މޯލްޑިވަސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މައި އޮފީހަށް ވަގަށް ވަދެ ވައްކަން ކޮށްފިއެވެ.

އެ މީހުން ވައްކަން ކޮށްފައި ވަނީ އެމްޕީއެލްގެ އެޗްއާރް ޑިޕާޓްމެންޓަށް ވަދެއެެވެ.
އެތަނުން ވަގަށް ނަގާފައިވަނީ އެތަނުގައި ހުރި ލިޔެކިޔުންތަކާއި، ބައެއް ތަކެއްޗެވެ.

ފުލުހުން ވިދާޅުވީ، އެމްޕީއެލްގެ ހެޑް އޮފީހުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ 21:45 ގައި ކަމަށެވެ.

އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމްޕީއެލް މީހާ

    އެމް ޕީ އެލް ސެކިއުރިޓީ ކުދިން މަދީ ދެއްތޯ؟ އަދި ވެސް އިތުރު ކޮއްލައްވާ ސެކިއުރިޓީން. އޭރައް މަހު މުސާރަ ދީފައި ޕަބްޖީ ކުޅޭން ބޭތިއްބީމަ ހުންނާނީ ސެކުރިޓީ ބެލެހެއްޓިފައި. މަދު ބަޔަކު ރަނގަޅައް އުޅުނެއްކަމަކު ތިތަނުގައި އުޅޭ ގިނަ ކުދިން އުޅެނީ އުޅޭނެގޮތަކަށް.

  2. ޢާލިމް

    ވަގަށް ނެގީ ލިޔެކިޔުންކޮޅެއް. ވަރަށް ސާފު ދެއްތޯ!