މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗް ވަރަށް ކާމިޔާބު ކަމާއެކު ފުރިހަމަކޮށް 20 ބައިވެރިއަކާއި ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

މިއީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ ވަރަށް ކާމިޔާބު ޕްރޮގްރާމެކެެވެ.

މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން ޕްރޮގްރާމް ފުރިހަމަ ކުރި ކަމުގެ ލިޔުން ވަނީ ހަވާލު ކޮށްފައެވެ. މި ސެޓްފިކްޓްތައް ބައިވެރިންނާއި ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޑރ. އިބްރާހިމް ހަސަނެވެ.

މިއަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް މިދިޔަ މަހު 25 ގައި ފެށިގެން ކުރިއަށްދިޔައިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފަހަރުގެ ޕްރޮގްރާމް މާލޭގެ އިތުުރުން އައްޑޫ ސިޓީ ހިތަދޫ ޕޯޓާއި ކުޅުދުއްފުށި ސިޓީ ޕޯޓްގައިވެސް ކުރިއަށް ގެންގޮސްފައިވާ ކަމެވެ.

އެމްޕީއެލްގެ ދެވަނަ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިއެއް - ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދް އަލީ ވިދާޅުވީ މިކަހަލަ ޕްރޮގްރާމް ތަކުގައި ބައިވެރިވާން އެންމެ ރަނގަޅު ކުދިންނަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނުބައި މަގަކަށް ކައްސާލައިގެން ދިޔުމުގެ ފުރުސަތު ކުޑަވާނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޒުވާން އުމުރުގައި ގިނަ މަސައްކަތް ދަސްކޮށް އެކަމުގެ ތެރެއަށް ވަދުމުގެ ސަބަބުން މުސްތަގްބަލު އުޖާލާވެ ހަރުދަނާ ކުދިންނަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝާހިދް ވިދާޅުވާ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް ބައިވަރު ކަންކަން ދަސްވެގެން ދާނެއެވެ. މީގެ ތެރޭގައި މުޖުތަމައުގައި މީހުންނާ މުހާތަބު ކުރާނެގޮތާއި، ހެދުން އަޅަން ޖެހޭ ގޮތާއި އެހެން މީހުނާ އެކީ ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުން ފަދަ ކަންކަން ހިމެނެެއެވެ.

މި ޕްރޮގްރާމުން ދަސްވާނެ ބައެއް ކަންތައްތަކައް ބަލާލާ އިރު،

މެކޭނިކަލް އިންޖިނިއަރިންގ
ސިވިލް އިންޖިނިއަރިންގ
މެރިން އިންޖިނިއަރިންގ
އިލެކްޓްރިކަލް އިންޖިނިއަރިންގ
އިންފޮރމޭޝަން ޓެކްނޮލޮޖީ (އައިޓީ)
ބިޒްނަސް ޑިވޮލަޕްމަންޓް
މާކެޓިންގ

ޝާހިދް ވަނީ ކުރިއަށް އޮތްތަނުގައިވެސް މިކަހަލަ ބައިވަރު ޕްރޮގްތާމްތައް އިންތިޒާމް ކުރާނެ ކަން ފާހަގަކުރައްވާފައެވެ. އަދި މި ޕްރޮގްރާމް މިހާ ފުރިހަމަ ގޮތުގައި ނިމިގެން ގޮސްފައި ވަނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިއީ މި ޕްރޮގްރާމް މިހާ ކާމިޔާބު ކަމާއެކު ހިންގި ދެވަނަ ފަހަރެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ބައިވެރިވީ 10 ދަރިވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނީފާ

    ތީވޯޓް ހޯދަން ޖަހާ ބިސްމަޅި. ގޯތިދިނަސް ފައިސާދިނަސް ތަރިބާލަދިނަސް ވޯޓެއްނެތޭދެވޭކަށެއް . 1 ބުރުން މުޢިއްޒު ހޮވަންޖެހޭނީ ދިވެހިންގަ ޤައުމުގެ ދިވެހިންނަށް .