ކޮންޓެއިނަރު ހެންޑަލް ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ޒަމާނީ އުޅަނދުތަކެއް ގެނެސްފިއެވެ.

އެމްޕީއެލްއިން ގެނެސްފައި ވަނީ ކަލްމާ ބްރޭންޑުގެ ދެ ބާޖު ހޭންޑްލާ އާއި ތިން ޓާމިނަލް ޓްރެކާގެ އިތުރުން ތިން ރީސްޓެކާއެވެ.

ކަލްމާ އަކީ ދުނިޔެ ގަބޫލުކުރާ ވަރަށް މަތީ ފެންވަރުގެ ފިންލެންޑަށް ނިސްބަތްވާ ބްރޭންޑެކެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކުޑަކުޑަ ތަނެއްގައި އެމްޕީއެލްއިން މަސައްކަތް ކުރާއިރު ކަލްމާގެ އިކުއަޕްމަންޓްތަކަކީ ވަރަށް އިތުބާރު ހިފޭ ބޭނުންތެރި އުޅަނދުތަކެއް ކަމަށެވެ.

"މިފަހަރު މިގެނައި އެއްޗެހީގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޑްރައިވަރުންނާއި އޮޕަރޭޓަރުންނަށް.". ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ އުޅަނދުތައް ރާއްޖެ ގެނައިރު ކަލްމާގެ ޓެކްނިކަލް މުވައްޒަފުން ވެސް ރާއްޖެއައި ކަމަށެވެ.

އެމްޕީއެލްއިން އަލަށް ގެނައި އުޅަނދުތަކާއި ގުުޅޭގޮތުން ސީއީއޯ މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

"ދެން އަޅުގަނޑުމެންގެ ސްޓާފުން އޮޕަރޭޝަންސްއަށް ޓްރެއިންކޮށް އަދި އިކުއަޕްމަންޓްތަކުގެ މެއިންޓެނެންސްއަށް ހަމަ ވަރަށް ރަނގަޅު ޓްރެއިނިން ޕްރޮގްރާމެއް ހިންގާފައި އެ ޓެކްނިކަލް ސްޓާފުން ފުރައިގެން ދާނީ. އަދި ދިއުމުގެ ކުރިން މިހާރު އަޅުގަނޑުމެންގެ އަތުގައި ހުރި އެއްޗެހީގެވެސް ހުރި މައްސަލަތައް ހައްލުކޮށްދޭނެ.". ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މީގެ ކުރިން ވެސް ކަލްމާ ބްރޭންޑުގެ އުޅަނދުތައް އެމްޕީއެލްއިން ގެނެސްފައިވާ ކަމަށާއި އޭގެ ސަބަބުން އެ ކުންފުންޏާ ވަރަށް ގާތް ބަދަހި ގުޅުމެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

އެމްޕީއެލްއިން ދަނީ އެ ކުންފުނީގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކުންފުނި ދާފި ފަހުން ރީ ބްރޭންޑްކޮށްފައިވާ އިރު ކުންފުނީގެ ހިދުމަތްތައް ވަނީ ޑިޖިޓަލައިޒްވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖ

    މިއީކުރީސަރުކާރުން ގެންނަން ހަމަޖައްސާފަ ހުރި އެއްޗހެހިތަކެއް

    10
    3
  2. މާމުއިކޯރު

    ކުރީސަރުކާރުން މިތަކެތި ގައްނަންނިއްމާފަހުޓާސަރުކާރުބަދަލުވެ މިސަރުކާރުއާސްވަނީއެތަކެތި ވަންނަން ބެހެއްޓި ބަޖެޓާއި އެކުންފުނިން ބޭނުންކުރާ ތެޔޮގަތުމުގެ ނަމުގައި ބޭނުންކޮށްހުސްކޮށްލާފަ ކުންފުނީގެ މުވައްޒަފުން ގެފުލެޓްވެސް ނުނިމި ފަސްއަހަރުމިދިޔައީވެސްއެހެންވެ

    3
    1
  3. އަރީރު

    މިއީ އަލަށްގެންގުޅޭއެއްޗެނޫން މީގެ 10 އަހަރުކުރިންވެސް ތިދުއްވާތަންފެނޭ ފާރުމަތިން ކޮންޓެއިނާހިފައިގެން ވަކިބައެއްގެ މޮޅުކަންދެއްކުމަށްނޫސްތަކުގައި ތިވާހަކަޖެހީ އަނެއްކާ މަސް ބޯޓަށްވީގޮތައްނުވާނެބާ