މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓްތަކަށް މަހުން މަހަށް މުވައްޒަފުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް އިތުރު ލުއިތަކެއް ދިނުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފައެވެ.

އެމްޕީއެލް އިން ވިދާޅުވީ، އެމްޕީއެލްގެ ބޯޑުން މަހު ކުލި ދެއްކުމަށް ގެނައި ބަދަލާއެކު ހަމަޖެހިފައިވާ އުސޫލަށް ޑައުންޕޭމަންޓަށް ފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލައިފައިވާ ކަމަށެެވެ.

މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަންޖެހޭނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެނެވެ.

މަހު ކުލި 25 އަހަރަށް ބަހާލުމުން، ޑައުޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1"ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ)ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދައްކަންޖެހޭނީ 3،741.38ރ އެވެ. އަދި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީގެ) އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872.94 އެވެ.

އަދި ބާކީ އޮތް 20 އަހަރުގައި މަހު ކުއްޔަށް ދައްކަންޖެހޭނީ 4،061.54ރ (ޓައިޕް އޭ) އަދި (ޓައިޕް ބީ) 4،204.37ރ އެވެ. ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާނަމަ، (ޓައިޕް އޭ) 4،585.16ރ އަދި (ޓައިޕް ބީ) 4،746.0ރ ދައްކަންޖެހެއެވެ.

މި އޮޕްޝަންގައި 1+2 އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދައްކަންޖެހޭނީ (ޓައިޕް އޭ) 7،015.08ރ އަދި (ޓައިޕް ބީ) 7،182.60ރ އެވެ. އަދި ބާކީ އޮތް ވިހި އަހަރު (ޓައިޕް އޭ) 8،073.56ރ އަދި (ޓައިޕް ބީ) 8،260.45ރ އެވެ.

މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން، އޮޕްޝަން 2،3 އަދި 4ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށްވެސް މި އުސޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ.

ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ އެމްޕީއެލްގެ ފްލެޓްތައް - ފޮޓޯ: އެމްޕީއެލް

އަދި މި އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމަށް ހިޔާރުކޮށްފައިވާ މުވައްޒަފުންނަށް ވެސް "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ ތެރޭގައި ފައިސާ ދައްކާ މުވައްޒަފުންނަށް، ފައިސާ ހަމަކުރާ ދުވަހުން ފެށިގެން "އޮޕްޝަން 1"ގެ ލުއިތައް ލިބިގެންދާނެއެވެ.

އެމްޕއެލްގެ 3 ޓަވަރުގައި މިހާރު ކުރިއަށް ދަނީ ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމި، މި ފެށޭ ސެޕްޓެމްބަރު މަހުގެ މެދުތެރެެިން ފެށިގެން ފްލެޓުތަކުގައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެކަމަށް ލަފާކުރެވޭ ކަަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

އަދި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެމްޕީއެލް އިން ދަނީ ފްލެޓުތަކުގެ ތަޅުދަނޑި މުވައްޒަފުންނަށް ހަވާލުކުރަމުންނެވެ. މުވައްޒަފުންނަށް އެޕާޓްމަންޓްގެ ތަޅުދަނޑި ހަވާލުލުރަން ފެށީ އެޕާޓްމަންޓްގައި މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.

އެމްޕީއެލް އިން ނިންމާފައިވަނީ މުވައްޒަފުން ފްލެޓްތަކުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން، މި އަހަރުގެ ނިޔަަަލަށް ފްލެޓްތަކަށް ކުއްޔެއް ނުނެގުމަށެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ފެށި ބޯ ހިޔާވެހިކަމުގެ މަޝްރޫޢުގެ ދަށުން އެމްޕީއެލް އިން އިމާރާތްކޮށްފައިވަނީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙެހެހ

    ހެހެހެ ތިކަމާއިވެސް ބަޔަކު ހެއްލޭނެ ، ސެޕްޓެމްބަރ 8 ވަނަނދުވަހުގެ ރޭ ބުނާނެ 5 ވަރަކަށް މަސް ހުރިހާ ފްލެޓެއް ފްރީއޭވެސް ، އެކަމަކު ވިސްނާތި ރައްޔިތުން ،

    22
    2
  2. އަޙުމަދު

    އޮނަރަބަލް ޤާސިމް އެއޮތީ ވިދާޅުވެފައި އޭނާގެ ވެރިކަމެއްގައި ފުލެޓު ތަކުގެ ކުލި މާފުކޮށްދޭނެ ކަމަކަށް ، އެހެންކަމުން ތިޔަ ނިއްމުގެ މައްޗަށް ވިސްނާނެ ކަމެއްނެތް ރައީސް އިބްރާހިމް އަށް ވޯޓު ނުދެވޭނެ އެއީ މަސްކަނޑުގެ ބޮޑު ސަރަހައްދެއް ވިއްކާލާ ގައުމު އަޅުވެތިކަމުގެ ކަސްތަޅު އެޅުވިމާ، ރައީސް އިބްރާހިމް ނޫން އެހެންގޮތެއް ހޯދަން މި އުޅެނީ.

    20
    2
  3. ދަލާސްޓް

    ތިކަން މުވައްޒަފުންނަށް އެންގުމުގެ ކުރިން ނޫހަށް ޚަބަރު ދިނީ ހެޔޮފުޅުކަން ދައްކަންތަ؟ ސޯލިހަށް ތިތަނުން 20% ވޯޓްވެސް ނުލިބޭނެ. ވަރަށް ސަލާމް.

    20
    1
  4. ހުވަދޫ އަލިބެއްޔާ

    ބޭންކް މެދުވެރިކޮށް ފްލެޓް ނެގި މީހުންނަށް ކިހާ ބޮޑު ގެއްލުމެއް.. އެންމެ ރުފިޔާއެއްވެސް ބޭންކް އިން ކުޑައެއް ނުކުރާނެ..

    16
    0
    • Anonymous

      ޢޮޕްސަން ބަލާ ފަ ކުޑަ ކުރާ ކައް ނުޖެހޭ. HurihA އޮޕްސަނެ ކުޑަވާން ޖެހޭނެ..

  5. ނާސިހާ

    ވިނަރެސް ފުލެޓްތަކުގެ ކުލިވެސް ކުޑަކުރަށް ސަރުކާރަށް ގޮވާލަން.

    11
    1
  6. ހުސޭނުބޭ

    ހަމަ ވޯޓަށް ކުރިކަމެއް!

  7. ޢަލިފްަަަ

    ތީ އަދުން އެޅުވުން

  8. ކަނީރު

    ރައީސް އިބޫ ނޫންގޮތެއް ނެތް