކޮށް އޯގާތެރިކޮށް ކަންތައް ކުރުމަކީ އިސްލާމީ ރިވެތި އަދަބުގެ ތެރެއިންވާކަމެއް ކަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ، މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެ މަތީގައިވެސް އުގޫބާތް ލިބޭނެ ކަަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ.

އެ ހަދީސްފުޅުގެ މާނާގައި ވަނީ "ފާފަތަކުގެ ތެރެއިން އަނިޔާކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ގާތްތިމާގެކަމުގެ ގުޅުން ކަނޑާލުން ފިޔަވާ އެންމެހައި ފާހަތުގެ ޖަޒާ ގިޔާމަތާއި ހަމައަށް ﷲ ފަސްކުރައްވަތެވެ.ނަމަވެސް މި ތިންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައިވެސް އެ މީހަކަށް އެކަލާނގެ ދެއްވަތެވެ".

އެ ހުތުބާގައި މިއަދު ދުނިޔެ މަތީގައި މައިންބަފައިންނާއި މެދު ކަންތައް ކުރާ އިހާނެތި ގޮތްތައް ބަޔާންކޮށްފައިވާއިރު، މައިންބަފައިންގެ ފަރާތުން ތިމާވާ ކަންތައްތައް ކެތްތެރިވާން ޖެހޭނެ ކަމާއި، އެ މީހުންނަށް އިހްތިރާމް ކުރަން ޖެހޭނެކަމަށް ހުތުބާގައި ބަޔާންކޮށްފައި ވެއެވެ.

މިއަދުގެ ހުތުބާގައި މުއްދަރިއްސުންނަށްވެސް އިހުތިރާމް ކުުރުމަށްވެސް ގޮވާލާފައި ވެއެވެ. އެ ހުތުބާގައި ވަނީ، ގައުމުގެ މުސްތަގުބަލް އުޖާލާ ކުރެވޭނީ ބޮޑުވަމުން އަންނަ ޒުވާން ޖީލު ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރެވިގެން ކަމަށާއި، އެހެންކަމުން އެ މުއްދަރިއްސުންނަށް އިހުތިރާމްކޮށް އެ މީހުންނަށް ކަމޭހިތުމަކީ ކޮންމެ ދަރިވަރެއްގެ މައްޗަށް އޮތް އަހްލާގީ ވާޖިބެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަހެރުވައް

    މުސްކުޅި މައިންބަފައިން ގޮވައިގެން ޖިހާދަށް ގޮސް އެފަކީރުންނަށް އިހާނާތްތެރިކޮށް ހިތާ ފުރާނަ ނަގާލުން އެއީ ވެސް އޮންނަ ކަމެއްތަ؟

    2
    6
    • މިޝެލް

      މައިން ބަފައިންނަށް އިހްތިރާމް ކުރުމަކީ ވަރަށް ބޮޑަށް އިސްލާމް ދީން ގަ ބާރުއަޅުއްވާފަ ވާ ކަމެއް. ވަރަށް މުހިންމު ކަމެއް. މައިންބަފައިންނަށް އަނިޔާ ވެރިވުމަކީ ވަރަށް ބޮޑު ފާފަ އެއް. މައިން ބަފައިން އަށް އަނިޔާ ލިބޭނެ ތަނަކަށް މައިންބަފައިން ގޮވައިގެން ގޮސްގެން ނުވާނެ. ދިވެހިންގެ ތެރެއިން އެކަކު ވެސް މައިން ބަފައިން ގޮވައިގެން ޖިހާދަށް ދިޔަ ވާހަކަ އަޑެއް ނާހަން.

    • ލަޔާން

      އިސްލާމް ދީންގަ އަންގަވާފަ ވަނީ މައިން ބަފައިން މުސްކުޅި ވީމަ މައިންބަފައިންނަށް އަޅާލުމަށް. މައިން ބަފައިންނަށް އޮގާތެރިވުމަށް. ކަމޭހިތުމަށް. މައިންބަފައިންއާ ވަރަށް ކަމޭހިތުމާ އެކީ މުއާމަލާތް ކުރުމަށް. މައިންބަފައިންނަށް ކަޑައެޅިގެން އަނިޔާލިބޭނެ ތަނަކަށް ގޮވައިގެން ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން.

  2. ޣ

    މައިންބަފައިންނަށް އިހްތިރާމް ކުރަންޖެހޭނެ.

  3. ޒިޔާން

    ވަރަށް ރަގަޅު ހުތުބާ އެއް

  4. ޝައިމްބެ

    މައިންބަފައިން އެބަތިބި ދަރީންނައް ނަފްސާނީ އެތަކެއް އަނިޔާއެއް ދެމުން އައިސް މުސްކުޅިވެފަ. އަދި ނުވާތާކައް ދަރީންގެ އެތަކެއް ހައްގަކާއި ކުރިއެރުމައް ބޮޑެތި ގެއްލުންދީ..އެތަކެއް ފުރުސަތެެއް ހަލާކުކޮއްލާ އެކި އެކި ތިމާގެ މީހުން ދަރީންގެ މައްޗައް އިސްކޮއް އަޅުވެތި ކުރުވާފަ. އަދި ނުވިތާކައް ދަރީންނައް ބަދުބަހާއެތަކެއް އެސްފިންނާއެއްޖަހާ ކޮންފިޑެނެސް މުގުރާލާ ހިތްވަރު ހަލާކުކޮއްލާ ޑިޕްރެޝަންގެ ބަލިމީހުންނައް ހަދާލާފަ. އަދިވެސް ހަމަ މިފަދަ މީހުންވާނީ މައިންބަފައިންނައްތޯ.؟ ދެން މުޖުތަމައުގެ ތެރޭގައި މިފަދަ މައިންބަފައިގެ ސަބަބުން ލިބޭ ގެެއްލުން އެހެން މައިންބަފައިންނައް ފިލާވަޅެއްގެ ގޮތަުގައިވާނީ ކިހިނަކުންތޯއެވެ. ދެން އެހަލާކުވެގެންދާ ދަރީންގެ ނަފްސާނީ މައްސަލަތަކާއި ހުރެ އެދަރީންގެ އަނބީންނާއި ދަރީންނައް ލިބޭ ގެއްލުންމާއި ހަލާކާއި ބީވެގެންދާ އުފާވެރި ހަޔާތާއިމެދު ޒިންމާއުފުލާނީ ކޮންބަޔެއްތޯ.؟ އެއްކަލަ މައިންބަފައިން އެހުރިހާ ވޭނެއް ދީފަ ދިޔާމަ އާޚިރަތައް އިންތިޒާރު ކުރަންތޯ ވީ. ދަރީންގެ ދުނިޔެ ބަރުބާދުކޮއްލާ ނިކަމެތިކަމައް އެއްލާލާފަ ގޮސް މުސްކުޅިވީމަ އެނިނުނީތޯ.؟