މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ހާލުގައި ޖެހުނު ސްރީ ލަންކާގެ ހަތް މޯސް ބޯޓު މިހާރު ހދ. ކުޅުދުއްފުށީ ބަނދަރަށް ގާތްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މި ހަތް ބޯޓު ހާލުގައި ޖެހުނީ އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހިގެންނެވެ. އެއާއެކު އެމްއެންޑީއެފް އިން ދިޔައީ މި ބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމްއެންޑީއެފް އިން އިއްޔެ ވިދާޅުވީ. ބޯޓްތަކުން އެހީތެރި ކަމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް މި ބޯޓުތަކަށް ހުއްދަ ދިން ކަމަށެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، މޫސުން ގޯސްވެ ކަނޑުގަދަކަމުން ލަންކާގެ ހަތް މަސްބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު